ބޭނުންވާ ތަކެތި
- 2 ދަޅު ފެލިވަރު މަސް
- 3 ފިޔާ ތުނިކޮށް ވަށް ފޮތިކޮށް ކޮށާފައި
- 8 ތޮޅި މިރުސް، ކުދިކޮށް ކޮށާފައި (ގިތެޔޮ މިރުސްވެސް ބޭނުން ކުރެވިދާނެ އެކަމަކު ގިތެޔޮ މިރުސްނަމަ 6 މިރުހުގެ ބަދަލުގައި ދެމިރުސް ރަނގަޅު)
- 6 އަލުވި، (ތޮށި މަށައި ތުނިކޮށް ވަށްފޮތިކޮށް ކޮށާފައި)
- 6 ބިސް ( 1/3ސަމުސާ ހިމުންކޮަށްފައި ހުރިއަސޭމިރުސް (ޕެޕަރ)، ރަހަލާ ވަރަށް ލޮނުކޮޅެއް، ކޮށާފައި ހުރި މިރުސް ވެސް އަޅައި، ރަނގަޅަށް އެއްކޮށްލާށެވެ)
- ގާނާފައި ހުރި ވައިޓް ޗީޒް ކޮޅެއް ބައި ޖޯޑު
ތައްޔާރުކުރާނެ ގޮތް
އަވަނުގައި ނަމަ ޓްރޭ، އުނދުނުގައި ނަމަ ބޮޑު ތަވައެއް ނޫނީ މެދުމިނެއްގެ ތަތްނުލަވާ ތެއްޔެއްގައި ތެޔޮފޮދެއް ހޭކުމަށްފަހު، (ބޭނުންނަމަ ކުކިންގ ނުވަތަ ބޭކިންގ ޕޭޕަރެއް އަޅާށެވެ.)
ފޮތިކޮށް ކޮށާފައި ހުރި އަލުވި ފޮތިތައް، ތަވާ ފޮރުވެންދެން ރީތިކޮށް އަތުރާލާށެވެ. ދެން އޭގެ މައްޗަށް އެއް ލޭޔަރަށް ވާނެހެން މަސްކޮޅެއް އަޅާ ފަތުރައިލުމަށްފަހު އޭގެ މައްޗަށް ސައިސަމުލައްގެ 3 ސަމުސާ ގިރާފައިހުރި ބިސް އަޅާށެވެ. އަނެއްކާވެސް އެއް ލޭޔަރަކަށް ވާނެހެން އަލުވިފޮތިތައް އަތުރާލާށެވެ. އަނެއްކާވެސް މަސް، އަދި މަހުގެ މައްޗަށް ދެތިން ސަމުސަލުން ގިރާފައި ހުރި ބިސް އަޅާށެވެ،
މިގޮތަށް ފަސް ވަރަކަށް ލޭޔަރަށް ނުވަތަ އެއަށްވުރެ ގިނައިން ނުވަތަ މަދުން ވިޔަސް ފަތުރާލުމަށްފަހު އެންމެ ފަހު ލޭޔަރަކަށް ވާން ޖެހޭނީ އަލުވީގެ ލޭޔަރެވެ. އެއަށްފަހު ބާކީ ހުރި ބިސް ލޭޔަރގެ މައްޗަށް އަޅާށެވެ. ފަސްވަރަކަށް މިނެޓަށްފަހު ގާނާފައި ހުރި ވައިޓްޗީޒްކޮޅު އޭގެ މައްޗަށް ވިއްސާލާށެވެ.
އަދި މަތި ޖެހުމަށްފަހު މަޑު ގިނީގައި ފިހެން އުނދާށެވެ.
އަވަން ނަމަ އަވަނަށް ލައި ފިހެލާށެވެ.
ފިހެވުމުން ބޮޑު ތަށްޓަކަށް ނޫނީ ޕައި ނަގާލާށެވެ.
މިއީ އަވަހަށް ފަސޭހަކަމާއެކު ތައްުޔާރުކޮށްލެވޭނެ މީރު ކެއުމެކެވެ.
މައްޗަށް ގާނިޝްކޮށްލުމަށް ޕާސްލީ، ނޫނީ ފުނޑުކޮށްފައި ހުރި ބަދަނެއް، ކަހަލަ ކޮންމެވެސް އެއްޗެއް ބޭނުންކޮށްލާށެވެ.

