ބޭނުންވާނެ ތަކެތި
- 4 ހުތް އަނބު
- 1 ފިޔާ
- 2 ރޯމިރުސް
- 2 ލޮނުމެދު ( ޗިސްކޮށްފައި )
- 2 ސައިސަމްސާ ތެޅިމިރުސް
- 1 ސައިސަމްސާ ރީދޫ
- 1 ސައިސަމްސާ މުގުރި ދިރި
- 2 މޭޒުމަތީ ސަމްސާ ތެޔޮ
- 1 ސައިސަމްސާ ޓޮމާޓޯ ޕޭސްޓް
- 2 މޭޒުމަތީ ސަމްސާ ހިކިމަސް ( މުގުރާފައި )
- ލޮނު ( ރަހަލާވަރަށް )
- ހިކަނދިފަތް
- ރާނބާފަތް
ތައްޔާރުކުރާނެ ގޮތް
ހުތްއަނބު ދޮވެ ސާފްކުރުމަށްފަހު ބޮޑެތިކޮށް ހަތަރެސްކަނަށް ވާގޮތަށް ކޮށާލާށެވެ. ތަވައަށް ތެޔޮކޮޅު އަޅާ ހޫނުވީމާ، ފިޔާ، ލޮނުމެދު، ހިކަނދިފަތް، ރާނބާފަތް އަޅާ ފިޔާކޮޅު ރަތްކޮށްލާށެވެ. އެއަށްފަހު ދިރި، މިރުސް، ޓޮމާޓޯ ޕޭސްޓް އަދި ހިކިމަސްކޮޅު އަޅާ އެއްކޮށްލާށެވެ. ދެން އަނބުތައް އަޅާ ކުޑަފެންފޮދެއް އަޅައިގެން ތެލީގައި މަތިޖަހާ މަޑުގިނީގައި ކައްކާށެވެ. އަނބު މަޑުވާންފެށީމާ ލޮނުކޮޅު އަޅާ ރަގަޅަށް އެއްކޮށްލާށެވެ.

