ކ. މާފުށީގައި ހިނގި މާރާމޭރީގައި އަނިޔާ ލިބުނު މީހާގެ ހާލު ސީރިއަސްވެސްވެ އަވަސް ފަރުވާދޭން ފަށައިފިއެވެ.
ފުލުހުންބުނީ މާފުށީ ހޮސްޕިޓަލުގައި އެމީހާއަށް ފަރުވާ ދިނުމަށްފަހު މިހާރު މާލެ ގެނެވިފައިވާ ކަމަށާއި، އިތުރު ފަރުވާ ދެމުންދަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ކަމަށެވެ. އެއީ އުމުރުން 34 އަހަރުގެ ދިވެހި ޒުވާނެއް ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުންނަށް ހުށައެޅުނީ މިއަދު ހެނދުނު 5:30 ގައި ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލައިގައި މަރާމޭރީ ހިންގި މީހުން މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި މައްސަލަ ދަނީ ތަހުގީގް ކުރަމުންކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

