މާފަންނު އިހުސާނު ފިހާރަތެރެއިން ވަގަށް ނެގި ވަޅި ތަކެއް، ޖިންސްތެރެއަށްލާ ފިލަންއުޅުނު މީހަކު ބަޔަކު ހިފަހައްޓައިފިއެވެ.
މި ކަން ހިނގާފައިވަނީ މިރޭ އިރާކޮޅު ވަގުތެއްގައެވެ.
މިކަން ކުރިމީހާ އަތުލައިގެންފައިވާއިރު ވަޅިތައް ޖަހާފައިވަނީ އެމީހާ ލާފައި ހުރި ޖިންސްގެ ކުރިމަތީ ފަރާތަށެވެ. ހަތަރު ފަސް ފިރިހެނުން ވެގެން މި މިހާ ހިފަހައްޓާފައިވާއިރު، އާންމުވަމުން އަންނަ ވީޑިއޯއިން ފެންނަ ގޮތުގައި މީނާގެ ޖިންސް ތެރެއިން ނަގާފައިވަނީ 4 ވަޅިއެކެވެ.
މީގެ ކުރިން ފުލުހުން ވިދާޅުވެފައިވާ ގޮތުގައި އެކި މައްސަލަތައް މާލޭގައި ދަނީ އިތުރުވަމުންނެވެ. ވައްކަން ކުރާ މައްސަލައިގެ އިތުރުން މާރާމޭރީ ހިންގުމުގެ މައްސަލަވެސް އިތުރުވެފައި ވެއެވެ. މި ހަފްތާގައިވަނީ ހެންވޭރު ރޯޝަނީ މަގުގައިވެސް މާރާމޭރީއެއް ހިނގާފައެވެެ.
އާދައިގެ ވަޅިތަކަށްވުރެ ބޮޑު ވަޅިތަކެއް މިމީހާ އަތުން އަތުލައިގެންފައިވާއިރު މިއީ ކޮންބޭނުމެއްގައި ނެގި ވަޅި ތަކެއ ކަމަށް އަދި އެނގިފައެއް ނުވެއެވެ.

