މި ދިވެހިރާއްޖޭގައިވެސް ސިހުރުގެ އުނދަގުލާއި ވޭނުގައި އުޅެންޖެހިފައިވާ މީހުން މަދެއްނޫނެވެ. އެއްބަޔަކު އުފަލެއްކަމުގައި ދެކިގެން ސިހުރުގެ ވޭން ހުރި ކަނޑަށް މީހުން ގަންބާލަމުން ދަނީ ބިރުވެރި ކަމުގެ ކަންފުޅެއްވެސް ނެތިއެވެ. މި ކަމަކީ އަނެކާގެ މުޅި ދިރިއުޅުން އަދާ އަޅިއަށްހަދާލާ ބޮޑު ވޭނެއް ކަމެއްވެސް ނުދެނެހުރެއެވެ.
މި ފަދަ ހާދިސާތައް ރާއްޖޭގެ އެކި ރަށްރަށުގައި ތަކުރާރުވެފައިވާއިރު، ދެކުނުގެ ރަށެއްގައި ހިނގި ހަގީގީ ހާދިސާއެއް ބަލާލާނަމެވެ. ސިހުރުގެ ހުރި ނުރައްކާތެރިމާއި ބިރުވެރިކަމުގެ ތެރެއިން ގޮތް ނޭނގޭ ދިރިއުޅުމަކަށް ބައެއްގެ ދިރިއުޅުން ބަދަލުވެ އުޅެންޖެހުނު ގޮތުގެ ވާހަކަ އަށް އަލިއަޅުވާލާނަމެވެ.
ދެމެފިރިއަކު ކައިވެނިކޮށްގެން އުފާވެރި ދިރިއުޅުމެއްގައި އެޅެނިކޮށް އެ ކައިވެންޏަށް އެޅުނު އަނދިރި ހިޔަނީގެ ވާހަކައަކީ ސިހުރުހާހޫރުގެ ބިރުވެރިކަމާއި ކުރިމަތިލާން ޖެހި އޭގެ ވޭން އިހުސާސް ކުރަން ޖެހުނު ހިސާބުއެވެ.
މި ވާހަކަ “ހުވަދޫ” މީޑިއާއަށް ކިޔައިދިނީ މި އުނދަގޫ ތަހައްމަލު ކުރި އާއިލާގެ މެމްބަރެކެވެ. މިއީ ހުވަދުއަތޮޅު ރަށެއްގައި ހިނގި ހަގީގީހާދިސާއެކެވެ. ނަން ހާމަ ކުރަން ބޭނުންނުވާތީ އޭނާގެ ނަން ސިއްރުކުރެވިފައެވެ. އެހެންކަމުން މި ވާހަކައިގެ ސަބަބުންވެސް މި ނުރައްކާތެރިވަބާއިން މީހުން ހޭލުންތެރިވާނެ ކަމަށް ގަބޫލު ކުރެވޭތީއާއި އެކު ވާހަކަލިޔަން ގަސްތުކުރިމެވެ. މި ވާހަކައިގައިވެސް ކަން ހިނގާފައިވާ ގޮތް އިބްރަތަކަށް ފުދޭނެތީ ނިކަން ހޭލުން ތެރިވާނެ ކަމަށް އުއްމީދު ކުރަމުން މި ވާހަކައާއިގެ ކުރިއަށް ދާން ގަސްތުކުރީމެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި މިފަދަ ސިހުރުގެ އަމަލުތައް ހިނގައެވެ. އާންމު ގޮތެއްގައި ދެމެފިރިން ދުރު ކުރުމަށެވެ. ދެމީހަކު ލޯބީގެ ގޮތުން ގުޅުވުމަށްވެސް ރުހާނީ ބާރު ބޭނުންކޮށްގެން މި އަމަލުތައް ހިންގައެވެ.
މި ވާހަކައިގައި ސިހުރުގެ ޝިކާރައަކަށްވި އާއިލާއަށް ސިހުރު ޖެހިފައިވަނީ ގެދޮރަށް ހެދި ސިހުރެއްގެ ސަބަބުނެވެ. ސަކީނާ އާއި، ނީނާ އަސްލުނަމެއްނޫނެވެ. ކިޔައިދިނީ އަހުމަދާއި ސަކީނާ ދެމީހުން ކައިވެންޏަކީ އުމުރުން 14 ، 15 އަހަރުގައި މި ދެމީހުން ކުރި ކައިވެންޏެއް ކަމަށެވެ. އަދި އެ ދެމީހުން ކައިވެނީގައި އުޅެމުން އައީ ވަރަށްވެސް އުފާވެރި ދިރިއުޅުމެއްގައި ކަމަށާއި، އެއީ އޭނަވެސް ކުޑައިރު ކަމަށް ނީނާ ކިޔައިދިނެވެ. އަދި ބޮޑުވަމުން އައިއިރު މި ދިރިއުޅުމުގެ ހުރިހާކަމެއްވެސް ގާތުން ފެންނަމުން އައި ކަމަށް ވެސް ބުންޏެވެ.
އަހުމަދަކީ މަސްވެރިއެއްކަމުން އޭނާގެ މަސައްކަތަކީ އަބަދުވެސް މަހަށް ނުކުމެ މަސްވެރިކަން ކުރުމެވެ. އިރުއޮއްސެންވާ އިރަށް ގެއަށް އަހުމަދު އަންނަން ދެން ސަކީނާ އުޅެނީ އަބަދުވެސް އަހުމަދުގެ އިންތިޒާރުގައެވެ. އަދި ޅަ އުމުރުގައި ކައިވެނިކޮށްގެން ލިބުނު ތިން ދަރިންނަށްޓަކާއި އެ ދެމީހުންދިޔައީ ބުރަމަސައްކަތް ކޮށްގެން އަވަދި ނެތި ދިރިއުޅެން ކަމަށެވެ. އެ ދެމީހުންނަށް އެންމެ ދޮއްޓަށް ލިބުނީ ފިރިހެން ކުއްޖެއް ކަމަށާއި، އޭގެ ފަހުން ކައިރި ކައިރީގައި ލިބުނީ ދެ އަންހެންކުދިން ކަމަށްވެސް ނީނާ ކިޔައިދިނެވެ.
އެއީ އަލީ އާއި، ހަމްސާ އަދި ސަމްހާ ކަމަށެވެ. ރަށު ސުކޫލުގައި ގުރޭޑް 10 އާއި ހަމަޔަށް އޭރު ކިޔަވައި ނުދޭތީ މި ކުދިންނަށް ކިޔަވައިދިނުމަށް މި ދެމެފިރިން ދިޔައީ ވިސްނަމުނެވެ. އެގޮތުގެ މަތިން އަހުމަދު އާއި، ސަކީނާ ނިންމީ ދޮށީ ދަރިފުޅު އަލީ ފުރަތަމަ ކިޔަވަން ފޮނުވަން ކަމަށެވެ. އެހެންކަމުން އަލީ ފޮނުވީ އަތޮޅުގެ ވެރިކަންކުރާ ރަށަށެވެ. އެއީ 2002 ހިސާބު ކަމަށްވެސް ނީނާ ބުންޏެވެ. އަލީ އަކީ އަބަދުވެސް ބަސްއަހާ ރަނގަޅު ކުއްޖެއްކަމުން ކިޔެވުމަށް ބަހައްޓާފައި ހުންނަ ގޭ މީހުންނަށްވެސް އަލީ އަކީ ކިޔަމަންގަންނަ ރަނގަޅު ކުއްޖެކެވެ. ނަމަވެސް އަލީގެ ކިޔެވުން އެހާ ރަނގަޅެއްނޫން ކަމަށާއި، މެދުމިންގަނޑަކަށް ކިޔެވި ނަމަވެސް އެކުއްޖާ އަށްޓަކާއި ސަކީނާއާއި އަހުމަދު އުއްމީދުކުރީ ވަރަށްވެސް ފޮނިކޮށެވެ.
އެހެންކަމުން ގުރޭޑްތައްފަހަނައަޅާ ގޮސް 10 ނިންމާ ޖީސީއީއޯލެވެލްވެސް އަލީ އެރަށުގައި ހުރެގެން ހާސިލް ކުރިއެވެ. ދޮށީ ދަރިއަށް އެންމެ މޮޅު ވަނައެއްނުލިބުނު ނަމަވެސް ގުރޭޑް 10 ނިންމިނިންމުމަކީ އެ ދެމެފިރިންނަށް ލިބުނު ވަރަށް ބޮޑު ހިންހަމަ ޖެހުމަކަށް ވެގެންދިޔަ ކަމަށްވެސ ނީނާ ބުންޏެވެ.
އެހެންކަމުން މެދަށް ލިބުނު އަންހެންދަރި ހަމްސާ ވެސް ރަށުގެ ނެތް ތައުލީމު ހޯދުމަށް ރަށުން ބޭރަށް ފޮނުވިއެވެ. އޭރު ހަމްސާގެ އުމުރުން ވާނީ 15 އަހަރެވެ. ހަމްސާ ފޮނުވިތާ މާ ގިނަ ދުވަހެއްނުވެ ސަމްހާވެސް ފޮނުވިއެވެ. މި ދެ ކުދިން ކިޔެވުމަށްޓަކާއި ދުރު ރަށަކަށް ފޮނުވުމަށްފަހު ދެ މެފިރިން ދިޔައީ ބުރަ މަސައްކަތް ކުރަމުންނެވެ.
އެގޮތުން ވަލުން ދަރުހޯދާ ފަރުންވެލި ނަގާ ނުކުރާ މަސައްކަތެއްނެތެވެ. އަތަށް ލެއްވިހާ މަސައްކަތެއް ކުރަމުންދިޔައެވެ. ސަކީނާ އާއި އަހުމަދުގެ ދިރިއުޅުން މިހެންދަނިކޮށް އެއްދުވަހު އަހުމަދު މަހުން ގެއަށް އައިސް މަސްކަނޑާ ނިމިގެން ސަކީނާ މަސްކައްކައްކަން ބަދިގެއާއި ވީ ފަޅިގައި ހުއްޓާ ވާހަކައެއް ހިއްސާ ކުރަން ބޭނުންވާ ކަމަށް ބުންޏެވެ. އަދި އެހެންދުވަސްދުވަހު އަހުމަދަކީ މި ގޮތަށް ސަކީނާ ނިމެންދެން ވާހަކަގައި އިންނަމީހެއްވެސް ނޫން ކަމަށާއި، ނަމަވެސް މިދުވަހު އަހުމަދު ވާހަކަގައި އިށީދެ އިނުމުން ސަކީނާ ސުވާލު ކުރި ކަމަށެވެ. އަދި ވީ ކީއްތޯ އަހާލިކަމަށެވެ. ސަކީނާ ބުންނެވެ. އަހައްމަދޫ މިއަދު ކިއްވެ މިތާ މާ ގިނައިރަށް ތިއިނީ ކަމެއްނުވޭ، ދުފަންއިން އަހުމަދު ޖޯލި އަނެއްފަރާތެއް އެނބުރި ރަތް ކުޅެއް ޖަހާލުމަށްފަހު ސަކީނާ އަށް ގޮވާލިއެވެ.
ސަކީނާ،،، ސަކީނާ،،،، އާދެ ބަލަ. ސަކީނާ ރޯކޮށްފައި އޮތް ދަރު އަލިފާން ދަރުގަނޑު ހިފައިގެންނުކުމު އަހުމަދުގެ ކުރިމަތީގައި މަޑު ކޮށްލިއެވެ. އަހުމަދު ބުންޏެވެ. ބަލަ ސަކީނާ މަ ބުނީ ތި އަލިފާން ދަރުގަނޑު ހިފައިގެން އަންނަވާހަކަތަ، ތީތި ބަދިގެއަށް ވައްދާފަ އާދެބަލަ ތި ދަނރުގަނޑުން ދުންވެސް އެބަ އަރާ ވިއްޔާ އަހުމަދު ބުނި ކަމަށް ނީނާ ބުންޏެވެ.
ސަކީނާ ދަރުގަނޑު ބާއްވާފަ ނުކުތެވެ. އަހުމަދާއި ޖެހިގެންހުރި ޖޯލީގައި އިށީނެވެ. އަހުމަދު ވާހަކަ ފަށައިގަންނަން އުޅުނުތަނާ އެތަނަށް ޖެހިގެންހުރިގޭގެ މީހަކު އަޔެވެ. އަހުމަދު އަށް އެދުވަހު އޭނާގެ ބޭނުން ކިޔައިނުދެވުނެވެ. އަދި ވާހަކައާއިގެން ކުރިއަށް ނުދެވުނެވެ. ނަމަވެސް އަހުމަދު ދުވަސްތައް ފާއިތުވަންދެން މަޑުކުރާކަށް ބޭނުންނުވިއެވެ. އެއީ ސަކީނާގެ ފުށުން އަހުމަދު ބޭނުންތަކެއް ހުރުމުންނެވެ. އެގޮތުގެމަތިން އަހުމަދު ހުރީ ސަކީނާ ހަމަޖެހޭވަގުތަކަށް ބަލަބަލައެވެ. އެހެންކަމުން ނިދާ ގަނޑިއަކީ ސަކީނާ އާއި އެންމެ ރަނގަޅަށް ވާހަކަދެއްކޭނެ ވަގުތު ކަމަށް އަހުމަދަށް ވިސްނުނެވެ. ވަގުތު ރަނގަޅު ސާތަކަށް ބަލައިގެން އަހުމަދު ޕްލޭން ސަކިނާ އަށް ހުށައެޅިއެވެ.
އަހުމަދު ބުންޏެވެ. ސަކީނާއެވެ. މި ގެ މިހިރީ ވަރަށްވެސް ބޮޑަށް ވީރާނާވެފަނޫންހެއްޔެވެ. މި ގެ ހަދާ ރަނގަޅަށް މަރާމާތް ކުރުމަށް އަހަރެން ވަރަށް ބޭނުންވެއެވެ. އެހެންކަމުން މި ގެ ޒީނަތްތެރި ކުރުމަކީ އަހަރެންގެ ހުވަފެނެކެވެ. ސަކީނާ ފުންމައިގެން ތެދުވިއެވެ. އަދި ބުންޏެވެ. އަހަރެންނަށް ތިވާހަކަ އަހުމަދު ކައިރީ ބުންނަން ނުކެރިގެން މިހުންނަނީ މިއީ އެތައްބައެއްގެ ގެ އަކަށްވާތީއެވެ. އަހަރެންގެ މައިފުނު ގެއަށްވާތީއެވެ. އަހުމަދު މި ގެ، ނަހާދާނެހެން ހީވާތީ ކަމަށްވެސް ސަކިނާ ބުންނެވެ.
އެނދުގެ އަނެއް ފަރާތަށް އެނބުރި ލައިގެން އޮތް އަމަދު ގާތަށް އައީ ނުލަފާ ހިންޏެކެވެ. އޭނަގެ ބޭނުން ހާސިލްވާނެ ރާގަކަށް ސަކީނާގެ ބަސްމަގު ހުރުމުންނެވެ. އޭގެ ހަފްތާއެއްގެ ފަހެވެ. ސަކީނާ އަހާލިއެވެ. އަހައްމަދު ގެ ހަދާ ވާހަކަ ދައްކާފަ ކިހިނެތް މިހާރު ނިންމީ،
ސަކީނާ އެހެންބުނުމާއި އެކު އަހުމަދު ބުންޏެވެ. ” ސަކީނާ ބުނީމެއްނުން މިއީ މައިފުނުގެއޭ. އެހެންވެ އަރަރެން މިހާރު މި ގެ ހަދާކަށްނުވިސްނަން ”
” އަހުމަދު ނޫން، މިގެ ޖެހޭނެ ކޮންމެވެސް ވަރަކަށް ހަދާލަން.” ސަކީނާ ބުންނެވެ.
ކޮންމެވެސް ވަރަކަށް ޖެހޭނެހަދަން އަހުމަދު ވަގުތުން ބުނެލިއެވެ، “އާ އާ ހަދާނަން އެކަމަކު ހިނގާ މި ގޭ އަހަރެން ނަމުގައި ރަޖިސްޓްރީ ކުރަން އޭރުން އެއްވެސް މީހަކަށް ބައި އަޅާކަށް ނުޖެހޭނެ. އޭރުން މިގޭގައި ދިރިއުޅޭނީ އަހަންނާއި ސަކީނާއި ތިން ދަރިން” ނެވެ.
އަހުމަދުގެ އެބަހަށް ސަކީނާ ހެއްލުނުވެ. އަދި އަހުމަދުގެ އެދުމުގެ މަތިން ކޯޓް މަރުހަލާއިން އެ ގެ ސަކީނާ އަހުމަދުގެ ނަމަށް ރަޖިސްޓްރީ ކުރީ އެވެ. އެއީ 2000 ހުގެ ކުރީ ކޮޅުކަމުން އެ ގެ އަހުމަދުގެ ނަމަށް ބަދަލުކުރިކަމެއް ސަކީނާގެ އާއިލާގެ އެއްވެސް މީހަކަށް ނޭނގުނެވެ. މިކަމެއް އެދެމީހުން ކުރިކަމެއް ބަޔަކަށް ރޭކާވެސް ނުލީއެވެ. ވައިރޯޅިއަށްވެސް ސިއްރުން އެކަން ނިންމިއެވެ. އެކަން އޮތީ އެގޮތުގައެވެ. މާގިނަ ދުވަހެއްނުވެ އަހުމަދު ބަލިވާން ފެށިއެވެ. ނުރައްކާތެރި ބައްޔެއް އަހުމަދަށް ޖެހުނެވެ. އެތައް ފަރުވާއެއް އަހުމަދު ދިޔައީ ހޯދަމުނެވެ. ރާއްޖެއިން ބޭރަށް ގޮސްގެންނާއި އެކި ގޮތްގޮތުން ކުރި ފަރުވާއިން އަހުމަދު ބަލި ސަލާމަތްވިއެވެ.
އެހާ ހިސާބަށް ދިޔައިރު ކުދިންވެސް ކިޔަވާ ނިންމާ ކުދިން ތިބީ ރަށަށް ބަދަލުވެގެންނެވެ. 18 އަހަރުފުރި ކުދިން މިހުންނާއި އިންނަ ހިސާބަށް ދިޔައެވެ. ނަމަވެސް ކުދިން ފުރާވަރަށް އަރާ ގޭގައި އުޅެން ބޭނުންވި ވަގުތު އެއްވެސް ވަރަކަށް ގޭގައި އުޅޭ ހިތެއް ނުވެއެވެ. އެ ކުދިންނަށް އޭގޭތެރޭން އެއްވެސް ހިންހަމަޖެހުމެއް ނުލިބެއެވެ. ގޭތެރޭގައި އެއްވެސް ދިރުމެއް ނުހުރެވެއެވެ. ގޭތެރޭން ފެންނަނީ ހިޔަންޏެވެ. ވާނުވާ ނޭނގިތިބި ކުދިންނަށް ގޭތެރޭން ދިމާވި ކަންތައްތަކުން އުޅެން ފަސޭހަ ނުވެގެން ރަށް ދޫކޮށްފައި މާލެ ބަދަލުވީއެވެ. އޭރުވެސް ސަކީނާ އުޅެމުންދިޔައީ އެގޭގެއެވެ. އެހާ ހިސާބަށްދިޔައިރު އަހުމަދު އެހެންއަންހެނަކާއި ހިތާވެގެން ސަކީނާ ވަރިވެސް ކުރިއެވެ.
ކުދިން ގޭގައި އުޅޭ ހިތް ނުވުމާއި، ކުދިންނާއި ގޭތެރެއިން ފެންނަމުންދިޔަ ކަންތަކުން ސަކީނާ ރުގުޔާ ކުރަން ނިންމިއެވެ. އަދި މީހުންކިޔާތީ ރުގުޔާ ކުރާ މީހެއްގެ އެހިތެރިކަން ހޯދިއެވެ. އާދަނު (ރުގުޔާ ކުރިމީހާ)އެ ގެއަށް ދިމާވެފައިވާ ސިހުރުގެ ބިރުވެރިކަން ކިޔާއިދިނެވެ.
“މިއީ ސީދާ ގެ ފަޅު ކޮށްލަންވެގެން ކޮށްފައި ހުރި ކަމެއް. މިގޭގެގައި އެކަކަށްވެސް ނުއުޅެވޭނެ.” ފުރަތަމަވެސް އާދަނު ބުނީ އެހެންނެވެ.
ސިއްސައިގެން ސަކީނާ ފާރުގައި ޖެހިފައި އާދަނާ ކައިރިވެލިއެވެ. އާދަނު އެކި ބަދިވަރަށް ރުގުޔާއަށް ކިޔަމުން ދިޔައެވެ. އޭރު މާލޭގައު ތިބި ތިން ކުދިންވެސް ތިބީ ގެނެސްފައެވެ. އާދަނުގެ އިރުޝާދުގެ ދަށުން ސަކީނާގެ ކުދިން ވަށާ ގޯތި ތެރޭގައި ހިންގަވާލިއެވެ. އަދި ސިހުރުގެ ނުބައި އަމަލު ހިންގަން އާލާތްތަކުގައި ކިޔަވާ ކުރަހާފައިވާ ތަންތަނާ އަރާ ހަމަވުމުން އެއިން ކޮންމެ ކުއްޖަކު ދިޔައީ ވެއްޓެމުންނެވެ.
އާދަނު ބުންނެވެ. އެތަންތަން ކޮންނާށެވެ. ކޮންނަމުން ދިޔަވަރަކަށް ވަޅުލާފައިވާ ސާމާނުތައް ފެންނަނމުންދިޔައެވެ. ފުރަތަމަ ވަޅުގަނޑުން ފެނުނީ މަރާ ހިއްކާފައި އޮތް ބުޅަލެކެވެ. އަދި އެ ބުޅަލުގެ ބޮލެވެ. އޭގެ ކަނދުރާއެވެ.
އެ ބުޅާ ފީ ވާނެ ގޮތް އަވަސްވާނެތީވެ އެފީވާ ގޮތަށް އަވަހަށް އެގޭގެގައި އުޅޭ މިހުންގެ ގުނަވަންތައް ފީކުރުމަށް ކޮށްފައިވާ ކަމެއްކަމަށް އާދަނު ބުންޏެވެ.
ބުޅަލުގެ ދަތްޕިލާ ފީވާހެން ސަކީނާގެ ދަތްޕިލާވެސް ދިޔައީ ފީވެ ވެއްޓެމުންނެވެ. ދަތުގެ ވަރެއްނެތެވެ. މީހާ ބަލިވެއްޖެއެވެ. ގޭގައި ލާން ގެންގުޅު އަންނައުނަށާއި، ސަކީނާ އާއި، ގޭގެ ތިބި ކުދިންގެ އިސްތަށިންވެސް ވަނީ ކަންވެރިކަން ހަދާފައެވެ. ތަނަވަސްކަމާއި އާރާއި ބާރުގައި ދިރިއުޅެމުން ދިޔަ އެ އާއިލާ ވިއްސި ވިހާލިވިއެވެ. ކަންވެރިކަންހެދީ ކާކު ކަމެއްނޭނގެއެވެ. ނަމަވެސް އޭނގޭ ކަމަކީ ސަކީނާ އާއި އޭނާގެ މުޅި ދިރިއުޅުން ފަނާވެއްޖެ ކަމެވެ.
ދިރިއުޅުން ވިއްސިވިހާލިވިއިރު، ދަރިންވެސް ރަށަކަށް ދާހިތެއްނުވިއެވެ.
ރަށުގެ މާ މެދުގައި ހަދާފައި ހުރި އެ ގެ ފަޅުވީއެވެ. އެތަނުގައި ތިބީ އިންސާނުން އެގެއިން ނުކުންނަން ޖެހުނެވެ. އިންސާނުންގެ ހުރި ނުބައިކަމުން ކުރި ނުބައި އަމަލެއްގެ ސަބަބުން ޖިއްނި ޝައިތާނުންގެ ޖަގަހަޔަކަށް ގެ ބަދަލުވިއެވެ. ކުޑައިރުގެ ހަދާންތަކާއި، އުފާތައް އެގެއާއި އެކު ސިހުރުގެ އުނދަގޫ އިން ސަކީނާގެ މުޅި ދިރިއުޅުން ވަށާލީއެވެ.

