މަލާއީ ޗިކެން އަށް ބޭނުންވާ ތަކެތި
- 2 ސަމުސާ ތެޔޮ
- 1 ސައިސަމުސަލުގެ ޗޮޕްކޮށްފައި ހުރި ލޮނުމެދު
- 200 ގްރާމް ބޯންލެސް ކުކުޅު (ބޭނުމިއްުޔާ ކުކުޅުގެ ބަދަލުގައި މަސް، ނުވަތަ ބީފް ވެސް ބޭނުންކުރެވިދާނެ،)
- 1/2 ސަމުސާ ލޮނު
- 1/2 ސަމުސާ މުގުރިމިރުސް
- 1/2 ސަމުސާ ދިރި
- 1/3 ޖޯޑު ފެން
- 2 ފިޔާ (ބޮޑު)
- 2 ކެޕްސިކަމް
- 1 ޓޮމާޓޯ ދިގަށް ތުނިކޮށް ކޮށާފައި
- 1 ސަމުސާ ސޯޔާސޯސް
- 2 ސްލައިސް މޮޒެރެއްލާ ނެތިއްޔާ އެހެން ކަހަލަ ޗީޒެއް
- 3 ބިސް
- 10 ފޮތި ޕާން
މަލާއީ ޗިކެން ތައްޔާރުކުރާނެ ގޮތް:
2 ސަމުސާ ތެޔޮ ތަވައަށް އަޅައި 1 ސައިސަމުސަލުގެ ޗޮޕްކޮށްފައި ހުރި ލޮނުމެދު ރަނގަޅަށް ރަތްވަންދެން ތެލުލެވުމުން 200 ގްރާމް ބޯންލެސް ކުކުޅު އަޅާށެވެ. ރަނގަޅަށް ރޯ ފިލުވުމަށްފަހު 1/2 ސަމުސާ ލޮނާއި، 1/2 ސަމުސާ މުގުރިމިރުސް، 1/2 ސަމުސާ ދިރި(ޕައުޑަރކިއުމިން) އެޅުމަށްފަހު ރަނގަޅަށް އެއްކުރަމުން 1/3 ޖޯޑު ފެން އަޅައި، މަތި ޖެހުމަށްފަހު އުނދުނުގެ ގިނި މަޑުކޮށްލާށެވެ. އަދި ދިހަ މިނެޓް ފަހުން ރަނގަޅަށް ފެންފޮދު ހިނދި ކުކުޅުކޮޅު އެންމެ ހެޔޮވަރަށް ރޯފިލުމުން
ދިގަށް ކޮށާފައި ހުރި ފިޔާ، ކެޕްސިކަމް އަޅައި ރަނގަޅަށް އެއްކޮށް ފިޔާކޮޅު ރަނަގަޅަށް ރަތްވުމުން ޓޮމާޓޯކޮޅު އަޅައި ސޯޔާސޯސް އަޅާށެވެ. އަދިދެން ޗީޒް ފޮޮތި އަޅާށެވެ. އަދި ހުރިހާ އެއްޗެއް ރަނގަޅަށް އެއްކުރާށެވެ.. އެއަށްފަހު މަތި ބަންދުކޮށް، ޗީޒްފޮތި ވިރިގެން އެކުވަންދެން މަޑުގިނީގައި ބަހައްޓާށެވެ، އެއަށްފަހު އުނދުން ނިވާލާށެވެ،

ފޮޓޯ: ޝަފާ/ހުވަދޫމީޑިޔާ
ބްރެޑް ޕޮކެޓް ތައްޔާރުކުރާނެ ގޮތް
ޕާން ފޮތިތައް ހަތަރު ފަރާތުން ކަފާލުމަށްފަހު، ދެ ފޮތިން ދެފޮތިން މިގޮތަށް ކަފާށެވެ.
އަދި ރޮށިދަމާ ގޮތަށް ޕާންފޮތި ދެފޮތި އެއްކޮށްލުމަށްފަހު ތުނިކޮށް ދަމާލާށެވެ،
އަދި ޕާންފޮތީގެ މެދުން ވަށްކޮށް، ފެންބޯ ތަށްޓަކުން ނޫނީ އެހެން ގޮތަކަށްވިޔަސް ވަށްކޮށް ކަފާލާށެވެ.
ހަތަރު ފަސް ފޮތި މިގޮތަށް ވަށްކޮށް ކަފާލުމަށްފަހު، ތަށްޓަކަށް ބިސްއަޅާށެވެ. ބިސް ރަނގަޅށް ގިރާލާށެވެ.
އަދި ޕާންފޮތިތަކުން އެއްފޮތި ރަނގަޅަށް ބިހުގެ ތެރެއަށް ލައި ތެންމާލުމަށްފަހު ނަގައި، ޕާންކުނޑީގެ ތެރެއަށް ލައި، ރަނގަޅަށް ޕާންކުނޑި ހާކާށެވެ.
ހުރިހާ ޕާންފޮތިތައް މިގޮތަށް ތައްޔާރުކުރުމަށްފަހު ތެލުލާށެވެ،
ރަންކުލައަަންދެން ތެލުލުމަށްފަހު ތެލުން ނަގައި ކަރުދާސް މަތީގައި ބަހައްޓާށެވެ،

ފޮޓޯ: ޝަފާ/ހުވަދޫމީޑިޔާ
ސޯސް ތައްޔާރުކުރާނެ ގޮތް:
- 4 ސަމުސާ މެޔޮނައިޒް
- 1/2 ސަމުސާ ލޮނު
- 1/2 ސަމުސާ ޕައުޑަރ އަސޭމިރުސް
- 2 ސަމުސާ ޓޮމާޓޯ ކެޗްއަޕް
- 1 ސަމުސާ ޗިލީސޯސް
- ލުނބޯފަޅިއެއްގެ ހުތް
މިިހުރިހާ އެއްޗެއް ތަށްޓަކަށް އަޅައި އެއްކޮށްލާށެެވެެ.
ދެން މިއޮތީ އެންމެ ފަހު އެންމެ ހާއްސަ މަސައްކަތެވެ.
ތެލުލާފައި ހުރި ޕާން ފޮތިތަކުން ފޮއްޗެއް ނަގާށެވެ. އަދި މެދުނެ (ތޫނު ވަޅިއަކުން) ކަފާާލާށެވެ. އެތެރޭގައި ހޮއެ ހެދިފައި ހުންނަ ގޮތަކަށް ހުންނާނެއެވެ.
ސަމުސަލަކުން މަސްކޮޅެއް ނަގާފައި އެެތެރެ ފުރާލާށެވެ، އަދި އެމަސްކޮޅު މައްޗަށް ސޯސް އަޅާށެވެ. ހުރިހާ ޕާންޕޮތިތައް ފަޅިކޮށް ކޮންމެ ފަޅިއެއް މިގޮތަށް ފުރާލާފައި ޓްރޭއެއްގައި އަތުރާލާށެވެ.
(އަދި ބޭނުންނަމަ ކޮންމެ ޕާން ޕޮކެޓެއްގެ މައްޗަށް ގާނާފައި ހުރި ޗީޒްކޮޅެއް އަޅާލާށެވެ. އަދި އަވަނުގައި ވަރަށް މަޑުކޮށް ޖައްސައި، ހަމައެކަނި ޗީޒްކޮޅު ވިރޭހާ ވަރުކޮށްފައި ނާގާލާށެވެ.)
މިހާރު ތިހިރީ މަލާއީ ޗިކެން ބްރެޑް ޕޮކެޓް ތައްޔާރުކުރެވިފައެވެ. އަޅެ މީރެއް ނޫންތަ!؟

