ވިޔަފާރިކުރާ ތަންތަނުގައާއި، އެނޫންވެސް މަސައްކަތްކުރާ ތަންތަނުގައި މުވައްޒަފުން މަސައްކަތްކުރަމުންދާގޮތް ބަލައި ދެނެގަތުމަށާއި، އެތަންތަނުގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެގޮތުން އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައާ ގުޅޭގޮތުން މިނިސްޓަރަށް ލަފާދިނުމަށްޓަކައި “މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު” އަލުން އެކުލަވާލުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން އާންމުކުރި ބަޔާނުގައި ވަނީ މި ބޯޑުގައި ބައިވެރިވާން އެދޭ ޖަމްޢިއްޔާ ޖަމާޢަތްތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކުން އެ މިނިސްޓްރީގައި ނަން ނޯޓު ކުރުމަށް ހުޅުވާލާފައިވާކަމަށެވެ.
ފަތުރުވެރި ކަމުގެ ދާއިރާ ތަމްސީލުކުރާ ޖަމްޢިއްޔާތަކުގެ ފަރާތުން
ކޮންސްޓްރަކްޝަންގެ ސިނާޢަތުގެ ދާއިރާ ތަމްސީލުކުރާ ޖަމްޢިއްޔާތަކުގެ ފަރާތުން
އަންހެން ވިޔަފާރިވެރިންގެ ދާއިރާ ތަމްސީލުކުރާ ޖަމްޢިއްޔާތަކުގެ ފަރާތުން
ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ދާއިރާ ތަމްސީލުކުރާ ޖަމްޢިއްޔާތަކުގެ ފަރާތުން
ވަޒީފާ އަދާކުރާ ފަރާތްތައް ނުވަތަ މަސައްކަތްތެރިން ތަމްސީލުކުރާ ޖަމްޢިއްޔާތަކުގެ ފަރާތުން
މި ދާއިރާއެއްގެ ފަރާތުން “މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު” ގައި އިންނެވުމަށް ޝައުގުވެރިވާ ފަރާތްތަކުން، ގޫގުލް ލިންކް”ގައިވާ ފޯމު 25 މާރިޗު 2024 ގެ 23:59 ގެ ކުރިން ފުރުއްވުމަށް މިނިސްޓްރީއިން ވަނީ އެދިފައެވެ.

