ވެލާނާ އިންޓާނޭޝަނަލް އެއާޕޯޓްގެ މަގު ހެދުމާއި ގުޅުން ހުރި މަސައްކަތްތައް ރޯޑް ޑިވެލޮޕްމެންޓް ކޯޕްރޭޝަން (އާރުޑީސީ) އާއި ހަވާލުކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ފަރާތުން އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ޝަރީފް މުޙައްމަދާއި، އާރުޑީގެ ފަރާތުން އެއްބަސްވުމުގައި އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ޝަރީފް ވިދާޅުވީ، އާރުޑީސީ ކަހަލަ މިފަދަ މަސައްކަތްތަކަށް ހާއްސަ ކުންފުންޏަކާ އެ މަސައްކަތް ހަވާލުކުރުމުން މަގުހެދުންފަދަ މަސައްކަތްތައް ފަސޭހަކަމާއިއެކު ކުރިއަށް ގެންދެވޭނެ ކަމަށެވެ.
އެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި އެ ރަސްމިޔާތެއްގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކޮށފައިވަނީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދެވެ.
އާރުޑީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް އަލީ ޒުހައިރެވެ.

