މެލޭޝިއާގެ ގައުމީ އެއާލައިން ކަމަށްވާ މެލޭޝިއަން އެއާލައިންސްއިން ރާއްޖެއަށް ދަތުރުތައް ފެށުމަށް ނިންމައި ޓިކެޓު ގަތުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
އެ ގައުމުގެ ވެރިރަށް ކުއަލަލަމްޕޫރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ ދަތުރުތައް ފަށާނީ އަންނަ އޮގަސްޓުގެ ފުރަތަމަ ދުވަހު އެވެ. އެއްކޮޅު ޓިކެޓުގެ އަގު 1,276ރ. ގައި އުޅޭއިރު ދެކޮޅު ޓިކެޓުގެ އަގު އުޅެނީ 2,820ރ. އެވެ.
ކޮންމެ ދުވަހަކު އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ބާއްވާނެ އެވެ. ރާއްޖެ ވެގެންދާނީ ދެކުނު އޭޝިއާގައި އެ އެއާލައިން ދަތުރުކުރާނެ 13 ވަނަ މަންޒިލަށެވެ. އާ މާކެޓުތަކަށް ވިޔަފާރި ފުޅާކޮށް ކަސްޓަމަރުން އިތުރުކުރުމުގެ އަމާޒުގައި މެލޭޝިއާ އެއާލައިންސުން އަންނަނީ ގިނަ ކަންކަން ކުރަމުންނެވެ.

އެ އެއާލައިނުގެ ވެބްސައިޓުން މިހާރު ޓިކެޓު ބުކް ކުރެވޭނެ އެވެ

