ބޭނުންވާ ތަކެތި
- 110 ގްރާމް ގްލޫޓިނަސް ހަނޑޫ ފުށް (ސްޓިކީ ރައިސް ފުށް/ ސްވީޓް ރައިސް ފުށް ވެސް ކިޔާއުޅޭ)
- 30 ގްރާމް ކޯންސްޓާޗް
- 30 ގްރާމް ގްރެނިއުލޭޓެޑް ހަކުރު(ވައިޓް ޝުގަރ)
- 170 އެމްއެލް ރޯ ކިރު
- 20 ގްރާމް އަންސޯލްޓެޑް ބަޓަރު
- ރަތް ކުލަ ކޮޅެއް، (ދެ އިނގިލިން ނެގޭވަރުގެ ކުޑަކުޑައެތިކޮޅެއް)

ފޮޓޯ: ޝަފާ/ހުވަދޫމީޑިޔާ
ފިލިންގްސް އަށް
- ވިޕްޑް ކްރީމް
- 260 ގްރާމް ހެވީ ކްރީމް
- 50 ގްރާމް ކްރީމް ޗީޒް
- 30 ގްރާމް ގްރެނިއުލޭޓެޑް ހަކުރު (ވައިޓް ޝުގާރ)
- ސްޓްރޯބެރީ ސޯސް
- 300 ގްރާމް ތާޒާ ސްޓްރޯބެރީ ކޮށާފައި
- 50 ގްރާމް ހަކުރު
- 1 މޭޒުމަތީ ސަމުސާ ލުނބޯ ޖޫސް

ފޮޓޯ: ޝަފާ/ހުވަދޫމީޑިޔާ
ގްރާމް ގްލޫޓިނަސް ހަނޑޫ ފުށް، ކޯންސްޓާޗް، ހަކުރު، ރޯ ކިރު، ތަށްޓަކަށް އަޅާށެވެ. ރަތް ކުލަކޮޅު އަޅައި ރަނގަޅަށް ގިރައި އެއްކޮށްލާށެވެ. ރަނގަޅަށް އެއްވުމުން ތަވައަކަށް އަޅައި މަޑުމަޑު ގިނީގައި މަޑުމަޑުން ދޭފަތަކުން ހަލުވައި އެއްކުރަމުންދާށެވެ. ރަނގަޅަށް އޮލަވާން ފެށުމުން ބަޓަރކޮޅު އަޅާށެވެ. އަދި އެއްކުރަމުން ގޮސް ފުށްގަނޑެއް މޮޑެވޭހެން ވުމުން ނަގައި މޭޒުމަތީގައި ނޫނީ ޓްރޭގައި ރަނގަޅަށް ހެޔޮވަރުވަރަކަށް މޮޑެވެންދެން ފުށްގަނޑެއްމޮޑޭ ގޮތަށް މޮޑެލާށެވެ. އަދި ދެން ދިގަށް ވާގޮތަށް ފޯއްޔެއް ގޮތަށް ފުށްގަނޑު ދަމާލުމަށްފަހު އެއްވަރު އެއްވަރުކޮށް ގުޅަގުޅައަށް ކަފާލާށެވެ. އަދި ގުޅަ އޮމާންކޮށްލައި ރޮށިދަމާހެން އެކަމަކު ވަރަށް ކުޑަކުޑަކޮށް ދަމާލާށެވެ.
ރަނގަޅަށް މަޑުކޮށްފައިވާ ކްރީމް ޗީޒް އާއި ހަކުރު ތަށްޓަކަށް އަޅައި އެއްކޮށްލުމަށްފަހު، ހެވީ ކްރީމް އެޅުމަށްފަހު ހޭންޑް މިކްސަރެއް ބޭނުންކޮށްގެން އެއްކޮށްލާށެވެ. ޕައިޕިން ކޮތަޅަކަށް އަޅާލާށެވެ.

ފޮޓޯ: ޝަފާ/ހުވަދޫމީޑިޔާ
މޯޗީ ބޯލްސް ކުޑަކޮށް ރޮށިދަމާހެން ދަމާލުމަށްފަހު ވަށް ތަށްޓެއް ނޫނީ މޯލްޑެއް މަތީ ބާއްވާށެވެ. އަދި ވިޕްޑް ކްރީމްގައި ޕައިޕުން ކްރީމް ފިލް ކުރުމަށްފަހު އޭގެ މެދުގައި ސްޓްރޯބެރީ ސޯސްއަޅާށެެވެ. އަދި އަނެއްކާވެސް އިތުރު ވިޕްޑް ކްރީމު ލޭޔަރަކުން ކަވަރުކޮށް، ހަތަރުފަރާތުން މޯޗީ ފުށްގަނޑު ގެނެސް ގުޅައެއްހެން ތަތްކޮށްލާށެވެ.
މޯޗީ ތައް ޓްރޭއެއްގައި އަތުރާލުމަށްފަހު މައްޗަށް ސްޓްރޯބެރީ އައިސިންޝުގަރ ވިއްސާލާށެވެ.
މިހާރު ތިހިރީ ސްޓްރޯބެރީ މޯޗީ ތައްޔާރުކުރެވިފައެވެ. އަޅެ މީރެއް ނޫންހެއްޔެވެ؟

