މާބަނޑު ދުވަސްވަރު މޭވާ ބޭނުން ކުރުމަކީ އަމިއްލަ ހަށިގަނޑަށާއި ބަނޑުގައިވާ ދަރިފުޅުގެ ސިއްޚަތަށް ގިނަގުނަ ފައިދާތަކެއް ލިބޭނެ ކަމެކެވެ.
އާފަލް:
އާފަލުގައި ގިނަ އަދަދަކަށް ކެލްސިއަމް ހިމޭނޭތީވެ، ބަނޑުގައިވާ ދަރިފުޅުގެ ކަށިތައް ދުޅަހެޔޮ ކޮށްދެއެވެ. އާފަލަކީ ފައިބާރ ހިމެނޭ މޭވާއެއްކަމުން ހަޖަމުކުރުމުގެ ނިޒާމް ރަގަނޅުވެ ފާހާނަކުރުމަށް ފަސޭހަވެއެވެ.
ދޮންކެޔޮ:
ދޮންކޭލަކީ ހަކަތަ އިތުރުކޮށްދޭ މޭވާއެކެވެ. ދޮންކެޔޮ ކެއުމުގެ ސަބަބުން މާބަނޑު ދުވަސްވަރު ދަގަނޑުގެ ބައި މަތިކޮށްދީ ހީމޯގްލޮބިން އެއްވަރެއްގައި ހިފަހައްޓައިދެއެވެ.
އެވަކާޑޯ:
އެވަކާޑޯ އަކީ ސިއްޚަތަށް ފައިދާ ހުރި ސަރުބީ އެކުލެވޭ މޭވާއެއްކަމުން މާބަނޑު ދުވަސްވަރު އެވަކާޑޯ ބޭނުން ކުރުމުގެ ސަބަބުން ހަށިގަނޑަށް ގެއްލުން ހުންނަ ސަރުބީގެ މިންވަރު ދަށްކޮށްލަދޭ ކަމަށް ދިރާސާތަކުން ދައްކައެވެ.
ސްޓޯބެރީ:
ސްޓޯބެރީ އަކީ ގިނަ އަދަދެއްގެ ނިއުޓްރިއެންޓްސް ހިމެނޭ މޭވާއެއް ކަމަށް ވާތީ މިއީވެސް މާބަނޑު ދުވަސްވަރު ބޭނުންކުރަން ވަރަށް ފައިދާ ހުރި މޭވައެކެވެ.
އަންނާރު:
އަންނާރުގައި ހިމެނޭ ފޮލިކްއެސިޑްގެ ސަބަބުން ބަނޑުގައިވާ ދަރިފުޅުގެ މައިބަދަޔަށް ގެއްލުން ލިބޭ ނިއުރަލްޓިއުބް ޑިފެކްޓް ތައް ހުއްޓުވޭނެ ކަމަށް ވެއެވެ، މިއީވެސް ގިނަ ފައިދާތަކެއް އެކުލެވޭ މޭވާއެކެވެ.

