ގްރޭޕްސްޖެލީހަލުވިދާ
- 50 ގްރާމް ގްރޭޕްސް ގެލަޓިން ތަށްޓަކަށް އަޅާށެވެ.
- 300 އެމްއެލް ހޫނު ފެނުގައި ގެލަޓިން ގިރާލާށެވެ.
- ރަނގަޅަށް ގިރުމަށްފަހު
- 300 އެމްއެލް ފިނިފެން އަޅާށެވެ.
ރަނގަޅަށް އެއްވަންދެން ގިރާނިންމާފައި ބިއްލޫރި ޓްރޭއަކަށް އަޅާށެވެ. އަދި ފްރިޖަށް ލާފައި ބަހައްޓާށެވެ.
450 އެމްއެލް ހޫނު ފެނަށް ގްރޭޕްސް ގެލަޓިން 50 ގްރާމް އަޅާށެވެ. މިފަހަރު އަޅާނީ މިކްސްޗަރަށެވެ. ރަނގަޅަށް މިކްސްޗަރުން ގިރުމަށްފަހު 395 ގްރާމް ގެރިކިރު އެއްކޮށްލާށެވެ. 400 ގްރާމް ހެވީކްރީމް އަޅާށެވެ. އަދި މިކްސްޗަރުން އެއްކުރާށެވެ.
ދެން ފްރިޖުގައި ހުރި ޖެލީ ތަށި ނަގާ އޭގެ މައްޗަށް އަޅާށެވެ. އަނެއްކާވެސް ފްރިޖަށް ލާށެވެ.
ވިއްސަކަށް ތިރީހަކަށް މިނިޓް ފަހުން ޓްރޭ ނަގައިގެން ވަޅިއަކުން ކަފާލާށެވެ.
މިއީ ފަސޭހަ އަވަސް އެހާމެ ރަހަވެސް ރަނގަޅު ފޮނިކާއެއްޗެކެވެ. ހާއްސަކޮށް ކުޑަކުދިންނަށް ވަރަށް ކަމުދާ މެޓާގެ ރަހަ ހުރި އެއްޗެކެވެ. އަދި މިއީ ހަލުވިދާ މީރު ފަރާތްތަކަށްވެސް ވަރަށް ކަމުދާ ބާވަތެކެވެ.

