ބޭނުންވާ ތަކެތި:
1 ދަޅު ޕީލްޑް ޓޮމާޓޯ
3 މޭޒުމަތީ ސަމްސާ ޗިލީ ސޯސް ( މެގީ )
3 މޭޒުމަތީ ސަމްސާ ޗިލީ އެންޑް ގާރލިކް ސޯސް ( މެގީ )
3 މޭޒުމަތީ ސަމްސާ ޓޮމާޓޯ ސޯސް ( މެގީ )
5 ލޮނުމެދު ( ޕޭސްޓް ހަދާފައި )
2 ފިޔާ ( ޕޭސްޓް ހަދާފައި )
1 ޗިކަން ސްޓޮކް ކިއުބް ( މެގީ )
1 ސައި ސަމްސާ އޮރެގާނޯ
2 ސަމްސާ އަސޭމިރުސް ( ހިމުންކޮށްފައި )
4 ގިތެޔޮމިރުސް
5 މޭޒުމަތީ ސަމްސާ ތެޔޮ
ތައްޔާރުކުރާނެ ގޮތް:
ތަވާއަކަށް ތެޔޮ އެޅުމަށް ފަހު ތެޔޮ ހޫނުވުމުން ލޮނުމެދު އަޅާށެވެ. ލޮނުމެދުކޮޅު މުށިކުލައެރުމުން ފިޔައާއި ގިތެޔޮމިރުސް އަޅާފައި ފިޔާ މޯޅިވުމުން ޕީލްޑްޓޮމާޓޯ އަޅާފައި މިނިޓެއް ވަންދެން ކައްކާލާށެވެ.
ދެން ބާކީހުރި ހުރިހާ އެއްޗެއް އަޅާފައި ރަގަނޅަށް ކައްކާލުމަށް ފަހު އުދުން މަތިން ބާލާށެވެ.
ރަގަނޅަށް މަތިޖެހި އެއްޗަކަށް އަޅާފައި އައިސް އަލަމާރީގައި ބަހައްޓައިގެން ބޭނުން ކުރެވިދާނެއެވެ. ތަޒާވެފައި މީރުވާނެއެވެ.

