ރޯދައިގެ އަޅުކަމުގައި ރޫހާނީ، އިޖުތިމާއީ، ސިއްހީ ގިނަގުނަ ފައިދާތަކެއްވާއިރު، ކެތްތެެރިވާން ދަސްކޮށްދޭކަމަށާއި ރޯދައަކީ ކެތްތެރިކަމުގެ ދެބައިކުޅަ އެއްބައިކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
“ރަމަޟާންމަހާއި ދިރިއުޅުން” މިމައުޟޫއަށް ދިން މިއަދުގެ ހުތުބާގައި ރޯދައިގެ ފައިދާތަކަށް އަލިއަޅުވައި ބުނެފައި ވަނީ ރޯދަ ކެތްތެރިކަން ދަސްކޮށްދޭކަމަށާއި ރޯދައިގެ ފައިދާތަކަށް އަލިއަޅުވައި ބުނެފައި ވަނީ ރޯދައަކީ ކެތްތެރިކަމުގެ ދެބައިކުޅަ އެއްބައިކަމުގައި ރަސޫލާގެ ހަދީސެއްގެ މާނައިގައިވެސް ބުނެފައި ވާކަމަށެވެ.
ހުތުބާގައި އިތުރަށްވެސް ރޯދައިގެ ފައިދާތަކަށް އަލިއަޅުވައި ބުނެފައި ވަނީ ރޯދައަކީ މުސްލިމުންގެ އަހުލާގު ތަހުޒީބުކޮށް ތަރައްގީކޮށްދޭ އަޅުކަމެއް ކަމަޑާއި، ރޯދަވެރިޔާ ރޯދައަށް ހުންނައިރު ރައްކާތެރިވާންޖެހޭ ކަންތައްތަކެއް ވާކަމަށެވެ. އޭގެތެރއަިން ދެބައޮޑުވުމާއި ނެތިމޮށުންފަދަ ބޮޑެތި ފާފަތަކާ ދުރުވާންޖެެހޭ ކަމަށެވެ.
ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ.
“ދޮގުހެދުމާއި އެފަދަ އަމަލުތައް ކުރުން ދޫކޮށްނުލާ މީހާ، ފަހެ އެމީާ ކެއުމާއި ބުއިން ދޫކޮށްލައިގެން ހުރުން އެއީ ﷲ ތައާލާ އެދިވޮޑިގަންނަވާ ގޮތެއް ނޫނެވެ!” އެހެންކަމުން ހަގީގީ މާނައިގައި ރޯދަ ހިފާ މީހާ ދެބައޮޑުވުމާއި ނެތިމޮށުމާއި އާޑަފުރައްސާރަ ކުރުން ފަދަ އަމަލުތަކުން ދުރުވާން ޖެހޭނެއެވެ. އިސްވެދިޔަ ހަދީސުން ލިބޭ އިބުރަތަކީ ރޯދަވެރިޔާ އަހުލަގު ރަނގަޅުނުކުރުމުން ރޯދައިން ލިބޭ ދަރުމަ އުނިވެގެންދާނެ ކަމެވެ. އެހެން އެކަން ނުކޮށްފިނަމަ އޭނާ މިދުނިޔޭގައި ކުރި ކަންތައްތަކަށްޓަކައި ގިޔާމަތް ދުވަހުން ހިތާމަކުރާނޭ މީހެކެވެ،
ﷲ ތައާލާގެ ވަހީ ބަސްފުޅެއްގެ މާނައިގައި ވެއެވެ. “ކޮންމެ ނަފުސެއްމެ އެނަފުސެއް ކުޅަކަމަކާއި ނުބައިކަމުގެ ތެރެއިން އެނަފުސެއްް ކުޅަނުބައި ކަމަކާއި އެ ނަފުސަކާ ދެމެދު އެތަކެއް ދުރުމިނެއް ހުންނާނެނަމައޭ ހީކޮށް އެކަމަށް އެދޭނެތެވެ، ﷲއެކަލާނގެ ޢިޤާބަށް ތިޔަބައިމީހުން ބިރުވެރި ކުރައްވަތެވެ. ﷲއީ، އަޅުތަކުންނަށް ނުހަނު އޯގާވަންތަ ރަސްކަލާނގެއެވެ.”
އަދިވެސް ހުތުބާގައި ބުންޏެވެ. ކީރިތި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަ ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. “ރޯދައަކީ އައްޑަނައެކެވެ، ތިޔަބައިމީހުންކުރެ މީހަކު ރޯދައަށް ހުރެ، ފާހިޝް އަމަލުތަކުންނާއި އަދި ހަޑިހުތުރު ބަސްތައް ބުނުމުންނާއި އަދި ޖާހިލުންގެ އަމަލުތަކުން ދުރުހެލިވާށެވެ، ފަހެ ރޯދައުގެ ދުވަހުގައި މީހަކު އަރައިރުންވެ ހަޑިހުތުރު ބަސްތައް ބުނެ މީހަކާ މުހާތަބްކޮށްފިނަމަ އެމީހަކު ބުނާށެވެ، ހަމަކަށަވަރުން އަހަންނަކީ ރޯދަވެރިޔަކީމެވެ. ހަމަކަށަވަރުންއަހަންނަކީ ރޯދަވެރިޔަކީމެވެ.”
މިރޯދަމަހަށް ފަހު ދެން މިފަދަ ފުރުސަތެއް ދެވަނަ ފަހަރު ނުލިބުމަަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެހެންކަމުން މިބަރަކާތްތެރި މައްސަރުގައި ހަޔާތަށް ބޮޑު ބަދަލެއް ގެނައުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. ހުތުބާގައިބުނީ މުޖުތަމައު އެއްބައިވަންތަ ކުރާ މުޖުތަމައުގެ ލާބައަށް މަސައްކަތް ކުރާ ބަޔަކު ކަމުގައި ވުމަށްވެސް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ،
ހަމައެހެންމެ ރޯދަ އަހަރެމެންނަށް ދަސްކޮށްދެނީ އަނެކާގެ އިހުސާސްތަކުގައި ބައިވެރިވެ ނިކަމެތި ހާލުގައި އުޅޭ ފަގީރުންނާއި މުހުތާދިވެރިންނަށް އެހީތެރިވުމަށް ކަމަށް މިއަދުގެ ހުތުބާގައި ބުނެފައިވެއެވެ.. އަދި އެންމެ ހެޔޮމީހަކީ ބަނޑުހައިހޫނުކަމުގައި އުޅޭ މުސްލިން އަހުންނާއި އުހުތުންނަށް ކުޅަދާނަވީ ވަރަކުން އެހީތެރިކަން ފޯރުކޮށްދީ އެމީހުންގެ ކެކުޅުންތަކުގައި ބައިވެރިވެ އެމީހުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ މީހާކަމުގައި ހުތުބާގައި ވަނީ ބުނެފައެވެ،
މި ރޯދަމަހުގެ ފައިދާ ހެޔޮގޮޮތުގައި ލިބޭނީ ލޮބުވެތި ރަސޫލާ އާއި މިއުންމަތުގެ ސަލަފުއްސާލިހުން ރަމަޟާމަހުގައ އަޅުކަން ކުުރެއްވިގޮތް ނަމޫނާއަކަށް ބަލައިގެން ކަމަށް ބުނެ ހުތުބާގައި ގޮވާލާފައި ވަނީ ފަރުޟު ފަސް ނަމާދުގައި ކުރެވޭ ރަވާތިބު ސުންނަތްތަކަށް ރައްކާތެރިވެގެންސުވަރުގޭގެ ގަނޑުވަރެއް ބިނާކުރާ މީހަކަށް ވުމަށެވެ. ދުވާލާއި ރޭގަނޑުގެ ވަގުތުތައް ﷲ ރުއްސަވާ ގޮތުގެ މަތީން ހޭދަކުރާ ބަޔަކަށް ވުމަށާއި ތަރާވީޙު ނަމާދާއި ރޭއަޅުކަމާއި ކީރިތި ގުރުއާން ގިނަގިނައުން ތިލާވަތު ކުރުމަކީ ހިތްތަކަށް ހަމަޖެހުން ލިބި އުފާވެރިކަން ގެނެސްދޭނެކަމުގައި ހުތުބާގައި ބުނެފައިވެއެވެ.

