މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ ޕްރޮޖެކްޓްގެ ދަށުން ބައިނަލްއަގުވާމީ ބަންކަރިން ފެސިލިޓީއެއް ގާއިމްކުރާ ހަބަރުވެގެން މިދިޔައީ ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ކުރިއެރުމާއި އެތަށް ވަޒީފާތަކެއް ހުޅުވިގެންދާނެ ކަމެއްގެ ގޮތުގައެވެ.
އިހަވަންދިއްޕޮޅުގައި ޤާއިމްކުރާ ބައިނަލްއަޤުވާމީ ބަންކަރިން ފެސިލިޓީ ހިންގުމުގެ އެކްސްކްލޫސިވިޓީ ސަރުކާރުން ހަވާލުކޮށްފައިވަނީ އެސްޓީއޯއާއެެވެ.
އަނެއްކޮޅުން މިމަސައްކަތް ކުރުމަށް ހަވާލުކުރި މަލްޓިނޭޝަނަލް އެނަރޖީ އެންޑް ކޮމިޑިޓީ ޓްރޭޑިން ކޮންޕެނީ ވިޓޯލަކީ ބަންކަރިންގެ ޚިދުމަތް ދިނުމުގައި ދުނިޔޭގެ ނަން މަޝްހޫރު ގްލޯބަލް ބްރޭންޑެކެވެ. އަދި ވިޓޯލްގެ ބަންކަރިން ހަބްތައް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކޮށްފައިވެއެވެ. އެގޮތުން ސިންގަޕޫރާއި އެމެރިކާއާއި ޔޫއޭއީއާއި ތުރުކީ ފަދަ ޤައުމުތައް ހިމެނެއެވެ.

ޢިންޓާނޭޝަނަލް ބަންކަރިންގެ ޙިދުމަތް އެއްބަސްވުމުގެ ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ޕީއެސްއެމް
2023 ވަނަ އަހަރު ދުނިޔޭގައި ބަންކަރިންގެ މާކެޓުގައި ސަޕްލައިގެ 6 އިންސައްތައަކީ ވިޓޯލްގެ ފެސިލިޓީތަކުން ޑެލިވަރީތަކެވެ. އެއީ ގާތްގަނޑަކަށް ދުނިޔޭގައި ޢާންމުކޮށް ސަޕްލައިކުރާ 230 މިލިޔަން ޓަނުގެ ތެރެއިން 13 މިލިޔަން ޓަނުގެ ތެލެވެ.
ބަންކަރިން ޕްރޮޖެކްޓާއެކު އިޤުތިޞާދީ އެތައް ފައިދާތަކެއް ރާއްޖެއަށް ކުރާނެ ކަމަށާއި، އެގޮތުން ސަރުކާރަށް ލިބޭ ޓެކްސް އާމްދަނީގެ އިތުރުން ކުންފުނީގެ އާމްދަނީ ވެސް އިތުރުވެ ސްޓޭކް ހޯލްޑަރުންނަށް ބޮޑެތި ފައިދާތަކެއްކުރާނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ޝިމާދް ވިދާޅުވިއެވެ.
އިންޓަނޭޝަނަލް ބަންކަރިން ޕްރޮޖެކްޓުގެ ދަށުން ބަންކަރިންގ ޚިދުމަތް ދިނުމަށް ބޭނުންވާ ތެޔޮ އިހަންވަދިއްފޮޅުގައި އޮންނަ ބާރޖަށް ވިޓޯލްއިން ސަޕްލައި ކޮށްދޭނެއެވެ. މީގެ ތެރޭގައި ބޯޓުތަކަށް ބޭނުންވާ ހެވީ ފިއުލް އޮއިލް، މެރިން ގޭސް އޮއިލް ހިމެނެއެވެ.
އަދި ޑިމާންޑް އޮތްނަމަ، ކުރިއަށް އޮތްތާނގައި އެލް.އެން.ޖީ. އަދި ބަޔޯ ފިއުލް ވިއްކުމުގެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. މީގެ އިތުރުން ވިޓޯލްގެ ނެޓްވޯކްގެ ތެރެއިން ބައިނަލްއަގުވާމީ ބަންކަރިން ހަބެއްގެ ގޮތުގައި ދިވެހި ރާއްޖެ އިޝްތިހާރު ކުރާނެއެވެ.

