ގދ.ތިނަދޫ ދެވަނަ ފަހަރަށް އާބާދުވިތާ 55 އަހަރު ފުރުމުގެ މުނާސަބަތުގައި ތިނަދޫ ކައުންސިލުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މިއަދު ގދ.ތިނަދޫ ރަށު ކައުންސިލުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމިއްޔާތުގައި ދިވެހި ރާއްޖޭގެ ގައުމީ ދިދަ ނެންގެވީ ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރ އަބްދުލް މުޣުނީ އެވެ. އަދި ތިނަދޫ ކައުންސިލް ގެ ދިދަ ނެންގެވީ އެ ކައުންސިލްގެ ރައީސް ސަޢުދު އަލީއެވެ.
އާބާދީ 55 ފާހަނގަ ކުރުމުގެ ގޮތުން މިއަދު ކުރިއަށް ދިޔަ ދިދަ ނެގުމުގެ ރަސްމިއްޔާތަކީ ފުރަތަމަ އިވެންޓެވެ. އަދި މި ރަސްމިއްޔާތުގައި ތިނަދޫގެ މުވައްސަސާ ތަކުގެ ވެރިންނާއި، މުވައްޒަފުންގެ އިތުރުން ސްކޫލް ދަރިވަރުން ބައިވެރިވިއެވެ.
ތިނަދޫ ދެވަނަ ފަހަރަށް އާބާދުވިތާ 55 އަހަރު ފާހަނގަ ކުރުމަށް ތިނަދޫ ކައުންސިލާއި، ޖަމިއްޔާތަކާއި އަދި އާންމު ރައްޔިތުން ދަނީ އެކި އެކި ހަރަކާތްތަކަށް ތައްޔާރުވަމުންނެވެ.

