ބޭނުންވާ ތަކެތި
- 6 ބިސް
- 1 ދަޅު ގެރިކިރު
- 1 ޖޯޑު ރަވާ
- 1 ގަބުޅި ( ގާނާފައި )
- 4/1 ޖޯޑު ހަކުރު
- 1 މަތިގަނޑު ވެނީލާ އެސެންސް
- 1 ޖޯޑު ފެން
- 2 މޭޒުމަތީ ސަމުސާ ހަކުރު ( ރަތްކުރުމައް )
ތައްޔާރުކުރާނެ ގޮތް
ފުރަތަމަ މިކްސަރަށް ގަބުޅިއާއި، ބިހާއި، ކިރު ، ފެން، އަދި އެސެންސް، އެއްކޮށް އަޅާފައި ރަވާވެސް އެއްކޮށްލާށެވެ.
ދެން ރަނަގަޅަށް ގިރާލާށެވެ.
ޓްރޭއަށް 2 މޭޒުމަތީ ސަމުސާ ހަކުރުއަޅާފައި އުނދުންމައްޗަށް އުދާލާފައި ހަކުރުކޮޅު ރަތްކޮށްލާށެވެ.
ގިރާފައި ހުރި ބައި ޓްރޭއަށް އަޅާފައި އަވަނުން ފިހެލާށެވެ. ނުވަތަ އާވިން ކައްކާލާށެވެ.

