“ޒުވާނުންގެ ބަދިގެ” ނަމުގައި ކައްކާ ޕްރޮގުރާމެއް ފަށަން ނިންމައިފިއެވެ.
“ޒުވާނުންގެ ބަދިގެ”ގެ ނަމުގައި ޕްރޮގުރާމެއް ފަށަން ނިންމާފައިވަނީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާ ގުޅިގެންނެވެ.
ޔޫތު މިނިސްޓްރީން ބުނީ މި ޕްރޮގްރާމް ހިންގުމުގެ މަގްސަދަކީ ކެއްކުމުގެ ދާއިރާއަށް ޝައުގުވެރިކަން ހުންނަ ޒުވާނުންނަށް މި ދާއިރާއިން ކުރިޔަށް ދިޔުމަށް ފުރުސަތުތައް ފަހިކޮށްދިނުމާއި، ދާއިރާގެ ޢިލްމީ އަދި ތަޖުރިބާހުރި ބޭފުޅުންގެ ފަންނީ މައުލޫމާތުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ޒުވާނުންނަށް ހިއްސާކުރުން ކަމަށެވެ.
ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް ގައެވެ. މި ޕްރޮގްރާމް ކުރިޔަށްގެންދާނީ ތަޖުރިބާކާރު ޒުވާން ޝެފެއް ކަމަށްވާ މުމީތު އާއެކުގައި ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން މި ޕްރޮގްރާމް ކުރިޔަށްދާނީ 4 އެޕިސޯޑަކަށް ބަހާލައިގެން ތަފާތު 4 ވައްތަރުގެ ކެއުން ތައްޔާރު ކޮށްގެން ކަމަށްވެސް ބުނެފައި ވެއެވެ.

