ކޮންމެ ގޭބީސީއަކަށް ސަރުކާރުން ހަދިޔާކުރާ ހަނޑޫ އަދި ފުށް މާދަމާ ދޫކުރަން ފަށާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
މުދާދޫކުރުން ރޭވިފަވާގޮތްތައް:
- މާލޭސަރަހައްދުގައި މުދާ ދޫކުރާނީ މާލޭސިޓީ ކައުންސިލް ބެލުމުގެ ދަށުން
- މުދާ ދޫކުރަން ފަށާނީ 09 މާރިޗު 2024 އިން ފެށިގެން 16 މާރިޗް 2024 އަށް.
(މުލަ ރޯދަ ދުވަސް އަދި ހުކުރު ދުވަހު މުދާ ބެހުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރިޔަށް ނުގެންދާނެ).
މާލޭ ސަރަހައްދުގައި މުދާ ދޫކުރަން ނިންމާފައިވާ ގަޑިތަކަކަކީ: ހެނދުނު 10:00 އިން ހަވީރު 16:00 އަށް.
އަދި ރޭގަނޑު 20:30 އިން 23:00 އަށް
އަދި ރޯދަމަހު މުދާ ދޫކުރުމަށް ނިންމާފައިވާ ގަޑިތަކަކީ :
ހެނދުނު 9:30އިން މެނދުރު 13:00 އަށް،
ރޭގަނޑު 21:00އިން 23:30 އަށް
މުދާ ދޫކުރާ ޕޮއިންޓްތައް:
????މާލޭ ގަލޮޅު ދަނޑު
????މާލޭ ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާއި ބެހޭބައި
????މާލޭ ސޯޝަލް ސެންޓަރ
????ވިލިމާލޭ ބިއްރި މިސްކިތް ހޯލް
????ހުޅުމާލޭ ފޭސް 1 ގެ އުމަރު ޒާހިރު ބިލްޑިންގ
????ހުޅުމާލޭ ފޭސް 2 ގެ ހިޔާ ފްލެޓް ޓަވަރ 10 ޔޫތް ސެންޓަރ
- ހަދިޔާ ބަލައި ވަޑައިގަންނަވަން ވާނި ދިވެހި ރައްޔިތެއް.
މިގޮތުން ހަދިޔާ ދޫކުރާނީ ކަރަންޓް މީޓަރުގެ ނަންބަރ އަށް ބެލުމަށްފަހު
ހަނޑޫ އަދި ފުށް ބަލާ އަންނަ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑް ،ނުވަތަ ލައިސަންސް ނުވަތަ ޕާސްޕޯޓް ގެންނަންވާނެ.

