ސިއްޙީ ހާލަތު ތަން ނުދޭތީ އާއި، އަވަސް ސާޖަރީ އަކަށް ދާންޖެހޭތީވެ އިމާމުވެ ތަރާވީސް ނަމާދު ކުރުން މެދުކަނޑާލަން ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ޝަހީމް މި ނިންމުން ނިންމާފައިވަނީ މިއަދުއެވެ.
ޝަހީމް، އިމާމުވެ ތަރީވީސް ނަމާދު މި ރޯދަމަހު ކުރައްވަނީ ހުޅުމާލޭ ހުންނަ މަސްޖިދު ރަޝީދު ގަ އެވެ.
ޝަހީމް މިއަދު ވިދާޅުވީ ގިނަ އިރު ކޮޅަށް ހުރުމަށް ދަތިވާ ސިއްހީ ސަބަބެއް މެދުވެރިވެފައިވާ ކަމަށާއި، ޑޮކްޓަރުންގެ ލަފާމަތިން މިރެއިން ފެށިގެން އިމާމުވެ ތަރާވީސްކުރުން މެދުކަނޑާލީ ކަމަށެވެ.
“އަވަސް ސާޖަރީއަކަށްދާތީވެ އެންމެހާ ލޮބުވެތި އަހުންނާއި އުހުތުންގެ ހެޔޮ ދުއާއަށް އެދެން،” ޝަހީމް ވިދާޅުވި އެވެ.
ޝަހީމް އޭނާގެ ބަލި ވާހަކަ ވިދާޅުވެފައިވާއިރު އޭނާގެ ބަލީގެ ތަފްސީލް ދެއްވާފައި ނުވެއެވެ. ވަނީ ފަރުވާގެ ކަންކަން ފުރިހަމަވުމުން އަލުން އިމާމުކަމަށް އައުމަށް އުއްމީދުކުރައްވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
އިމާމުކަމަކީ ކުޑައިރުން ފެށިގެން ނުހަނު ލޯތްބާއި ޝައުގުވެރިކަމާ އެކު ކުރާ ކަމެއް ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

