މިއީ އާންމުކޮށް ރޯދަ މަހު ވަރަށް ގިނަ ފަރާތްތަކަށް ދިމާވާ މައްސަަލައެކެވެ. ބަނޑުހަރުވުމާއި ބޮޑުކަމު ދިއުމަށް ދަތިވެ އުނދަގޫވުމަކީ ވަރަށް އާންމު މައްސަލައެކެވެ. އަދި މިއީ އިންތިހާއަށް ވޭން ހުރި ކަމެއްމެއެވެ. ހިތްހަމަނުޖެހުމާއި އަރާމެއްނެތި މީހާ ނަފުސާނީގޮތުންވެސް ބަލިވާ ކަމެއްވެސް މެއެވެ.
އެހެންކަމުން މި މައްސަލައަށް ހައްލެއް ލިބޭތޯ ކޮންމެ ފަރާތަކުންވެސް މަސައްކަތް ކުރާނެ ކަން ޔަގީނެވެ، ބަނޑު ހަރުވުމާއި ކޮންސްޓިޕޭޝަން ނުވަތަ ބޮޑުކަމު ދިއުމަށް ދަތިވާނަމަ ބޭނުންކޮށްލާނެ ރަނގަޅު ބުއިމެއް ހިމަނާލާނަމެވެ.
މިއަށް ބޭނުންވާ ތަކެތީގެ ތެރޭގައި ހިމެނެނީ ފްލެކްސް ސީޑް، ލޮނާއި ހަކުރުކޮޅަކާއި ލުނބޯހުތާއި ހޫނުފެނެވެ.
ފްލެކްސީޑަކީ ކޮން އެއްޗެއްތޯ ބަލާލަމާތޯއެވެ. މިއީ ބޮޑުކަމުދިއުމަށް އުނދަގޫވުމާއި ބަނޑުހަރުވުމުން ދުރުކޮށް ހަމަޖެހިގެން ބަނޑުސާފުކޮށްލުމަށް އެންމެ ރަނގަޅު އެއް އެހީތެރިޔާއެވެ.
ފްލެކްސް (ލިނަމް އުސިޓަޓިސިމަމް) އަކީ ކާނާގެ ތެރެއިން ފައިބަރުނެ މުއްސަނދި ބާވަތެކެވެ. ފްލެކްސްސީޑްސް ގައި އަލްފާ-ލިނޮލެނިކް އެސިޑް ހިމެނޭ އިރު ޑައިޓްރީ ފައިބާ އާއި އޮމެގާ-3 ފެޓީ އެސިޑް ނުހަނު ރަނގަޅު މިންވަރަކަށް މީގައި ހިމެނެއެވެ، ފްލެކްސްސީޑްގައި ލިގްނަންސް ނަމަކަށް ކިޔާ ފައިޓޯއެސްޓްރޯޖަންސް ވެސް އެކުލެވިގެންވެއެވެ.
ފްލެކްސްސީޑްގައި ހުންނަ ފައިބަރު ހުންނަނީ ސީޑް ކޯޓްގަ އެވެ.
ފްލެކްސްސީޑް އިން ޕްރޮޓީން، ފައިބާ އަދި އޮމެގާ-3 ފެޓީ އެސިޑް ފޯރުކޮށްދެއެވެ. މި ކެންސަރުޖެހުމުގެ ފުރުސަތު ކުޑަކޮށްދީ، ބަރުދަން މެދުމިނުގައި ހިފެހެއްޓުމަށް އެހީތެރިވެދީ، ކޮލެސްޓްރޯލް އާއި ލޭގެ ޕްރެޝަރު ދަށްކޮށްދެއެވެ.
ފްލެކްސް ސީޑަކީ ހަށިގަނޑުން ވިހަ މާއްދާތައް ނައްތާލުމަށާއި ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދީ ލޭގައި ހުންނަ ފެޓާއި ހަކުރުގެ މިންވަރު ދަށްކޮށްދޭ ބާވަތެކެވެ. ފްލެކްސް ސީޑް ކޯލޮން (ގޮހޮރުގެ ފަހުބައި) ސާފުކޮށްލަދޭނެއެވެ.
ދެން އިތުރަށް ބޭނުން މިކުރަނީ ކުޑަލޮނު ކޮޅަކާއި ކުޑަ ހަކުރުކޮޅަކާއި ލުނބޮއެއްގެ ހުތެވެ.

ފްލެކްސް ސީޑް ކޯލޮން (ގޮހޮރުގެ ފަހުބައި) ސާފުކޮށްލަދޭނެ
-
1 ތަށި ހޫނުފެނަށް 1/2 ސަމުސަލުގެ ލޮނާއި 1/2 ސަމުސަލުގެ ހަކުުރު އަޅާށެވެ. އަދި ލުނބޮއެއްގެ ދިޔަ ފެލާގައި ލުނބޯ ހުތް އެއަށް އަޅާށެވެ. އަދި އެއަށް 2 ސަމުސާ ފްލެކްސީޑް އަޅާށެވެ.
-
ރަނގަޅަށް އެއްކުރުމަށްފަހު ބޯލާށެވެ.
- އަދި އެހެން ގޮތަކަށް ވެސް މިފްލެކްސީޑްގެ ބުއިމެއް ތައްޔާރު ކުރެވިދާނެއެވެ.
- 10 ގްރާމާއި 15 ގްރާމާ ދެމެދުގެ ފްލެކްސީޑް. 150 އެމްއެލްގެ ފެނަށް، ނޫނީ ކިރަށް ނުވަތަ މޭވާ ޖޫހަކަަށް ވިޔަަސް އަޅާށެވެ. ކޮންމެ ދުވަހަކު 3 އިރަށް ކެއުމުގެ ބައިގަޑިއިރު ކުރިން ބޭނުންކުރާށެވެ.
މިއީ ގޮހޮރުގެ ފަހަތު ބައި ކޯލޮން ސާފުކޮށް ބަނޑުތެރެ ސާފުކޮށްލުމަށް ނުހަނު ޔަގީން މުޖައްރިބު ފަރުވާއެެކެވެ. އަދި ހަމައެެންމެ މުހިންމު އެއްކަމަކަމަކަށް އަބަދުވެސް ދިޔާތަކެއްޗާއި ފެން ހަށިގަނޑަށް ބޭނުންވާ ވަރަށް ބުއިމަށް ސަމާލުކަންދޭން ވާނެއެވެ.

