އަންހެނުންގެ ދައުރު އޮތީ ގޭގެ އޮޅިގަނޑުން ފެށި ބަދިގޭގެ ފުއްޑަނަށް ނިމުމުގެ ބަދަލުގައި ގޭގެ އޮޅިގަނޑުން ފެށިގެން ގޭގެ ތިޖޫރީއާ ހަމައަށްވެސް އޮތީ އަންހެނުންގެ ދައުރެވެ. މީގެ ހެކިތައް ދުނިޔޭގެ އެކިދިމަދިމާލުން ތާއަބަދު އެބަފެނެއެވެ.
ގައުމެއްގެ އެންމެ މުހިންމު ޒިންމާދާރު މަގާމުތަކުގައި ތިބެނީ އަންހެނުންނެއް ނޫންހެއްޔެވެ؟ ނަރުހުން، އެދުރުން، ކައުންސެލަރުން، ހާއްސަ އެހީއަށް އެހީވާ އެހީތެރިން، ހިޔާލުފާޅުކުރާ ދާއިރާތައް، ހިޔާލު އަރުވަން ހުރި ދާއިރާތައް، މިހެން ގޮސް ކިތައްކިތައް ކަންތައްހެއްޔެވެ؟
ދުނިޔޭގެ އެންމެ ފުރަތަމަ އަންހެނުންގެ ދުވަސް، މާރިޗް މަހުގެ 8 އެއް ކަމުގައި ހަމަޖެހި ފާހަގަ ކުރަން ފެށުނު ގޮތް:
1917ވަނަ އަހަރު، މާޗުމަހުގެ 8ވަނަ ދުވަހު ހިނގި ހަނގުރާމައިގެ ހަޅުތާލުގައި ރަޝިޔާގެ އަންހެނުން "ބްރެޑް އެންޑް ޕީސް" (ޕާނާއި އަމާންކަން) (ކެއުމާއެކު އަމާންކަން)އަށް ގޮވާލައި ކުރި މުޒާހަރާގައި ހުށަހެޅި އެދުން، ކުރިއަށް ދިޔަ ބާރުމިނުގައި ހަތަރު ދުވަހުގެ ތެރޭގައި އެވަގުތުގެ ރަޝިޔާގެ އެމްޕެރާ، ސާ ނިކޮލަސް2 ޖެހުނީ އިސްތިއުފާ ދޭށެވެ. އަދި ރަޝިޔާގެ ގަވަރުނަރަކަށް ހުންނެވި ފަރާތުން އަންހެނުންނަށް ވޯޓު ލުމުގެ ހައްގު ވަގުތުން ދެވުނެވެ. މިހަޅުތާލު ފެށުނީ މާޗުމަހުގެ 8 ވަނަ ދުވަހުގައި ކަމުން މިތާރީހު ކަނޑައަޅައި ހަމަޖެއްސުނީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރާ ތާރީހެއްގެ ގޮތުގައެވެ.

އަންހެނުންގެ ދުވަހުގެ މާ، ރީނދޫކުލައިގެ މައިމޯސާމާ: އަންހެނުންގެ ދުވަހަށް ހާއްސަ މައިމޯސާ މަލުގައި ނުހަނު ފުން މާނަތައް ހިމެނެއެވެ.
އެންމެ ފުރަތަމަ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހެއް ރަސްމީ ގޮތުން ފާހަގަ ކުރެވުނީ 1909 ފެބުރުވަރީ މަހުގެ 28ވަނަ ދުވަހު ޔޫއެސް، އެމެރިކާގައެވެ. އޭގެ ކުރީ އަހަރު 1908ގެ ނިއުޔޯކުގެ އަންހެނުން މަސައްކަތުގެ ޝަރުތުތަކާ ދެކޮޅަށް ކުރި މުޒާހަރާގެ ހަނދާން އާކޮށް އެއަންހެނުންގެ ޝަރަފުގައި މިދުވަސް ފާހަގަ ކުރެވުނީ 1909ގެ ފެބްރުވަރީ 28ގައެވެ.
އަންހެނުންގެ ދުވަހަށް ހާއްސަ މައިމޯސާމާ —
ދިވެހިރާއްޖޭގައި ހެދޭ މައިމޯސާ މާ(ބައެއް ރަށްތަކުގައި މިމަލަށް ރީތިގަހުގެ މަލޭވެސް ކިޔާ، އާންމުކޮށް ރާއްޖެއިން ފެންނާނީ މިކުލައަށްވުރެ ދަނބުކުލަ، އަދި ބައެއް ހިސާބުތަކުގައި ސްޕްރިންގްމާ، ކުނޑިމާވެސް ކިޔައިއުޅެއެވެ.)
މިމަލުގެ އެކިކުލަތައް ހުރެއެވެ. އަންހެނުންގެ ދުވަހަށް ހާއްސަކުރެވިފައި ވަނީ ރީދޫކުލައިގެ މައިމޯސާ މަލުގެ މާނައިގައި އިހުސާސްތަކުން ފުރިފައިވާ މަލެއްކަމަށް ބުނެވެއެވެ. ދުލުން ބުނުމަކާ ނުލައި "އަހަރެން ކަލޭދެކެ ވަރަށް ލޯބިވޭ" ބުނުމަށް ރީނދޫކުލައިގެ މައިމޯސާ މާ ވަރަށް ފުރިހަމަ ދައުރެއް އަދާ ކުރާކަމަށް ވެއެވެ. މިމަލަކީ ގަހުގެ ކުދި ފެހިކުލައިގެ ފަތްތަކަށްވުރެ ގިނައިން އޮންނަ މަލެކެވެ. އޭގެން ދޭހަކޮށްދެނީ ނުފޫޒެވެ. ހަމަ އެބީދައިން އަންހެނުންނަކީ އެބައިމީހުންގެ އަމިއްލަ ދާއިރާގެ ތެރޭގައި އެމީހުންގެ ބާރާއި ނުފޫޒު ނުހަނު ވަރުގަދަ ބައެކެވެ. އެހެންނޫންތޯއެވެ؟
އަންހެނުންގެ ދުވަހުގެ މިއަހަރުގެ ތީމް "އިންވެސްޓް އިން ވިމެން: އެކްސެލެރޭޓް ޕްރޮގްރެސް"
އަންހެނުންގެ ދުވަހުގެ މިއަހަރުގެ ތީމް "އިންވެސްޓް އިން ވިމެން: އެކްސެލެރޭޓް ޕްރޮގްރެސް" (އަންހެނުންނަށް އިންވެސްޓް ކުރާށޭ، ކުރިއެރުން އަވަސްކުރާށޭ،" ގައި ދެ ޖިންސުގެ ތަފާތުކަން ނައްތައި އަމާޒަކީ، އަންހެނުންގެ އަޑުތަކާއި އެބައިމީހުންގެ ހިއްސާތައް ކުރިއެރުވުމަށް ގޮތް ހޯދުމުގެ މަގު ފަހިކޮށްދިނުމަކީ، އިޤްތިޞާދީ ދުވެލި ހަލުވިކޮށް، މިހާރަށްވުރެ ތަނަވަސް، ހަމަހަމަ މުޖުތަމަޢުތަކެއް ބިނާކުރުމަށް އޮތް އެންމެ ރަނގަޅު ގޮތެވެ.

ދިވެހިއަންހެންކަނބަލުން ބައިނަލްއަގުވާމީ ފެންވަރުގައި ކާމިޔާބީ ހާސިލުކުރަމުންދަނީ އުއްމީދީ މުސްތަގުބަލެއްގެ ތަސްވީރު ކުރަހައިދެމުން…(ވިމެންއިންމެނޭޖްމަންޓްގެ ތަސްވީރެއް.)…ފޮޓޯ:ޑެއިލީމިރާ
ތަރައްގީވަމުން އަންނަ މިފަދަ ޒަމާނެއްގައި ކުޑަކުޑަ ދިވެހިރާއްޖޭގައި އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތައް އިތުރުވެއްޖެއެވެ. އެމީހުންގެ ހައްގުތަކަށް ވަކާލާތުކުރާ މީހުން ގިނަވެއްޖެއެވެ. ޖަމިއްޔާ ޖަމާއަތްތައް އުފެދި އަންހެނުންގެ ހައްގުތަކާބެހޭ އަޑުތައް ގަދަ ވެއްޖެއެވެ. އެހެންނަމަވެސް އަދިވެސް ފިރިހެނުންނާއި އަންހެނުންގެ މެދުގައި އޮންނަ ތަފާތު ކުރުން ކުޑަކަމަށް ގަބޫލުނުކުރާ މީހުންވެސް އެބައުޅެއެވެ.
އަންހެނުން ޓެކްސީ ކުރަން ނުކުތުމަކީ ފަހުރުވެރި ވާންވީ ކަމަކަށްވާއިރު ކަނޑުއުޅަނދެއްގެ ކައްޕިއެއްގެ ގޮތުގައި ކަނޑުމައްޗަށް އެރުމަކީ އުފާކުރަންވީ ކަމެކެވެ. ހިތްވަރުދީ ސާބަސް ދޭން ޖެހޭ ކަމެކެވެ. މަލާމާތްކުރުމާއި ގޮންޖެހުންތައް ކުރިމަތި ކުރުވުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނޭ ކަމެއްނޫނެވެ. އެއީ ތަހުޒީބު މުޖުމައެއްގެ ރޫހާއި އުސޫލާ ޚިލާފު ކަމެކެވެ.
ގޮންޖެހުންތަކާއެކުވެސް އަންހެނުން ޓެކްސީ ޑްރައިވަރުން ރާއްޖޭގައި އިތުރުވާން ފަށައިފިއެވެ. ސިޔާސީ މައިދާން ވެސް އޮތީ އަންހެނުންނަށް ތަންމިނަށް ހުޅުވާލެވިފައެވެ. ކުރިމަތިލާންވީއެވެ. ފިރިހެނުންނާ ވާދަކޮށް ކާމިޔާބުކުރަންވީއެވެ. އެކަމަށް އެއްވެސް ހުރަހެއްނެތެވެ. ދިވެހި ސިފައިންނާއި ފުލުހުންގެ ތެރޭގައި އަންހެނުންވަނީ އެމީހުންގެ ގާބިލްކަން ސާބިތުކޮށްދީފައެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ވެސް އަންހެނުން ގިނައެވެ. ޖުމްލަކޮށް ބުނާކަމަށް ވާނަމަ ދިވެހި އަންހެނުން ވަޒީ ފާއަދާނުކުރާ ދާއިރާއެއް މިހާރަކު ނެތެވެ.
ހުރިހާ ދާއިރާއަކުންވެސް އެމީހުންގެ ޒިންމާ ފެނެއެވެ. ވަޑާންކުރުމާއި، ޑައިވް ކުރުމާއި، ހެވީލޯޑު މަސައްކަތްތަކުން ވެސް ދިވެހި އަންހެނުން ފެނެއެވެ. ދިވެހި އަންހެނުން ކުރިމަތިލާ ކޮންމެ ދާއިރާއަކުން ގެންދަނީ ކާމިޔާބު ހޯދަމުންނެވެ. ދުނިޔޭގެ ފެންވަރުގައިވެސް މެއެވެ. އެއީ މުޅި ރާއްޖެއަށް ލިބޭ ރީތި ފަޚުރަކާއި ރީތި ނަމެކެވެ. މިހުރިހާ ދާއިރާތަކުން މިއަދު އަންހެނުން ފެންނަމުންދާއިރު އެމީހުން ގެންދަނީ އާއިލީ ޒިންމާވެސް ނަގަމުންނެވެ. އެހެންވީމާ އަންހެނުންނަށް މުޖުތަމައުގައިއޮތް ގަދަރާއި އިއްޒަތް ބޮޑެވެ. އެ އިއްޒަތާއި ގަދަރު ފިރިމީހާގެ ފަރާތުންނާއި އާއިލާގެ އެހެން މެމްބަރުންގެ ފަރާތުން ލިބެންޖެހެއެވެ. ވަޒީފާ އަދާކުރާތަނުން ވެސް އެކަން އެގޮތަށް ކުރަންޖެހެއެވެ.
މިއަހަރުގެ އަންހެނުންގެ ދުވަހުގެ ތީމް އިޤްތިޞާދީ ނުކުޅެދުންތެރިކަން ޙައްލުކުރެއްވުމާ ބެހޭގޮތުން، ދީފައިވާ ކެމްޕެއިން ޝިއާރަކީ "އިންސްޕަޔަރ އިންކްލޫޝަން" އެވެ. އިންސާފުވެރިވުމާއި، އެއްބައެއްވަންތަ ކަމާއެކު މިންތީގެ ހަމަހަމަކަމުގެ މުހިންމުކަމަށް ބާރު އަޅާފައިވަނީ އަންހެނުންގެ މުހިންމު ކަމުންނެވެ.

