ކާބޯތަކެތީގެ ރައްކާތެރިކަން ހަރުދަނާކޮށް، އުތުރު ތިލަފަޅުގައި އެގްރިކަލްޗަރ އިކޮނޮމިކް ޒޯނެއް ގާއިމް ކުރަން ނިންމައިފިއެވެ.
ރާއްޖެއިން ދަނޑުވެރިކަމުގެ ގިނަ ބާވަތްތައް އިމްޕޯޓު ކުރާއިރު، ކޮންމެ އަހަރަކު ވެސް 600 މިލިއަން ޑޮލަރަށް އިތުރުވެ، ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް ޔަގީން ކުރަން ޖެހޭ ކަމަށާއި، އެހެންކަމުން ކާބޯތަކެތީގެ ރައްކާތެރިކަން ހަރުދަނާކުރުމަށް ސިނާއީ އޮނިގަނޑަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށް އެސްޓީއޯ އިން ވަނީ ބުނެފައެވެ.
އެގޮތުން އުތުރު ތިލަފަޅުގައި އެގްރިކަލްޗަރ އިކޮނޮމިކް ޒޯނެއް ތަރައްޤީކުރުމަށް އެމްއައިޑީއެފްޒެޑާއި ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީއާ ދެމެދު ވަނީ މިރޭ އެމްއޯޔޫއެއްގައި ސޮއިވެސް ކޮށްފަވެއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް އަދި ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން ކަންޓްރީ މެނޭޖަރ މާއޯ ބާއޯއެވެ.
މި ރަސްމިއްޔާޓުގައި ވާހަކަފުޅު ދައްކަވަމުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވިދާޅުވީ ރާއްޖޭގެ ސިނާއީ އޮނިގަނޑުގެ ޑިވެލޮޕްމަންޓް އޮޕްޓިމައިޒް ކުރުމަކީ ދިގު މުއްދަތުގެ އުއްމީދެއް ކަމަށެވެ.
ކާބޯތަކެތީގެ ބާވަތްތަކަކީ ރައްޔިތުންނަށް އެންމެ މުހިންމު އެއްޗެއް ކަމަށާއި ކާތަކެތީގެ ރައްކާތެރިކަމަށް އެދޭ އެދުން ހަގީގަތަކަށް ހެދުމަށް ބޭނުންވާ ކަމަށްވެސް ވަނީ ފާހަކަ ކޮށްފައެވެ. އަދި ތަރުކާރީ މޭވާ އާއި ކުކުޅު ރާއްޖޭގައި އުފެއްދުން ޕްރޮމޯޓް ކޮށް މުޅި ރާއްޖެއަށް އެތަކެތި ފޯރުކޮށްދިނުމަކީ، 800000 އަށްވުރެ ގިނަ މީހުންނަށް އޭގެ ފައިދާ ކުރާނެ، ރެސިޑެންޝަލް އަދި ޓޫރިސްޓް އައިލެންޑަށް ފޯރުކޮށްދެވުން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
ކާބޯތަކެތީގެ ދަތިކަން ނައްތާލުމަށް ދިވެހިރާއްޖޭގެ ޞިނާޢީ އިޤްތިޞާދީ އޮނިގަނޑު ތަރައްޤީކުރުން އޮޕްޓިމައިޒްކުރުމާއި، ދަނޑުވެރިކަމުގެ ބާވަތްތައް އިމްޕޯޓްކުރުމާއި ޑޮލަރުގެ ރިޒާވް ބޭނުންކުރާ މިންވަރު މަދުކުރުން މިއީ ވެސް މުހިންމު ކަމެއް ކަމަށް ވަނީ ފާހަގަ ކޮށްފައެވެ.
ދިވެހީންގެ ދިރިއުޅުމުގެ ޚަރަދު ކުޑަކުރުމަށް 40 ޕެސެންޓް ހަރަދު ކުޑަކޮށް، ދިގު މުއްދަތުގެ ތަރައްޤީއަށް ޤައުމީ ތަރިކައިގެ މަޝްރޫޢެއް އެޅުމުގެ މި ފުރުޞަތު ވިސްނައިގެން ނިންމި ނިންމުމެއް ކަމަށްވެސް ވަނީ ބުނެފައެވެ.

