މޯލްޑިވިއަންގެ ފްލައިޓްގެ އަގު ހެޔޮކުރުމަކީ ނިމިދިޔަ ސަރުކާރުންވީ އެންމެބޮޑު އެއްވައުދެވެ. ނަމަވެސް 5 އަހަރު ނިމިދިޔައިރު ވެސް އެކަމަށް ހައްލެއް ލިބިފަނުވެއެވެ. ރައްޔިތުންގެ ޝަކުވާތަކާއި އަޑުތަކާއި، އިހުތިޖާޖުތައް ގިނަވި އިރުވެސް ޓިކެޓްގެ އަގުވީ ބޮޑެވެ. ކުޑަނުވެ ދިޔައީ އަރައިގެންނެވެ.
ނަމަވެސް ކަމެއްކުރުމަށް މާތް މަގުސަދެއް އިހްތިޔާރު ކޮށްފި އެއްވެސް މީހަކަށް އެކަމެއް ނުވެ ނުދާނެ ކަން މިއަދު ހާމަވެއްޖެއެވެ. އެކަން މިއަދު އޮތީ ފެންނާށެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން އެކަން ކުރައްވައިފިއެވެ. މޯލްޑިވިއަންގެ ފްލައިގެ އަގު ކުޑަ ކޮށްފިއެވެ.
ނިމިދިޔަ ފަސް އަހަރުގެ ދައުރު ނިމިދިޔައީ ކުރެވުނު ވައުދާއި އަހުދުތައް ފަނުފުލަށްލާ ގައުމު ދަރުވާލާފައެވެ. މިއީ މިއަދު އެތަކެއް ރައްޔިތުންގެ ކަންބޮޑުވުމެކެވެ. އަދި އެތައް ބައެއް އެކަމާ ޝަކުވާ ކުރަމުންދާ ކަމެއްވެސް މެއެވެ. ކަންމިހެންއޮތްއިރު، ވައުދުތަކާއި އަހުދުތައް ނުފުއްދުމަކީ ބަލައިގަނެވޭނެ ކަމެއްނޫން ކަމަށްބުނެ އެ ވެރިކަން އަނބުރާ ދެވަނަ ފަހަރަށް އިޔާދަ ކުރާކަށްވެސް ދިވެހިން ބޭނުމެއް ނުވިއެވެ.
2023 ވަނަ އަހަރު ގެ ރިޔާސީ އިންތިހާބުގައި އެންމެ އަޑުހަރުކޮށް އިވުނު އަޑަކީ ކޮބާ ވައުދު، ވީ ވައުދު ނުފުއްދާ ވޯޓުން ކަމެއް ނިންމުމައްޓަކާއި ރައްޔިތުންގެ ކައިރިއަށް ނައުމަށެވެ. އެ އަޑުތައް މިއަދު ކެޑިއްޖެއެވެ. އިވެނީ އެހެންއަޑެކެވެ. އާއެކެވެ. ވައުދު ފުއްދައިފިއެވެ. ކިތައް ވައުދު ހެއްޔެވެ. ރައްޔިތުން ބުނި ހުރިހާ ވައުދެކެވެ. އޭގެ ތެރޭގައި ކުރީ ސަރުކާރުން ކޮށްފައިވާ ވައުދުތައްވެސް ހިމަނައިގެންނެވެ. އަދި ވެރިކަމަށްވީ އެންމެ 4 މަހެވެ. ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅު ވައުދުތައް ފުއްދުމަކީ ރައީސް މުއިއްޒުގެ މޮޓޯއެވެ.

ދިވެހިން މިއަދު ބުނަމުން ގެންދަނީ ޤައުމީ އެއާލައިންގެ ދަތުރުތަކުގެ އަގުތަކާއިއެކު، ހިނިތުންވުން ލިބިއްޖެކަމަށެވެ. ޖީބަށް ލުއި ކޮށް "ދިވެހިން އުދުއްސާލީ ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ.
ފްލައިޓްތަކުގެ އަގަށް ގެނެސްފައިވާ ބަދަލާއި ގުޅިގެން މޯލްޑިވިއަން ބުނީ ޓިކެޓްތަކަށް ހެޔޮބަދަލު ގެނައުމަކީ އަބަދުވެސް ބޭނުންވާ ކަމެއް ކަމަށާއި، ނަމަވެސް އެކަންނުވެ ދުވަސްތައް ދިގުލައިގެން ދިޔައީ ކަމަށެވެ. ރައްޔިތުންނަށް އަބަދުވެސް ހެޔޮގޮތް ހޯދުމަކީ މޯލްޑިވިއަން އިން ބޭނުންވާ ގޮތް ކަމުގައިވެސް ބުނެފައިވެއެވެ. އަދި މީގެ ކުރިއާއި އަޅާބަލާއިރު ބޮޑު ބަދަލެއް ފެނިގެންދާނެ ކަމަށާއި، ފެއާ އިން ފެށިގެން ވެސް ޓިކެޓް އަގުތަކަށް ދަތި ތަކެއް ނުހުންނާނެ ކަމަށްވެސް މޯލްޑިވިއަންއިން ބުނެއެވެ.

މޯލްޑިވިއަންގެ މި ނިންމުން ނިމްމާފައިވަނީ ދަންވަރު އޮންނަ ފްލައިޓްތަކުންނެވެ. މި ގޮޮތަށް ފަތިހާ ހަމަޔަށްވެސް ޓިކެޓްގެ އަގުހެޔޮކުރުމަށް ވަނީ ނިންމާފައެވެ. މީގެ ކުރިން ޓިކެޓް އަގުބޮޑުވުމުން ދަތުރުނުކުރެވިފައި ތިބި އެތައްބަޔަކަށް ދަތުރުކުރެވޭނެ ކަމުގެ ޔަގީންކަންވަނީ ލިބިފައެވެ. އައްޑޫއަށް މިހާރު ކުރާ ދަތުރުތަކުގެ އަގަކީ ކޮޅަކަށް 1687 ރުފިޔާއެވެ. ނަމަވެސް މިހާރު އައި ބަދަލާއިއެކު 1،222 ރުފިޔާ ވަނީ ކޮޅަކަށް ޖެހިފައެވެ.

މިއީ ރާއްޖޭގެ އެންމެ ދެކުނުގެ އަގެވެ. އަދި ކޫއްޑޫ އަށް 1574 ރފ މިހާރު ޓިކެޓްލިބޭއިރު، ފެއާގައި، 1،111 ލިބޭނެއެވެ. މިހާރު މިއީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ގެނެސްފައިވާ ބަދަލެވެ. އެހެންކަމުން އެތެރޭގެ އުދުހުންތަކާއި އެކު ދިވެހިން ވަނީ ހެއްވާލާފައެވެ. ފުވައްމުލަކު އެއްކޮޅު ޓިކެޓްގެ އަގަކީ 1،155 ކެވެ. ގދ. ކާޑެއްދޫ އަށް 1،333 ، ލ. ކައްދޫ އަށް 1،055 ނ. މާފަރަށް 999، އަދި ރ. އިފުރަށް 999 އެކެވެ.
ހެޔޮބަދަލަކަށް އެދިއެދި ތިއްބާ ބަދަލުވި އެތެރޭގެ އުދުހުމުގެ އަގުތަކަކުވެސް ފެނިގެންދިޔައީ އެހެންހަރުފަތަކުން ދިވެހިން އުދުއްސާލާ ފިޔަޖަހާލެވޭނެ ކަމުގެ ޔަގީންކަމެވެ.

