ރައީސް ޑރ. މުއިއްޒު ވައުދުވެ ވަޑައިގެންފައިވާ ފަދައިން ކައުންސިލް އިމާރާތް އަޅާނެ ފުރަތަމަ 50 ރަށެއް ކަނޑައަޅާނެ މިންގަނޑު ތަކެއް އާންމުކޮށްފިއެވެ.
މިނިސްޓްރީން އާންމުކޮށްފައި ވާއިރު، އެ މިންގަނޑުތަކާއި މާކްސް ދޭން ކަނޑައަޅާފައިވާ ގޮތްތަކަކީ:
ރަށުގެ އާބާދީއަށް 20 ޕަސެންޓް
ކައުންސިލުތަކުގައި ވަސީލަތްތައް ހުރި މިންވަރަށް 20 ޕަސެންޓް
އިމާރާތުގެ ހާލަތަށް 20 ޕަސެންޓް
ކައުންސިލުގައި މަސައްކަތް ކުރާނެ ޖާގަ ނެތް ކަމުގައިވާނަމަ 10 ޕަސެންޓް
މުވައްޒަފުން މަސައްކަތް ކުރާނެ ޖާގަ ނެތްނަމަ 10 ޕަސެންޓް
އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުން މަސައްކަތް ކުރާނެ ޖާގަ ނެތްނަމަ 10 ޕަސެންޓް
ކަންގަތި އެވޯޑު ހާސިލު ކޮށްފައިވާނަމަ 10 ޕަސެންޓް
ހުރިހާ ރަށު ކައުންސިލަކަށް ރަނގަޅު ފެންވަރުގެ އޮފީސް އިމާރާތެއް ގާއިމުކޮށްދިނުމުގެ މަޤްޞަދުގައި ރައީސް ވިދާޅުވީ އެ މަސައްކަތްތައް ކުރުމަށް ބަޖެޓު ކުރެވިފައި ނެތް ނަމަވެސް އިންވެސްޓާ ފައިނޭންޝަލް މޮޑެލްގެ ތެރެއިން އެ މަސައްކަތްތައް ފެށޭނެ ކަމަށާއި އަމާޒަކީ ހުރިހާ ރަށު ކައުންސިލަކަށް ރަނގަޅު ފެންވަރުގެ އޮފީސް އިމާރާތެއް ގާއިމުކޮށްދިނުން ކަމަށެވެ.
މި މަސައްކަތާ އަހަރުގެ ތެރޭގައި ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވެފައި ވަނީ މިދިޔަ ފެބްރުއަރީ 26، ގައި ހދ. މަކުނުދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޑރ މުއިއްޒު ވަނީ ލާމަރުކަޒީ ނިޒާމު ރާއްޖެއަށް ތައާރަފުވިތާ 13 އަހަރުވެގެން ދިޔައިރު ކައުންސިލްތަކަށް ބޭނުންވާ އެންމެ އަސާސީ ކަންކަން ވެސް ހަމަޖެހިފައި ނެތްކަމަށް ވިދާޅުވެފައެވެ. އެހެންކަމުން ރައްޔިތުންނަށް އެކަށޭނެ ހިދުމަތެއް ނުދެވޭ ކަމަށާއި ހިދުމަތް ދިނުމުގައި ދަތިތައް ކުރިމަތިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިކަމަށް އަވަސް

