ދަތުރުވެރިންގެ މާރުކޭޓްގެ އަގުތަކަށް ބަލާއިރު، އަދިވެސް މިރުހުގެ އަގަކަށް ބަދަލު އައިސްފައިނުވާއިރު، ރާއްޖެ މިރުސް ލިބުން ދަތިވެއްޖެއެވެ.
ބާޒާރުގައި ހުރި ތަކެއްޗަކަށް ބަލާއިރު، އެންމެ އަގު ބޮޑު ބާވަތަކީ މިރުހެއެވެ. މިރުހުގެ އަގު އުފުލެމުންދަނީ މިރުސް ލިބޭގޮތް ދަތިވުމާއި ގުޅިގެންނެވެ. މިރުސް އާންމު ގޮތެއްގައި މާލެއަށް ގެނެސްފައިވަނި ކަނޑުދޫއިންނެވެ. އަދި އިންޑިއާ އާއި، ޔުގަންޑާ މިރުސްވެސް ބާޒާރުން ލިބެން ހުއްޓެވެ. މިރުހުގެ އަގަކީ އަދިވެސް 780 އާއި، 750 ދެމެދުގެ އަގަކެވެ.
ޔުގަންޑާ މިރުސް ލިބެންހުރީ 300 އަށެވެ. މީގެ އިތުރުން ކުރުނބާގެ އަގުވެސް ދަނީ އުފުލެމުންނެވެ.
އެގޮތުން ކުރުނބާ އާންމުގޮތެއްގައި މާލެ ގެނެސްފައިވަނީ ހުވަދުއަތޮޅުންނެވެ. ކުރުނބާ ވިއްކާ ފަރާތެއްބުނީ ކުރުނބާގެ އަގު ކުރިއަށް އޮތްތާގައި ބޮޑުވާނެ ކަމަށެވެ. އެގޮތުން ކުރުނބާއެއް މިހާރުވެސް ލިބެންހުރީ 40، 50، 60 ރފ އަށެވެ. ކުރުނބާ ފުޅިއެއް ވިއްކަންހުރީ 150، އާއި، 140 ދެމެދުގެ އަގެއްގައި ކަމަށްވެސް ބުނެފައި ވެއެވެ.
މިއަދު ބާޒާރުމަތީގެ ގިނަ ބާވަތްތަކުގެ އަގުތަކަށްބަލާއިރު، ތަކެތީގެ އަގުތައް ހުރީ ރޯދަމަހުގެ ފުރަތަމަ ދުވަހާއި ދާދި އެއްވަރެއްގައެވެ.
އެގޮތުން ކަރާ 18
ފިޔާ 25،
ލުބޯ 60
ދިވެހި އަނބު 120
ބަޓާނާ 35ކ
ފެށަންފުރުޓް 140
ދޮންކެޔޮ 45 އަދި 60 އާއި ދެމެދު
ކާށި، 10،15،20
ހިކަދިފަތް ބޮޑި، 10
ރާންބާފަތް، 5
ކިއުކަމްބާ، 60
ގަބުޅި20، ، 15، 10، 25
ބޭރު އަނބު، 120
ކައްޓަލަ، 60، 40
ލޮނުމެދު، 50
އޮޅުއަލަ، 50 އަށެވެ.
މަސްމާރުކޭޓްގެ އަގުތައް:
ބޯވަ، 100
ފަރު ތޮޅި ،200
ރަތްމަސް،300
ރަތްމަސް (ކުޑަ) 100، 150
ހަނދި 150
ރެހި 20
ކަނޅުބިލަމަސް 30،40
މަހުގެ އަގު ތަކަށް ބަލާއިރު، މިއަދު މަސްމާރުކޭޓުން ލިބުން ދަތިބާވަތަކީ ރެއްސެވެ. އެގޮތުން ރަމަޝާން މަހުގެ ކުރިއަށް އޮތްތާގައި، ރެހީ ގެ އަގަށް ބަދަލު އައިސްދާނެ ކަމަށް ބެލެވެއެވެ.

