މޯލްޑިވިއަން އިން އެތެރޭގެ ހުރިހާ ރޫޓަކަށް ޕްރޮމޯޝަނަލް އަގުތައް ތައާރަފް ކޮށްފިއެވެ.
މިކަން ހާމަ ކޮށްފައި ވަނީ މޯލްޑިވިއަން އިން ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނުގައި ބުނެފައިވާގޮތުގައި މި މާރިޗު މަހުގެ 17 ވަނަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ރޫޓެއްގައި ޕްރޮމޯޝަނަލް އަގުތަައް ތައާރަފް ކުރަން ފެށުމަކީ މޯލްޑިވިއަނަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމުގައެވެ.
މި އެކްސްކްލޫސިވް އަގުތަކުގެ ސަބަބުން ފަސިންޖަރުންނަށް އަތޮޅުތެރޭގައި ދަތުރުކުރުމުގައި ތަފާތު އަގުތަކާއެކު ލުއި ފަސޭހަތަކެއް ލިބިގެންދާނެކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.
"އަޅުގަނޑުމެންގެ ވެބްސައިޓް www.maldivian.aero އަދި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ގަންނަން ލިބެން ހުންނާނެ، ކަސްޓަމަރުންނަށް ފަސޭހަ ކަމާއެކު ބުކިންގ ހެދޭނެ،" މޯލްޑިވިއަންގެ ބަޔާނުގައި ބުނެފައިވެއެވެ،
މި ޕްރޮމޯޝަންގެ އަގަށް އަމަލުކުރާނީ ތިރީގައި މިވާ ޝެޑިއުލްއާ އެއްގޮތަށެވެ.

މޯލްޑިވިއަން- އަތޮޅުތެރޭގެ އުދުހުންތަކުގެ ޕްރޮމޯޝަނަލް ދަތުރުތަކުގެ ޝެޑިއުލް
ދަރަވަންދޫ އާއި މަޑިވަރުގެ ޕްރޮމޯޝަނަލް އަގުތަކުގައި މިހާރުވެސް ޓިކެޓް ލިބެން ހުންނާނެ ކަމުގައި މޯލްޑިވިއަނުން ވަނީ ބުނެފައެވެ. މޯލްޑިވިއަނުން ވަނީ މި ޕްރޮމޯޝަނަލް އަގުތަކުގައި ދަތުރުވެރިން ބޭނުންވާ ދަތުރުތައް ކަށަވަރު ކުރުމަށް އަވަހަށް ބުކިންގ ހެދުމަށް އިލްތިމާސްކޮށްފައެވެ. ރާއްޖޭގެ ސޯޅަ މަންޒިލަކަށް ހިދުމަތް ދެމުން އަންނަ މޯލްޑިވިއަން އިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ރައްކާތެރި އަދި އިތުބާރު ހިފޭ ހިދުމަތް ފޯރުކޮށް ދިނުން ކަމަށް އެ އެއާލައިން އިން ވަނީ ބުނެފައެވެ.
(ނޯޓް: ބައެއް ފަރާތްތަކުން ސޯޝަލްމީޑިޔާގައި މޯލްޑިވިއަންއިން އަގުހެޔޮކޮށްފައި ވަނީ ހަމައެކަނި ދަންވަރު ފްލައިޓްތަކަށްކަމަށް ބުނެ ނުރުހުން ފާޅުކޮށްފައިވާކަން ފާހަގަކޮށްލުމާއެކު މަތީގައި އެވާ ތާވަލުން އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކައެއްކަން ހާމަވެގެންދާކަން ފާހަގަކޮށްލަމެވެ.)

