ރާއްޖޭގެ ތިން ސަރަހައްދެއްގައި މިސްކިތް އެޅުމައްޓަކާއި ސަރުކާރާއި އެކު އެއްބަސްވުންތަކެއް ވެއްޖެއެވެ.
މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވުނު ބައްދަލުވުމުގައި މިނިސްޓަރު ސޮއި ކުރައްވާފައިވަނީ އަމިއްލަ ފަރާތަތަކުން ހިލޭ އެހީގައި މިސްކިތެއް ބިނާކުރުމަށް ނިންމާ އަޅާ މިސްކިތްތަކުގެ އެއްބަސްވުން ތަކެވެ.

މިސްކިތް އެޅުމައްޓަކާއި އަމިއްލަ ފަރާތަކާއި އެކު ސޮއިކުރުން/ފޮޓޯ އިސްލާމިކ މިނިސްޓރީ
މިގޮތުން މިސްކިތް އަޅަން ނިނމާފައިވަނީ އަލިފުށީގައިއާއި، ހުޅުމާލެ ފޭސް 2އާއި، އައްޑޫ ސިޓީ، ހުޅޫދޫގައެއެވެ.
މި އެއްބަސްވުމަކީ އަލިފުށީގައި، 570 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށްޓަކައި، އަބްދުއްރަޙުމާން މޫސާ ނަމަކަށްކިޔާ ފަރާތެއް އަމިއްލަ ޚަރަދުގައި މިސްކިތް ބިނާކޮށް ނިންމުމަށް ވެވިގެންދިޔަ އެއްބަސްވުމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މިސްކިތް ބިނާކުރުމުގެ ހުރިހާ މަސައްކަތްތަކެއްވެސް ކުރާނީ އަބްދުއްރަޙުމާން މޫސާގެ އަމިއްލަ ޚަރަދުގައެވެ. މި މިސްކިތް ބިނާކުރުމުގެ މަސައްކަތް ނިންމުމަށް އެއްބަސްވެފައިވާ މުއްދަތަކީ 732 (ހަތްސަތޭކަ ތިރީސް ދެ ) ދުވަހެވެ.
ހުޅުމާލެ ފޭސް 2 ލޮޓް ނަންބަރ: 2215 (ޏ5-53)ގައި މިސްކިތް އަޅާ ފަރާތަކީ މުޙައްމަދު ޔޫސުފް އެވެ.
މި އެއްބަސްވުމަކީ ހުޅުމާލެ ފޭސް 2 ގައި، މިސްކިތެއް ބިނާކުރުމަށްޓަކައި، މުޙައްމަދު ޔޫސުފްގެ އަމިއްލަ ޚަރަދުގައި މިސްކިތް ބިނާކޮށް ނިންމުމަށް ވެވިގެންދިޔަ އެއްބަސްވުމެކެވެ.

މިސްކިތް އެޅުމައްޓަކާއި އަމިއްލަ ފަރާތަކާއި އެކު ސޮއިކުރުން/ފޮޓޯ އިސްލާމިކ މިނިސްޓރީ
އައްޑޫ ސިޓީ، ހުޅޫދޫގައި އަމިއްލަ ފަރާތަކުން ހިލޭ އެހީގައި މިސްކިތެއް ބިނާކުރުމަށް ނިންމާފައިވާއިރު، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި މިސްކިތް ބިނާކުރާ ފަރާތް ކަމުގައިވާ މުޙައްމަދު ސާލިޙްއާއި ދެމެދު ވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިސްކިތް އެޅުމައްޓަކާއި އަމިއްލަ ފަރާތަކާއި އެކު ސޮއިކުރުން/ފޮޓޯ އިސްލާމިކ މިނިސްޓރީ
އެ އެއްބަސްވުމަކީ އައްޑޫ ސިޓީ، ހުޅޫދޫ މޫންލައިޓް ކިޔާ ގޯތީގެ ހުރި ބިމުގައި، 200 މީހުންގެ ޖާގައިގެ މިސްކިތެއް ބިނާކުރުމަށްޓަކައި، މުޙައްމަދު ސާލިޙްގެ އަމިއްލަ ޚަރަދުގައި މިސްކިތް ބިނާކޮށް ނިންމުމަށް ވެވިގެންދިޔަ އެއްބަސްވުމެކެވެ. މިސްކިތް ބިނާކުރުމުގެ ހުރިހާ މަސައްކަތްތަކެއްވެސް ކުރާނީ މުޙައްމަދު ސާލިޙްގެ އަމިއްލަ ޚަރަދުގައެވެ.
މި މިސްކިތް ބިނާކުރުމުގެ މަސައްކަތް ނިންމުމަށް އެއްބަސްވެފައިވާ މުއްދަތަކީ 720 (ހަތްސަތޭކަ ވިހި) ދުވަހެވެ.

