“އިންޓަރކަނެކްޝަން” ކޭބަލް މައްޗަށް ދަނގަޑުޖަހައި އިސްތިހާރު ބޯޑުތައް ބަހައްޓަން ކުރާ ކަމަކުން ލިބޭ ގެއްލުމަށް ދަޢުވާކުރާނެ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.
ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލޭ އާއި، މާލެ ކަރަންޓް އެއް ވިއުގަޔަކުން ގުޅުވާލުމަށް ގާއިމް ކޮށްފައިވާ ގްރޭޓާ މާލެ އިންޓަރކަނެކްޝަން ގްރިޑްގައި ހިމެނޭކޭބަލްތަކުގެ މައްޗަށް އެކި ހަރަކާތްތައް ބޭއްވުމަށް އެކި ކަހަލަ ޕޯސްޓަރުތައް ޖެހުމަށް ދަގަނޑު ހަރުކުރަމުން ދާ ކަމަށެވެ.
މިއީ މި ވަގުތު ރާއްޖޭގައި ބޭނުން ކުރާ ހަމައެކަނި ވިއުގަ ކަމަށާއި، މި ވިއުގައަަށް ގެއްލުންވެއްޖެ ނަމަ މަރާމާތު ކުރުމަށް ވަރަށް ވަގުތު ހޭދަވާނެ ކަމަށެވެ. އެހެންކަމުން މި ކަން ކުރާ ފަރާތްތަކުން މި ކަން ހުއްޓާލުމަށެވެ. މި ދެންނެވި ވިއުގައިގައި ހިމެނޭ ކޭބަލްތަކުގެ މައްޗަށް ދަނގަޑުޖަހައި ކޭބަލްތަކަށް ގެއްލުންވެދާނެ ގޮތްތަކަށް އަމަލު ކުރަމުންދާ ކަމަށެވެ. އެހެންކަމުން އެންމެހާ ފަރާތްތަކުން އެފަދަ ކަންކަން ވަގުތުން ހުއްޓާލުމަށް ވަނީ އަންގާފައި ކަމަށެވެ.
މީގެ އިތުރުން މި އެންގުމާއި، މިއާޚިލާފަށް އަމަލު ކުރުމުގެ ސަބަބުން އެ ކޭބަލްތަކަށް ގެއްލުންވެ، ކަރަންޓުގެ ޚިދުމަތައް ބުރޫ އަރައިފިނަމަ އެކަމުގެ ޒިންމާވާ ފަރާތްތަކަށް ދަޢުވާކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
މިކަން މިގޮތަށް ހިނގާތީ މި ކަމުގެ ސަބަބުން ލިބޭ މާލީ ގެއްލުމުގެ ބަދަލު ހޯދުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަމުންގެންދާނެ ކަމުގައި ވެސް ވަނީ ވިދާޅުވެފައެވެ.

