އެކްޒީމާ (އެޓޯޕިކް ޑާމަޓައިޓިސް) އަކީ އޭޓޯޕީ ކިޔާ ހާލަތެއް މެދުވެރިވުމުން ދިމާވާ ހަމުގެ މައްސަލައެކެވެ.
ހަންގަނޑު ރަތްވެ، ދުޅަވާގޮތްވުމާއި ހިރުވުމާއި ބިހިނެގުން ފަދަ ކަންތައް ދިމާވާ މި ހަމުގެ މައްސަލައަކީ ކުޑަކުދިންގެ މެދުގައި އާންމު ކަމެއް ނަމަވެސް ކޮންމެ އުމުރެއްގައި ވެސް ދިމާވެދާނެ ކަމެކެވެ. އެޓޮޕިކް ޑާމަޓައިޓިސް އަކީ ދިގު މުއްދަތަކަށް ދެމިގެންދާ (ކްރޮނިކް) އަދި ބައެއް ފަހަރު ވަރަށް ބޮޑަށް ގޯސްވެގެންދާ މައްސަލައެއްވެސް މެއެވެ. އެހެން ނަމަވެސް ގައިން ގަޔަށް އަރާ ކަހަލަ ކަމެއް ނޫނެވެ.
އެކްޒީމާގެ އަލާމާތްތަކުގެ ތެރޭގައި ހަންގަނޑުގެ ތެތްކަން މުޅިން ކެނޑި ކުރަކިވެ ހިރުވާ ގޮތްވުން ހިމެނެއެވެ. ހަން ފޮޅިފައި ހުންނަ ތަންތަނުގައި ރަތް ކަމެއް ހުރުން، ނުވަތަ ދިޔާ ފެނެއް އެތަންތަނުން އައުމަށްފަހު އަނެއްކާވެސް ތޮށިލާ ގޮތްވެއެވެ. ރަނގަޅުވެފައި ހުރެފައި އަލުންއަނެއްކާވެސް ހަންގަނޑު ހިރުވުމަށްފަހު ފާރުވުން ދިމާވެއެވެ. މިއީ ދުވާލަށްވުރެ ރޭގަނޑުގެ ވަގުތުގައި، އަލާމާތްތައް ބޮޑަށް ފާހަގަވާ މައްސަލައެކެވެ.
މި އަލާމާތްތައް އެކި އުމުރުގެ ކުދިންގެ ކިބައިގައި ތަފާތުވެ އެވެ. އަހަރު ނުފުރޭ ކުދިންގެ ތެރެއިން އެކްޒީމާ ހުންނަ ކުދިންގެ، ކޮލާއި ނިތްކުރިއާއި ބޮލުގެ ހަމުގައި ދެންމެ މި ބުނި ސިފަތަކާ އެއްގޮތް ޑްރައި-ޕެޗް ތަކެއް ހުރެދާނެ އެވެ. އެއަށްވުރެ ބޮޑެތި ކުދިންނާއި ފުރާވަރުގެ ކުދިންގެ ތެރެއިން އެކްޒީމާ ހުންނަ ކުދިންގެ ކަކުލުގެ އެތެރެ ފަޅީގަ އާއި "ޖޮއިންޓްސް" ތަކުގައި މި ކަހަލަ ތަންގަނޑު ގަނޑު ނަގާފައި ހުރެ އެވެ. ބައެއް ފަހަރަށް މި ޕެޗް ތަކުގެ ކުލަ، ގައިގެ ހަމުގެ ކުލައަށްވުރެ ގަދަވެފައި ވަކިން އަޅައިގަންނަ ގޮތެއް ހުރެ އެވެ.
ކުރިން މި ބުނި ފަދަ އަލާމާތްތައް ފެންނަން ފެށުމުން ޑޮކްޓަރަށް ދެއްކުމުން ކުއްޖާގެ އަލާމާތްތަކަށް ބެލުމަށްފަހު އެކްޒީމާ ކަން ނުވަތަ ނޫންކަން ބުނެދޭނީ ޑޮކްޓަރެވެ. އެހެންވީމާ، މިފަދަ މައްސަލައެއް ދިމާވެގެން އެއްވެސް ހާލަތެއްގައި އަމިއްލަ އަށް ގަނެގެން ބޭސް ކޭއްތުމާއި ބޭނުންކުރުމަކީ ގެއްލުން ބޮޑުވެދާނެ ކަމެކެވެ.
އެޓޮޕިކް ޑާމަޓައިޓިސް އާއި ކޮންޓެކްޓް ޑާމަޓައިޓިސް ފަދަ އެކި ބާވަތްތަކުގެ އެކްޒިމާގެ އަލާމާތްތައް ތަފާތުވެދާނެއެވެ. އޭގެ ތެރޭގައި ރެޝް އާއި ހައިޕަޕިގްމެންޓޭޝަން ފަދަ އަލާމާތްތައް ހިމެނެ އެވެ. ފަރުވާ ބަރޯސާ ވަނީ ސަބަބުގެ މައްޗަށެވެ.
އެގްޒިމާއަކީ ރިހުން، ރަތް، ހިކި، ސްކެލީ، ނުވަތަ ހަންގަނޑު ހަރުވެފައި ހުރުންފަދަ ކަންކަން ދިމާވާނެ މަައްސަލައެކެވެ.
މި ހަމުގެ ހާލަތަކީ ކުޑަކުދިންގެ މެދުގައި އާންމު ކަމެއް ނަމަވެސް ބޮޑެތި މީހުންނަށް ވެސް މި ބަލި ޖެހިދާނެ އެވެ. ހަގީގަތުގައި ނޭޝަނަލް އެކްޒިމާ އެސޯސިއޭޝަނުން ބުނާ ގޮތުގައި އާބާދީގެ 10 ޕަސެންޓް މީހުންގެ ހަޔާތުގައި މި ހާލަތު އުފެދޭނެ އެވެ.
ޑޮކްޓަރު، އީމަން ވިދާޅުވީ، އެކްޒީމާގެ އެންމެ މައިގަނޑު އެއް އަލާމާތަކީ ހަންގަނޑުގެ ތެތްކަން ކެނޑުން ކަމަށެވެ. އެހެންކަމުން ހަންގަނޑުގެ ތެތްކަން ދެމެހެއްޓުމަށް ގަވާއިދުން މޮއިސްޗުރައިޒް ކުރުމަކީ އެންމެ ފުރަތަމަ ފިޔަވަޅެވެ.
އަބަދު އޭސީ ތެރޭގައި ނުގެންގުޅުމާއި ފިނި ތަނެއްގައި ގެންގުޅޭ ނަމަ އެކަށީގެންވާ ވަރަށް މޮއިސްޗުރައިޒް ކުރުން މުހިންމެވެ.

