ހާލަތު ދެނެގަތުމަށް ސްޓެލްކޯގެ ޓީމެއް ތޮއްޑޫ އާއި ރަސްދޫއަށް ޒިޔާރަތް ކޮށްފިއެވެ.
ސްޓެލްކޯގެ ޓީމްގެ މި ޒިޔާރަތުގައި އެކުންފުނީގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ޒިޔާތުގައި ރަސްދޫއަށް ވަޑައިގެން ރަސްދޫގައި އެ ކުންފުނިން ދެމުންގެންދާ ޚިދުމަތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވިފައި ވެއެވެ.
މި ޒިޔާރަތުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެން ފަހުމީ ވެސް ބައިވެރިވެ ވަޑައިގެންފައިއެވެ.
ރަސްދޫއަށް ވަޑައިގެން ދެއްކެވި މައިގަނޑު ވާހަކަފުޅުތެރޭގައި ރަސްދޫގައި އެ ކުންފުނިން ދެމުންގެންދާ ޚިދުމަތްތަކާއި ގުޅޭގޮތުންނާއި، ދެ ފަރާތް ގުޅިގެން ރަސްދޫގެ ތަރައްޤީއަށް ކޮށްދެވިދާނެ ކަންކަމާއި ގުޅޭ ގޮތުން، މަޝްވަރާ ކުރެއްވިއެވެ. އަދި ރަސްދޫ ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ބައްދަލު ކުރައްވާ ކުރިއަށް ގެންދެވޭނެ ގޮތަކާއި ގުޅޭ ގޮތުންވަނީ ވާހަކަފުޅު ދައްކަވާފައެވެ.
މީގެ އިތުރުން ރަސްދޫގައި މަސައްކަތް ކުރާ އެ ކުންފުނީގެ މުވައްޒަފުންނާއި، ބައްދަލު ކުރައްވާ ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތަކާއި، ޚިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވާފައި ވެއެެވެ. އަދި ރަސްދޫ އިންޖީނުގެއާއި، ފެންޕްލާންޓް މެނޭޖިންގ ޑިރެކްޓަރ ވެސް ބައްދަލުކުރައްވާ ސްޓެލްކޯގެ ޓީމުން އެތަންތަން ބައްލަވާލައްވާވެސް ލައްވާފައެވެ.

