އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސަކަށް އެ ކޮމިޝަނުގެ މެމްބަރު ކަމުގައި ހުންނެވި އަލީ ނަޝާތު އައްޔަނު ކުރައްވައިފިއެވެ.
ނަޝާތު މަގާމަށް އައްޔަން ކުރެއްވީ އީސީގެ ނައިބު ރައީސްކަމުގެ މަގާމުގައި ހުންނެވި އަލްއުސްތާޒު އިސްމާއިލް ހަބީބު މަގާމުގެ ދައުރުހަމަވުމާއި ގުޅިގެން މިއަދު އެކޮމިޝަނުގައި ބޭއްވުނު އާންމު ޖަލްސާއިން ނިންމުމާއި ގުޅިގެންނެވެ.
ނަޝާތުގެ ދައުރު ހަމަވާނީ 2028 ވަނަ އަހަރުގައެވެ. ނަޝާތު އިސީގެ މެމްބަރުކަން އަދާ ކުރައްވާތާ މިހާރުވަނީ ދެ ދައުރު ފުރިހަމަވެފައެވެ. މީގެ ކުރިން އެކޮމިޝަނުގެ ނައިބު ރައީސް ކަމުގެ މަގާމުގައި ހުންނެވީ އިސްމާއިލް ހަބީބެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުކަމަށް ޢަލީ ނަޝާތު ފުރަތަމަ އައްޔަން ކުރައްވީ 2018 ވަނައަހަރުގެ ޖުލައި މަހުގެ 25 ވަނަދުވަހުއެވެ. އޭނާގެ ދައުރު މިދިޔަ އަހަރަށް ހަމަވުމާއި ގުޅިގެން އެ އަހަރުގެ ޖުލައި 25 ގަ ދެވަނަ ދައުރަކަށް ނަޝާތު މެންބަރުކަމަށް އައްޔަންކުރައްވީ މިދިޔަ އަހަރުގެ ނޮވްމެބަރު މަހުގެ 16 ގައެވެ.
އީސީގެ މެމްމަބަރުންގެ ގޮތުގައި ތިއްބަވަނީ ފަސް މެންބަރުނެވެ. އެއިން ކޮންމެ މެންބަރުންގެ ދައުރެއްގެ މުއްދަތަކީ 5 އަހަރެވެ. އެހެންކަމުން ނަޝާތުގެ ދައުރު ދެން ހަމަވާނީ 2028 ވަނަ އަހަރުގެ ޖުލައި 25 އަށެވެ.

