ދަރިފުޅު ކިތަންމެ ވަރަކަށް ކިޔެވިޔަސް ދަސްކުރަން ބޭނުންވާ ފިލާވަޅު ދަސްނުވަނީހެއްޔެވެ؟ ވިސްނުން ކޮށިކަމަށް ފާހަނގަވޭ ހެއްޔެވެ؟ ކިޔަވުމަށް ސަމާލުކަން ނުދޭތީ ޓީޗަރުން ޝަކުވާ ކުރަނީ ހެއްޔެވެ ؟
ކިޔަވުމަށް މޮޅު ވިސްނުން ތޫނު ކުއްޖަކަށް ދަރިފުޅުވުމަށް އެދޭ ނަމަ މީ ފައިދާ ހުރި އެހާމެ މީރު ބުއިމެކެވެ.
ތައްޔާރު ކުރާނެ ގޮތް:
1 ދޮންކެޔޮ ވަށް
2 ސަމްސާ އާމަންޑް( މުގުރާފައި )
1 ތަށި ކިރު
އާމަންޑްއާއި ދޮންކެޔޮ އަދި ކިރު މިކްސަރަށް އަޅާލުމަށް ފަހު އޮލަވަންދެން ގިރާލާށެވެ. ބޭނުންވާނަމަ އައިސްކިއުބްއަޅާލެވިދާނެއެވެ.
ކޮންމެ ދުވަހަކު ހެނދުނުގެ ނާސްތާގެ ކުރިން މި ބުއިން ދަރިފުޅަށް ދިނުމަށް އާދަކުރާށެވެ. ތަފާތު ފެންނާނެއެވެ.

