އަންނަ ހުކުރުގައި މިސްކިތްތަކުގައި ނަމާދު ކުރާނީ ޒުވާން ހަތީބުން ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު މިހެން ވިދާޅުވެފައިވައިރު، އިމާމުންނާއި ޚަޠީބުން ރާއްޖެއިން ބޭރުން ތަމްރީނު ލިބިގަތުމަށް ވަނީ ފޮނުވާފައެވެ. އެ ދަތުރަކީ 1 ހަފްތާގެ މުއްދަތަށް ކުރިއަށްދިޔަ ތައުލީމީ ތަމްރީމު ދަތުރެއް ކަމަށް ޝަހީމް އޭރު ވިދާޅުވެފައެވެ.
މި ދަތުރުގައި އިންޑޮނޭސިއާ ބުރޫނާއި މެލޭޝިޔާ މިޞްރު ފަދަ ޤައުމު ތަކަށް ވެސް ތަމްރީނު ގައި ބައިވެރިވެފައިވެއެވެ.
އިމާމުންނަށް ހުރި ފުރުސަތު ތަކުގެ ތެރޭގައި ޕީއެޗްޑީ ޕްރޮގުރާމްތަކާއި، މާސްޓަރޑް ޕްރޮގްރާމްގެ އިތުރުން އަރަބި ބަސް އުނގެނުމުގެ ޕްރޮގުރާމް ވެސް ހިމެނެއެވެ. އަދި މައްކާ މަދީނާގެ ތަރުބަވީ ދަތުރު ހިންގުމާއި އިލްމީ ތާޒާކުރުމުގެ ޕްރޮގުރާމް އާއި، އުމްރާ ދަތުރުގެ އިތުރުން، ރާއްޖޭން ބޭރުން ތަމްރީން ފުރުސަތާއި އިމާމުންގެ މާހާސިންތާވެސް ކުރިއަށްދާނެ ކަމަށް ޝަހީމް ވިދާޅުވެފައެވެ.
މީގެ އިތުރުން 77 އިމާމުން ތަމްރީނުކުރުމުގެ ޕޮރޮގުރާމެއްވެސް އިސްލާމިކް މިނިސްޓްރީން ފެށިއެވެ. ޑރ. ޝަހީމް ވިދާޅުވެފައިވަނީ ގުރޭޑް 10 ނިންމާ ދަރިވަރުންގެ ތެރެއިން ހަތީބުން ތަމްރީނު ކުރުމުގެ ޕްރޮގުރާމްވެސް ކާމިޔާބު ކުރެވޭނެ ކަމަށެވެ.

