ޒަމް ޒަމް ހަޖް އެންޑް އުމްރާ ޓްރެވަލް ގުރޫޕުގެ ހަވާލުގައި އުމްރާގެ އަޅުކަމަށް ގޮސް ހުއްޓާއި ރޭ ފަތިހު ނިޔާވީ ހއ.ދިއްދޫ/ އޮސާކާ، އިބްރާހީމް ރަޝީދެވެ.
އިބްރާހީމް ރަޝީދު ނިޔާވ އިރު އުމުރުން 58 އަހަރެވެ.
މައުލޫމާތު ލިބިފައވާ ގޮތުގައ އިބްރާހިމް ރަޝީދަކީ އުމްރާއަށް ދިޔައިރުވެސް ފުއްޕާމޭގެ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުންދިޔަ މީހެކެވެ.
އޭނާ އުމްރާގެ އަޅުކަމަށް ފުރީ މި މަހުގެ 20 ވަނަ ދުވަހު އެވެ.
ރަޝީދު ނިޔާވިއިރު، ނޫރް ހޮސްޕިޓަލުން ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް ކަމަށް އެ ގުރޫޕުން މަޢުލޫމާތު ދީފައިވެއެވެ.
އިބްރާހިމް ރަޝީދު ނިޔާވި އިރު، އޭނާވަނީ އުމްރާގެ ހުރިހާ ކަމެއް ފުރިހަމަ ކޮށްފައި ކަމަށްވެސް ޒަމްޒަމް ގްރޫޕުން ވަނީ ބުނެފައެވެ.

