އެގާރަ އަހަރުގެ މެދު ކެނޑުމަކަށްފަހު ފިޔޯރީ އަވަށްތަކުގެ މެދުގައި ކުޅެވެމުން އަންނަ ފުޓުބޯޅަ މުބާރާތް، “ފިޔޯރީ އަވަޓެ ވާދަ 2024” ރޭގައި ފެށިއްޖެއެވެ.
ފުރަތަމަ މެޗު ޝަރަފުވެރިކޮށްދެއްވެވީ ދިވެހިރާއްޖެގޭ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަންކަން ކުރިން ކުރެއްވެވި އަކްރަމް އަބްދުލް ޣަނީ އަދި ފިޔޯރީ ކައުންސިލްގެ ރައީސް ފައިޒަރު ރަޝީދެވެ.
ހުޅުމާލެ އެޗްޑީސީ ފުޓްބޯޅަ ދަނޑުގައި ކުޅެވުނު ފުރަތަމަ މެޗުގައި ބައްދަލު ކުރީ މުބާރާތުގެ އެންމެ ކާމިޔާބު އެއް ޓީމު ކަމަށްވާ ޗާނދަނީ އަދި ލިލީއެވެ. މި ފޯރިގަދަ މެޗު 4 ލަނޑު 2 ލަނޑުން ކާމިޔާބު ކުރި ލިލީ ފުޓްބޯޅަ ޓީމެވެ. ލިލީ ޓީމަށް އެ ލަނޑުތައް ޖަހައި ދީނީ އާސިމް ހަބީބު (ކޮއްކޮ)، މުހައްމަދު އިހުސާން ސައީދު (ލިއުބީ)، ހުސައިން ފަޔާޒު (ފަޔާ)، އަދީ އަހުމަދު ފަޔާޒު (ގައުޗޯ)އެވެ.
އަދި ޗާނދަނީ ޓީމަށް އެ ލަނޑުތައް ކާމިޔާބު ކޮށްދިނީ ނާހިލް އަދި މުސައިދު އެވެ. ރޭގެ މެޗުގެ “މޭން އޮފް ދަ މެޗް” އަށް ހޮވުނީ ލިލީ ޓީމުގެ މުހައްމަދު އިހުސާން ސައީދު (ލިއުބީ)އެވެ.
މި މުބާރަތަކީ ފިޔޯރީގައި ހިންގަމުން އަންނަ ދެ ޖަމްއިއްޔާއެއް އިސްވެ ތިބެ އިންތިޒާމު ކުރަމުން އަންނަ މުބާރަތެކެވެ. އެއީ ފިޔޯރީ އެސޯސިއޭޝަން ފޯރ ކޮމިއުނިޓީ އެމްޕަވަރމަންޓް (އެފްއޭ) އެވެ.

