އިންޓަރނެޓް ބޭނުންކުރަން ބްރައުޒަރ ހުޅުވުމާއެކު އެކިކަހަލަ، ތިމާއަށް ބޭކާރުހެން ހީވާ، ތަފާތު އިސްތިހާރުތައް ހުޅުވޭ ގޮތްވެއެވެ.
މިއީ ވަރަށް އާންމުކޮށް ދިމާވާ ކަމެކެވެ. ގިނަފަހަރު މިގޮތަށް ދިމާވާނީ ހިލޭ ބޭނުން ކުރާ އެޕްތަކާއި ފައިސާ ދީގެން ސަބްސްކްރައިބް ކުރެވޭ އެކަމަކު ހިލޭ ބޭނުންކުރެވޭ އިހްތިޔާރުވެސް ހުންނަ ސައިޓްތަކުންނެވެ.
ވެބްސައިޓަކަށް ވަންނަން ވެބްސައިޓް އެޑްރެސް ޖަހާފައި ލޯޑްކުރަން ޖައްސާއިރަށް ކުއްލިއަކަށް އޭގެ މަތިން އިސްތިހާރެއް ހުޅުވިދާނެއެވެ. ވީޑިއޯ އެއް ޕުލޭ ވެދާނެއެވެ. ނުވަތަ އާ ވިންޑޯސްއެއްގެ ގޮތުގައި ބުރޯޒާ ހުޅުވިދާނެވެ. މިއީ ބައެއް ފަރާތްތަކުން އުނދަގުލަކަށްވެގެން ހައްލެއް ހޯދަން މަސައްކަތް ކުރާ މައްސަލައެކެވެ.
އިސްވެ ފާހަނގަކުރެވުނު މައްސަލަ ދިމާވަނީ ބައެއް އެޑްވެއާރ ޕުރޮގުރާމްތަކުގެ ސަބަބުންނެވެ. އެފަދަ ޕުރޮގްރާމްތައް ހުންނަނީ ބުރޯޒާތަކުގެ ޕުލަގިންގެ ގޮތުގައި އެކްޓިވޭޓްވެފައެވެ. އެޑްވެއާރ ޕުރޮގުރާމްތައް އާންމުކޮށް އަރަނީ ހިލޭ ލިބޭ ބައެއް ޕުރޮގްރާމްތައް އިންސްޓޯލްކުރާއިރު އެއާއި އެކު އިންސްޓޯލްކުރެވިގެންނެވެ.
އަނެއްބައިފަހަރަށް އިންޓަނެޓްގައި އުޅޭއިރު ބައެއް އެއްޗެހި ޑައުންލޯޑްކުރާއިރު އޮޅިގެން ޑައުންލޯޑްކުރެވޭ ބައެއް މަލްވެއާރ ޕުރޮގުރާމްތަކުގެ ތެރެއިންނެވެ.
އެޑްވެއާރގެ އުނދަގުލުން ސަލާމަތް ވާނީ ކިހިނެތް؟
އެޑްވެއާރ އިން ސަލާމަތްވުމަށް ބުރޯޒާރގެ އެކްސްޓެންސަން ބައިގެ ތެރެއިން ވަދެ ޑިސްއޭބަލް ކުރެވިދާނެއެވެ. އެހެންނަމަވެސް އެއީ ވަގުތީ ހައްލެކެވެ.
މިކަމުގައި ދާއީމީ ހައްލެއް ބޭނުންނަމަ އެންމެ ފަސޭހަ އެއް ގޮތަކީ އޭ.ޑީ.ޑަބްލިޔު ކުލީނާރ އިން ސްކޭންކޮށް ކުލީންކުރުމެވެ.
އޭ.ޑީ.ޑަބްލިޔު ކްލީނާރގެ ވާރޝަން 4.208 ގެ ސައިޒްއަކީ 2.14 އެމްބީއެވެ. މި ޕުރޮގްރާމް އިންސްޓޯލްކޮށް ޕީސީ ސްކޭން ކޮށްލާށެވެ. ސްކޭން ކޮށް ނިމުމުން ބޭނުން ނެތް އެޑްވެއާރ ޕުރޮގްރާމްތައް ސްކޭން އަށް ދަށްކާނެއެވެ. އަދި ކްލީންކުރަން އަރާނެއެވެ. ފޮހެލަން ބޭނުން ނުވާ އެއްޗެއް އިންނަމަ މާރކް ކަނޑާލާފައި ކްލީން ކުރެވިދާނެއެވެ. ކްލީންކޮށް ނިމުމުން އެ ޕްރޮގްރާމް(އޭ.ޑީ.ޑަބްލިޔު) އަމިއްލައަށް އަން އިންސްޓޯލް ވާނެއެވެ.

މިއީ އުނދަގުލަކަށްވެގެން ހައްލެއް ހޯދަން މަސައްކަތް ކުރާ މައްސަލައެކެވެ.
އޭ.ޑީ.ޑަބްލިޔު ކްލީނާރ ޑައުންލޯޑް ކުރާނީ ކިހިނެތް؟
އޭ.ޑީ.ޑަބްލިޔު ކްލީނާރ އަކީ ހިލޭ ލިބޭ ޕުރޮގުރާމެކެވެ
އޭޑީ ޑަބްލިޔު ކްލީނާރގެ ފޭކް ވާރޝަން އެއްވެސް އިންޓަނެޓް މެދުވެރިކޮށް ފޭރޭ މީހުން ހަދައިގެން އިންޓަރނެޓްގައި ދައުރުކުރުވަމުން ދެއެވެ. އެވާރޝަންގައި ސްކޭން ނިމުމުން މެސެޖެއް އަރައެވެ. އެ މެސެޖްގައިވަނީ ޕީސީގައި ސްޕައިވެއާރ ފަދަ ނުރައްކާތެރި ޕުރޮގްރާމް އިންސްޓޯލްފައިވާ ކަމަށާއި ރަނގަޅުކުރަން ބޭނުންވާނަމަ 59.99 ޑޮލަރު ފޮނުވާށެވެ. އެހެންނަމަވެސް އަސްލު ޕުރްގުރާމަކީ ހިލޭ ލިބޭ ޕުްރޮގްރާމެކެވެ. އަދި މީހުންގެ އިތުބާރު ހޯދުމަށް ފައިސާ ދަށްކާނެ ގޮތްކަމަށް ބުނެފައިވަނީ ޕޭޕަލްމެދުވެރިކޮށްވެ. އެހެންނަމަވެސް މިހާރު ޕޭޕަލްއިންވަނީ އެ އެކައުންޓް ސަސްޕެންޑްކޮށްފައެވެ.
އަދިވެސް އެއް ހައްލު އެބައޮތެވެ. އެޑްބްލޮކަރ އެއް އަޅާށެވެ. އޭރަށް އެފަދަ އިޝްތިހާރުތަކުން މިންޖުވެދާނެއެވެ.
އިންޓަނެޓް ގައި ބޭނުންކުރާ ގިނަ އެއްޗެއްސަކީވެސް ކޮންމެވެސް ބަޔަކު ފައިސާ ދީފައިވާ ތަކެއްޗެވެ. މިތަކެތިން ހިލޭ ފެންނަ ބައިތަކަކީ އޭގައި ހިމެނޭ އިޝާތިހާރުތަކަށްވެސް ބަޔަކު ފައިސާ ދީފައިވާ ތަކެއްޗެވެ.

