ވައުދެއްވި ހަނދާން އައުވެއްޖެއެވެ. ދައުރެއްގެ ޒަމާން ފަސްވެއްޖެއެވެ.
އެނބުރިނަޔަސް އާދޭތޯ އެމަގަށް ބެލެވެއެވެ. އެހެނަސް އެއީ އެތަކެއް ދުވަސް ކުރިއެވެ.
އަދު އަހުރެން ބަލިވެއްޖެއެވެ. ތަދު ހިތް ކަތިލެވިއްޖެއެވެ.
އެތަކެއް ދުވަސް ކުރިއެވެ. ހިތަކަށް ވާހަކަ ދެކެވުނެވެ. ފަހަކަށް ބުނާނެ ބަހެއް ނެތެވެ.
އަތަކަށް ނުދީލާނެކަން ގައިމުވިއެވެ. އެހެނަސް އެއީ އެތަކެއްދުވަސް ކުރިއެވެ.
ވީގޮތެއް ނޭނގުނެވެ. ވީތަނެއް ނޭނގުނެވެ. ވީހިސާބެއް ނޭނގުނެވެ.
ވީ ތަދެއްގެ ބޮޑުކަމާއެވެ. އެހެނަސް އެއީ އެތަކެއް ދުވަސް ކުރިއެވެ.
ފެށިދަތުރު މަގު އޮޅިއްޖެއެވެ. ނެށި މިހިތް ކަކުލަށް ތިރިވިއެވެ.
ކޮށި ހަށިން ފުރާނަ ދޫވި ކަހަލައެވެ. ހިތަކުން އެ ހަނދާނެއް ނުފިލިއެވެ. އެހެނަސް އެއީ އެތަކެއް ދުވަސް ކުރިއެވެ.
އަދު މަށާ ގުޅިއްޖެއެވެ. އަދު މަށަށް އެނގިއްޖެއެވެ.
ބަދަ ނިތުން ރޫ ފިލައްޖެއވެ. ރެނދު ހިތުން ވޭން ކެނޑިއްޖެއެވެ.
އެހެނަސް އެއީ ހިނދު ކޮޅެކެވެ.
ވާނުވާ އެއް ނޭނގުނެވެ. ޒާތަތަކަށް ދެފިކުރު އެޅިއްޖެއެވެ.
ހާދަ ހިތަކަށް ދަތި ވެއެވެ. ރާހަތެއް ކުރޭ ބާވައެވެ.
އަދު އަހުރެން ބަލިވެއްޖެއެވެ. ތަދު ހިތް ކަތިލެވިއްޖެއެވެ.
ވައުދެއްވި ހަނދާން އައުވެއްޖެއެވެ. ދައުރެއްގެ ޒަމާން ފަސްވެއްޖެއެވެ.
އެނބުރިނަޔަސް އާދޭތޯ އެމަގަށް ބެލެވެއެވެ.
އެހެނަސް އެއީ އެތަކެއް ދުވަސް ކުރިއެވެ.

