މާދަންނޫން އަނެއްދުވަހު ފެށެން އޮތް ރަމަޟާން މަހާ ދިމާކޮށް ބާޒާރުގައި ލުނބޯގެ އަގު ބޮޑުވުމާއި ގުޅިގެން، އެސްޓީއޯގެ ފަރާތުން ލުނބޯ އެތެރެކޮށް އަގުހެޔޮކޮށް ވިއްކަން ފަށައިފިއެވެ.
އެސްޓީއޯގެ ފަރާތުން މައުލޫމާތު ލިބިފައިވާ ގޮތުގައި، ބާޒާރުގައި ލުނބޯގެ އަގު ބޮޑުވެގެން ދިއުމާއި ގުޅިގެން، ރަމަޟާން މަހަށް ތަކެތީގެ އަގު ކޮންޓްރޯލް ކުރުމުގެ ގޮތުން އެސްޓީއޯއިން ލުނބޯ އެތެރެކޮށް ވަނީ ވިއްކަން ފަށާފައިއެވެ.
ލުނބޯ ވިއްކަން ހަމަޖެހިފައިވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް (ރީޓެއިލް)، އެސްޓީއޯ ހޯލްސޭލް ސެންޓަރ، އަދި އެސްޓީއޯ އިންޑަސްޓްރިއަލް ވިލޭޖްއިންނެވެ.
އެސްޓީއޯއިން ބުނެފައިވާ ގޮތުގައި ލުނބޯ ކިލޯއެއްގެ އަގަކީ 50 ރުފިޔާ ކަމަށާއި، 25 ކިލޯގެ ބަސްތާއެއްގެ އަގަކީ 1175 ރުފިޔާ ކަމަށެވެ.

