-މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްގެ ފަރާތުން ގދ ކާޑެއްދޫގައި ހިންގި ލީޑިން ފަޔަރމަން ކޯހުގެ ފުރަތަމަ ބުރު ނިންމައި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.
މިއީ ކާޑެއްދޫ އިން ހައުސްޓްރޭނިން ދަށުން ހިންގި މިފަދަ 2 ވަނަ ކޯހެވެ. މިކޯހުގެ ބައިވެރިންގެ އަދަދަކީ 6 އެކެވެ. މިކޯސް ހިންގާފައިވަނީ 10 ފެބްރުއަރީ 2024 އިން 12 މާރިޗް 2024 އަށެވެ.
މިކޯހުގައި ކިޔަވައިދެއްވީ ސިވިލްއޭވިއޭޝަންގެ އެޕްރޫވް އިންސްޓްރަަކްޓަރުންނެވެ. ޖުމްލަ 6 އިންސްޓްރަކްޓަރަކި މިކޯހުގައި ވަނީކިޔަވައިދީފައެވެ. ކޯސް ކޯޑިނޭޓްކޮށް ބެލެހެއްޓީ ކުރީގެ ސްރީލަންކާގެ ބަންޑާރަނައިކަ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޗީފް ފަޔަރ އޮފިސަރ ގެ މަގާމުގައި 10 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ މިހާރު ކާޑެއްދޫ އެއަރޕޯޓް ޗީޕް ފަޔަރ އޮފިސަރް ވިލްމަން ފެނަންޑޯ އެވެ.
ސެޓްފިކެޓް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ އެމްއެންޑީއެފް ކާޑެއްދޫ ޕޯސްޓުގެ އޮފިސަރ އިންޗާޖް އަލީ ރިޝްވާނެވެ،
މިހަފުލާގައި ކާޑެއްދޫ އެއާޕޯޓުގެ ސީނިއަރމެނޭޖްމަންޓްގެ ބޭފުޅުންގެ އިތުރުން ކާޑެއްދޫގައި މަސައްކަތް ކުރާ އެހެން އޮފީސްތަކުގެ ވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިހަފުލާގައި ކާޑެއްދޫ ޖެނެރަލް މެނޭޖަރ އަހުމަދު ހަބީބު ވިދާޅުވީ އެ އެއާޕޯޓުން ބަރާބަރަށް ފުލައިޓުތައް އުދުހެމުން ދިޔަޔަސް ސަލާމަތީ ގޮތުން ފުރިހަމަ ވާން ޖެހޭ އެތައް ކަމެއް ފުރިހަމަ ނުވެ ހުރިކަން ފާހަގަކުރައްވައި 2015 އިން ފެށިގެން ސިވިލްއޭވިއޭޝަނުން ރަނގަޅު ކުރުމަށް ބުނެފައިވާ 15 ވަރަކަށް ކަންކަން ހުރިމަކަމަށާއި މިއަދު ސަލާމަތީ ގޮތުން އެކަންކަން ވަނީ ފުރިހަމަވެފައި ކަމަށެވެ.
“އޭގެ ހެއްކަކީ 30 އަހަރު ވަންދެން ހަމަނުޖެހި އޮތް ސެޓްފިކެޓްހާސިލުވުމުގެ އިތުރުން ސިވިލްއޭވިއޭޝަނުން ފާހަގަ ކޮޮށްފައިވާ ކަންކަން ފުރިހަމަވެފައިވާކަމެވެ.” ހަބީބު ވިދާޅުވިއެވެ. އެހެންކަމުން
އެންމެ ފަހުން ކުރެވުނު އޮޑިޓްގައި ސަލާމަތީ ގޮތުން ކަންކަންއެތައް ގުނައަކަށް ރަނގަޅުވެފައިވާ ކަމަށް ސިވިލްއޭވިއޭޝަން ޓީމުން ފާހަގަ ކުރެއްވިކަމަށްވެސް ހަބީބު ވިދާޅުވިއެވެ. އަދި މިހިނގާ 2024 ވަނައަހަރު ނިމުމުގެ ކުރިން ސަލާމަތީ ގޮތުން އެންމެ ފުރިހަމަ އެއާޕޯޓަކަށް ކާޑެއްދޫ ހެދުމަށް އަޒުމު ކަނޑައަޅާފައިވާ ކަމަށާއި މިހިންގާ ޓްރެއިނިންގ ތަކާއި އަދި ބަދަލުތަކަކީ އެކަމަށް ކޮށަމުންދާ މަގުތައްކަމަށްވެސް ހަބީބު ވިދާޅުވިއެވެ،
ޗީފް ގެސްޓް އަލީ ރިޝްވާން ވިދާޅުވީ އެއާޕޯޓުުގެ އެންމެ މުހިންމު އެއްބަޔަކީ ފަޔަރ އެންޑް ރެސްކިއު ޓީމްކަމަށައި މިއަދު މި ޓްރެއިނިންގ ނިންމާ ސެޓްފިކެޓް ލިބިލެއްވި ފަރާތްތަކުގެ އަރިހުން އެދެނީ ކޯހުގައި ލިބުނު ތަމްރީނާއި ތަޖުރިބާގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި ކާޑެއްދޫ އެއާޕޯޓަށް ޖައްސާ ފުލައިިޓުތަކާއި ފަސިންޖަރުންނަށް ބޭނުންވާ ރައްކާތެރިކަން ކަށަވަރުކޮށް ފަޔަރުގެ ހިދުމަތް އެންމެ ރަަގަޅަށް އެންމެ ފުރިހަމަށް ދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުން ވަަރަށް މުހިންމުކަމަށެވެ.

