ވަރަށް ގިނަ ފަހަރު ތެލިތަކާއި ތަވާތައް ކަޅުވެ ހަޑިވީމަ ސާފުކުރުން އުނދަގޫކަމަކަށް ވާތީވެ، އެތަކެތި އުކާލުމަށްފަހު ބޮޑު އަގުދީގެން ހަމަ އެސައިޒުގެ ތެލިތަކާއި ތަވާތައް ގަންނަން ޖެހެއެވެ. ބައެއް ފަހަރު ވަރަށް އާ ތެއްޔެއް ވެސް ކެއްކުމުގެ ތެރޭގައި ހަޑިވެދާނެއެވެ. އަދި އެހެން ގޮތެއް ނެތުމުން ޖެހޭނީ އާ ތެއްޔެއް ގަންނާށެވެ. މިކަމަށް ހައްލެއް ލިބޭތޯޯ ބަލާލަމާ ހިނގާށެވެ.
އަސްތާ މިއޮތީ ފައްކާ، ނިކަން ފެންވަރު ރަނގަޅު އީޖާދެއް ހޯދިފައެވެ. އާންމުކޮށް ގިނަގޭގޭގެ ބަދިގެ ތަކުގައި ބިސް ބޭނުން ކުރާނެއެވެ. އަމުދުން މި ރޯދަމަހު އެކި ކާތަކެތި ތައްޔާރުކުރުމަށް ބައިވަރު ބިސް ގެންގުޅޭނެއެވެ. އަދި ބިހުގެ ތޮށްޓަކީ ހަމަ ޔަގީނުންވެސް އުކާލާ ކުންޏެވެ. އެކަމަކު މީގެ ފަހުން ބިހުގެ ބައިތައް ކާން ބޭނުން ކުރުމަށްފަހު ނަމަ ނަމަ ބިސްތޮށި އުކާނުލާށެވެ.
އާއެކެވެ. މި އާ އީޖާދު ހޯދުނީ ބިސްތޮށި ބޭނުން ކޮށްގެން ގޭގެ ބަދިގޭގައި ހަޑިވެފައި ހުރި ތަވާ ތަކާއި ތެލިތައް އާކުރުމަށް އާ އެއްޗެއް ގަތުމުގެ ބަދަލުގައި ބިސްތޮށީގެ މިއާ އީޖާދު އަޖުމަ ބަލައިލުން ކިހިނެއް ވާނެތޯއެވެ.
- އަވަހަށް ތައްޔާރު ކޮށްލަން ހިނގާށެވެ.
- ބިސްތޮށިތައް މިކްސްޗަރަށް އަޅާށެވެ. 8 އެއް ނުވަތަ 9 ވަރަކަށް ބިހުގެ ތޮށްޓަށް 4 ނުވަތަ 5 ޖޯޑު ހޫނު ފެން އެޅުމަށްފަހު ރަނގަޅަށް މިކްސްޗަރުގައި ބިސްތޮށްޓާއި ފެން އެކުވެ، ރަނގަޅަށް ހިމުން ވަންދެން މިކްސްޗަރު ޖައްސައިގެން އެއް ކުރާށެވެ.
- ގާނާފައި ހުރި ސައިބޯނި އެއްކޮށްލާށެވެ.
- ރަނގަޅަށް މިކްސްޗަރުން އެއްކޮށްލުމަށްފަހު ބޮޑު ސަމުސަލެއްގެ ހަކުރު އަޅާށެވެ.
- ދެ ސައިސަމުސާ ބޭކިން ސޮޑާ އަޅާށެވެ.
- ރަނގަޅަށް މިކްސްޗަރުން އެއްކުރުމަށްފަހު ހުރިހާ ބައެއް އެއްވެ ހިމުންވެ ރަނގަޅަށް އެކުވުމުން ތަށްޓަކަށް ނޫނީ ތަށިތަށްޓަށް އަޅާށެވެ.
- ބޭނުން ނޫނިއްޔާ ފްރިޖު ނުކޮށް ފިނިވަން ދެން ވެސް ބެހެއްޓިދާނެއެވެ. ފްރިޖު ކުރުމުން އަވަހަށް ބޭނުން ކޮށްލެވޭނެއެވެ.
މަތިޖެހުމަށްފަހު ބިސްސައިބޯނިތަށި ފްރިޖުގައި 45 ވަރަކަށް މިނިޓް ބެހެއްޓުމަށްފަހު ނަގާށެވެ. އަދި ތެލިތަކާއި އުނދުން މަތީގައިވެސް އޮލަވެފައި ހުންނަ ދެލިތަކާއި ހަޑިވެފައި ހުންނަ ދަބަރުދެލިތައް ސާފުކޮށްލަން އަވަހަށް މި ބިސްތޮށިސައިބޯނިން އަޖުމަ ބަލާލަމާ ހިނގާށެވެ.
ތެލިތަކާއި އެލުމީނިއަމް އެއްޗެހިން ދަޅައަޅާ ވަރަށް ސާފު ކުރެވޭނެއެވެ.
މިއީ ހަރަދު ކުޑަ އަދި މޮޅު އީޖާދެކެވެ.

