ެއެއް ރަށެއްގައި ވަރަށް މުސްކުޅި ވިސްނުންތެރި ފިރިހެނަކު އުޅުނެވެ. އޭނާގެ ތިން ފިރިހެން ކުދިން ތިއްބެވެ. މި ތިން ކުދިން އެއް ކުއްޖަކު އަނެއް ކުއްޖަކާ އެއްވެސް ވަރަކަށް ގުޅުމެއް ނޯވެއެވެ. އަބަދު ތިބެނީ ރުޅި އައިސްގެން ޒުވާބު ކޮށްކޮށެވެ. މި ކަމާ އެ ކުދިންގެ ބައްޕަ ހުންނަނީ އަބަދުވެސް ފިކުރު ބޮޑުވެ ހަދާނެގޮތް ހުސްވެފައެވެ. އެކުދިންގެ މަންމަ ވަނީ އެންމެ ފަހު ކުއްޖާ ތުއްތުއިރު ނިޔާވެފައެވެ.
އެއް ދުވަހަކު އެ ބައްޕަގެ ހިތަށް އެރިއެވެ. އަހަރެން މަރުވުމުގެ ކުރިން މިހާރު ދެކެން ބޭނުންވަނީ މަގޭ މި ތިން ދަރިން ގުޅިގެން އެކުގައި އުޅޭ މަންޒަރެވެ. ދެން އެއް ދުވަހަކު ބައްޕަ ތިން ދަރިން ގެނެސް ގާތުގައި ބައިތިއްބާފައި އެ މީހުންގެ ގާތުގައި ބުންޏެވެ.
"ދަނޑިބޮނޑި އެއް ގެނެސްބަލާށެވެ،"
އެގޭ ބަދިގެއިން އެއްވަރަށް ކޮށާ އެއްކޮށްފައިވާ ރީތި ދަނޑިބޮޑިއެއް ގެނެސް ބައްޕައަތަށް ދިނެވެ،
"އަހަރެން ތިޔައިން ކޮންމެ ކުއްޖަކަށް މިދޭ ދަނޑިކޮޅު ދެ ބުރިއަށް ބިންދައިލަ ދޭށެވެ."
ބައްޕަ އެހެން ބުނުމުން އެ ކުދިން އެކަން ކުރަން އެއްބަސްވެއްޖެއެވެ. ދެން ކޮންމެ ކުއްޖަކު ވެސް މަންމަ އެ ދަނޑިކޮޅު ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ބިންދައިލައިފިއެވެ.
އަނެއްކާވެސް ނުވަ ވަރަކަށް ދަނޑިކޮޅު ހިމަނައިގެން ހަދައިފައިވާ ދަނޑިބޮނޑިއެއް އެ ކުދިންނަށް ދީފައި އެ ވެސް އެ ގޮތަށް ބިންދައިލަދިނުމަށް އެ ކުދިން ގާތުން މަންމަ އެދިއްޖެއެވެ.
ދެން ކޮންމެ ކުއްޖަކު ވެސް ގަޔަށް ލެވުނުހައި ބާރެއްލާފައި އެ ދަނޑިބޮނޑި ބިންދައި ލެވޭތޯ ބަލަން ފަށައިފިއެވެ. ނަމަވެސް މަސައްކަތް ކޮށްކޮށް އެއިން ހަމަ އެއިން ހަމަ އެއް ކުއްޖަކަށް ވެސް އެ ދަނޑި ބޮނޑި ބިންދައެއް ނުލެވުނެވެ. އެ ކުދިންގެ ބައްޕަ މި މަންޒަރު ބަލަން ވަރަށް ވިސްނުންތެރިކަމާއެކު އިނެވެ.
އެންމެ ފަހުން އެ ކުދިންނަށް އެކަން ނުކުރެނުކަމަށް އެއްބަސް ވެއްޖެއެވެ. އެ ވަގުތު ބައްޕަ ބުންޏެވެ.
ދެން ތިޔަ ހުރިހާ ކުދިން އެކުވެގެން އެ ތަނުން ދަނޑ ބޮނޑި ބިންދައިލެވޭތޯ ބަލާބަލަ!" އެ ވަގުތު އެ ހުރިހާ ކުދިން އެކުގައި އެ ތަނުން ދަނޑިބޮނޑިއެއްގައި ހިފައި ބިންދައިލެވޭތޯ މަސައްކަތްކޮށްލުމުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެއްކަލަ ދަނޑިބޮނޑި ވެސް އެ ކުދިންނަށް ބިންދައިލެވިއްޖެއެވެ.
ބައްޕަ އެ މަންޒަރު ބަލަން އިނދެފައި ބުންޏެވެ. ތިޔަ ކޮންމެ ކުއްޖަކަށް އެންމެ ދަނޑިކޮޅެއް ބިންދާލަން ދިނުމުން ވަރަށް ފަސޭހައިން އެކަން ކޮށްލައިފީމުއެވެ. ނަމަވެސް ދަނޑި ބޮނޑިއެއް ބިންދާލަން ހަވާލުކުރުމުން އެކަން ތިޔައިން އެއް ކުއްޖަކަށް ވެސް ނުވިއެވެ. އެކަމަކު ހުރިހާ ކުދިން އެކުގައި ހިފައިލުމުން އެ ދަނޑި ބޮނޑި ވެސް ވަރަށް ފަސޭހައިން ބިންދައިލެވިއްޖެތާއެވެ. ވީމާ، ތިޔަ ކުދިން އެއް ކުއްޖަކު އަނެއް ކުއްޖަކާ ވަކިވެގަނެގެން އުޅޭނަމަ އެކަމުން ތިޔަ ކުދިންނަށް ފައިދާއެއް ކުރުމުގެ ބަދަލުގައި ލިބޭނީ ނިކަމެތިކަމެއްކަން ހަނދާންކުރާށެވެ. ނަމަވެސް ތިޔަ ކުދިން އެކުވެރިވެރިވެ އެކަތިގަނޑަކަށް ވެގެން އުޅެންފަށައިފިނަމަ ތިޔަ ކުދިންނަށް ކާމިޔާބާހަމަޔަށް ވާޞިލުވުމަށް ފަސޭހަވާނެއެވެ. އަދި އެއްވެސް މީހަކަށް ތިޔަ ކުދިންނަށް އަނިޔާއެއްކޮށް، ގެއްލުމެއް ދިނުމަކީ ފަސޭހަކަމަކަށް ވެސް ނުވާނެއެވެ. އޭރުން، ހުރިހާ ގޮތަކުން ވެސް ތިޔަ ކުދިންނަށް ނަސްރާއި ރައްކާތެރިކަން ލިބިގަތުމަށް ފަސޭހަވެގެންދާނެއެވެ.
އެ ހުރިހާ ކުދިން ވެސް ބައްޕަގެ މި ހެޔޮ ވިސްނުންތެރި ބަސްކޮޅު ހިތުގެ އަޑިން ގަބޫލުކުރިއެވެ. އަދި އެ ދުވަހުގެ ފަހުން އެ ކުދިންގެ އުމުރު ދުވަހާ ހަމަޔަށް ވެސް އުޅެމުން ދިޔައީ އެއް ކުއްޖަކު އަނެއް ކުއްޖަކާ ގުޅިގެން ނުހަނު ލޯބިން އެކަތިގަނޑަކަށް ވެގެންނެވެ. އެހެން މީހުނަށް އެ ކުދިން ފެނިގެން ދިޔައީ އެއްބައިވަންތަކަމުގެ ނަމޫނާ ބައެއްގެ ގޮތުގައެވެ.

