ރާއްޖޭގެ މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދައްކާ ހަލާސްކޮށްފިއެވެ.
ރައީސް ޑރ މުއިއްޒު މިރޭ ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، މަސްވެރިންނަށް މިއަދު ދެވުނު ފައިސާއާއި އެކު މަސްވެރިންނަށް މިދިޔަ ހުކުރު ދުވަހާއި ހަމައަށް ބޭނި، ހުރިހާ މަހަށް ފައިސާ ދީ މަސްވެރިންގެ ބެކްލޮގް އެއްކޮށް ކްލިއާ ކުރެވިއްޖެ ކަމަށެވެ.
މިއަދު ދެވުނު ފައިސާއާއި އެކު، މަސްވެރިން މިދިޔަ ހުކުރު ދުވަހާއި ހިސާބަށް ބޭނި ހުރިހާ މަހަށް ފައިސާދީ މަސްވެރިންގެ ބެކްލޮގް އެއްކޮށް ކްލިއަރ ކުރެވިއްޖެ- ރައީސް
ފިޝަރީޒް މިނިސްޓަރު ޝިޔާމް ވިދާޅުވީ ރައީސް ޑރ. ވެރިކަމަށް ވަޑައިގެންނެވި އިރު މަސްވެރިންނަށް ނުދައްކާ އޮތް 250 މިލިއަނަށްވުރެ ބޮޑު އަދަދުގެ ބެކްލޮގު އެއްކޮށް ފިލުވާ ރައީސް ވިދާޅުވިގޮތަށް ރޯދަމަހުގެ ކުރިޔަށް ދައްކަންޖެހޭ ހުރިހާ ފައިސާއެއް ދައްކާ މިސަރުކާރުން ޖުމްލަ 787 މިލިއަން މަސްވެރިންނަށް ދައްކައިފި ކަމަށެވެ.
ސަރުކާރު ބަދަލުވި އިރު މިސަރުކާރާށް ވާރުތަވި 250 މިލިއަން ރުފިޔާ ހުރި ކަމަށް ސަރުކާރުގެ ފަރާތުން ދަނީ މީގެ ކުރިންވެސް ބުނަމުންނެވެ. އަދި ސަރުކާރު ބަދަލުވި ފަހުން މަސްވެރިންނަށް ދޭންޖެހޭ ފައސާ ދިޔައީ ދައްކަމުންނެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު ރާއްޖޭގެ އަތޮޅުތަކުގެ ރަށްތަކަށް ކުރައްވަމުން ގެންދާ ދަތުރުފުޅުގައި، ވިދާޅުވީ މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ރޯދައިގެ ކުރިން ދައްކައި ނިންމާނެ ކަމަށެވެ.

