އިސްލާމްދީނުގެ އަގީދާ ހިތުގައި ވަރުގަދަ އަށް އަށަގެންފިނަމަ އެމީހަކަށް ދެން ހުރި ހުރިހާ ކަމެއްވެސް ފަސޭހަވާނެކަމުގައި މިއަދުގެ ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުކުރު ހުތުބާގެ މައުޟޫ، “ކާމިޔާބީތަކެއްގެ މައްސަރު” އަށް އަލިއަޅުވައި ދެއްކި ވާހަަކައިގައި ބުނީ ހިނގަމުން މިދާ މަހަކީ ބަރަކާތުން ފުރިގެންވާ މައްސަރެއްކަމަށާއި މިމަހުގައި މާތްﷲ އިސްލާމީ އުއްމަތަށް ގިނަގުނަ ކާމިޔާބީތަކެއް ދެއްވާފައިވާކަމަށެވެ.
އޭގެ ތެރެއިން އެއްކާމިޔާބީއަކީ ބަދުރުހަނގުރާމައިގައި މުސްލިމުންނަށް ދެއްވި ނަޞްރުކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ. ހުތުބާގައި ބަދުރުހަނގުރާމަ ހިނގި ދުވަހާމެދު ބުނެފައިވަނީ އެދުވަހަކީ ހިޖުރައިން ދެވަނަ އަހަރުގެ ރަމަޟާން މަހުގެ ސަތާރަ ވަނަ ދުވަސްކަމަށެވެ.
މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. “އެކަލާނގެ ހަޒުރަތުން އައި އަމާންކަމެއްގެ ގޮތުގައި ނިދިޖެހުން ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ ފޮނުއްވައި އަދި އެކަލާނގެ ތިޔަބައިމީހުންގެ ތޯހިރު ކުރެއްވުމަށާއި ޝައިތާނާގެ ވަސްވާސް ތިޔަބައިމީހުންގެ ކިބައިން ފިއްލެވުމަށާއި ތިޔަބައިމީހުންގެ ހިތްތަކަށް ގަދަކަން ދެއްވުމަށާއި، ތިޔަބައިމީހުންގެ ފައިތިލަތައް ސާބިތުކުރެއްވުމަށްޓަކައި ތިޔަބައިމީހުންގެ މައްޗަށް އުޑުން ފެން ބާވައިލެއްވި ހިނދު ހަނދުމަކުރާށެވެ! ކަލޭގެފާނުގެ ވެރިރަސްކަލާނގެ މަލާއިކަތުންނަށް ވަޙީ ކުރެއްވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ވޮޑިގެން ވަނީ ތިޔަބޭކަލުންނާއެކުގައެވެ. ފަހެ އީމާންވީ މީހުންނަށް ސާބިތުކަން ދެއްވާށެވެޤ ކާފިރުވީ މީހުންގެ ހިތްތަކަށް ތިމަންރަސްކަލާނގެ ބިރުވެރިކަން ވައްދާހުށީމެވެ. ފަހެ، ކަނދުރާތަކުގެ މަތީގައި ތިޔަބޭކަލުންގެ ކަނޑިން ޖައްސަވާށެވެ! އަދި އެއުރެންގެ ހުރިހާ އިނގިލިކުރިތަކުގައި ކަނޑިން ޖައްސަވާށެވެ!”
ހުތުބާގައި ބުނިގޮތުގައި މިހަނގުރާމައިން ލިބޭ އެއް ފިލާވަޅަކީ އަދުލުވެރިކަމުގެ ފިލާވަޅެވެ. މާތްނަބިއްޔާ ރަސޫލުﷲ ޞައްލްﷲ ޢަލައިހި ވަސައްލަމައ އެހެން ބައެއްގެ މައްޗަށް އަދުލުވެރިކަން ހިންގެވުމުގެ ކުރިން ހުދު އެކަލޭގެފާނުގެ ނަފުސުގެ މައްޗަށް އަދުލިވެރިކަން އިސްކުރެއްވިކަމަށް ހުތުބާގައި ބުނެފައިވެއެވެ،
ހުތުބާގައި އިބްރަތުން ފުރިފައިވާ އެހާމެ އީމާންތެރިންގެ ވާހަކަ ކިޔައިދެމުން ރަސޫލާދެކެ އިންތިހާއަށް ލޯބިވާ ސަހާބީންގެ ހަނދާންވެސް އައުކޮށްފައިވެއެވެ. އެގޮތުން ހިނގަފައިވާ ހާދިސާގެ ހަނދާން އައުކޮށް ހުތުބާގައިކިޔައިދީފައިވެއެވެ.
ހަނގުރާމައިގެ ލަޝްކަރު ތައްޔާރުކުރެއްވުމަށް ސަފުތައް ތަރުތީބު ކުރެއްވި ވަގުތު އެއް ބޭކަލަކު ސަފުން ކުރިއަށް ޖެހިވަޑައިގެންހުންނެވިތަން ފެނިވަޑައިގެން “އޭ ސަވާދެވެ! ސަފުތެރެއަށް ވަދެވަަޑައިގަންނަވާށެވެ!” މިހެން ހަދީސް ކުރައްވައި ސަވާދުގެ ބަނޑުފުޅުގައި އެކަލޭނގެފާނުގެ އަތްޕުޅުގައި އޮތް ބޮންތިކޮޅުން ޖެއްސެވިއެވެ. އެހިނދު ސަވާދު ދެންނެވިއެވެ. “އޭ ﷲގެ ރަސޫލާއެވެ. އަޅުގަނޑަށް ތަދުވެއްޖެއެވެ. އެހެންވީމާ އެކަމުގެ ޤިޞާސް ނުހިއްޕަވައި ދޫނުކުރައްވާހުށީމެވެ!” އެހިނދު ރަސޫލުﷲ ވަރަށް ތަވާޟުއުވެރިކަމާއެކު ބަނޑުފުޅު ކަޝްފުކުރައްވައި ގިސާސް ހިފުމަށް ސަވާދު އަރިހުން އެދިވަޑައިގެންނެވިއެވެ. ދެން ސަވާދު އެކަލޭގެފާނުގެ ގައިކޮޅުގައި ބޮސްދެއްވިއެވެ. ރަސޫލުﷲ ސައްލަﷲއަލައިހިވަސައްލަމަ ސަވާދާ ސުވާލުކރެއްވިއެވެ. ތިޔަ ހެއްދެވީ ކިހިނެއްހެއްޔެވެ؟ ސަވާދު ދެންނެވިއެވެ. “މާތްﷲ ރަސޫލާއެވެ. އަޅުގަނޑުމެން މިތިބަ ހާލު ދެނެވަޑައިގަންނަަވަމު ނޫންތޯއެވެ، މިދުނިޔޭގެ އެންމެ ފަހު ކަމަކަށް އަޅުގަނޑު އެދެމުން އައީ ކަލޭގެފާނުގެ ހަށިކޮޅުގައި ބޮސްދީ ކަލޭގެފާނުގެ ހަށިކޮޅުގައި އަޅުގަނޑު ބީހުމަށެވެ. ދެން އެކަލޭގެފާޏު ސަވާދަށްޓަކައި ހެޔޮޮދުއާ ކުރެއްވއިެވެ. އަދި ސަފުގައި އެއްވަރުވެ ހުރުމަށް އެންގެވިއެވެ.”
ހުތުބާގައި ބުނީ މިހަނގުރާމައިން ލިބޭ އަނެއް ފިލާވަޅަކީ މަޝްވަރާ ކުރުމުގެ މަތިވެރި ފިލާވަޅުކަމަށެވެ.. ރަސޫލުﷲ ސައްލަﷲއަލައިހިވަސައްލަމަ ގެ ގެ މައްޗަށް ވަހީ ބާވައިލައްވަމުން ދިޔަ އިރުވެސް އެކަލޭގެފާނު ދެއްކެވި ނަމޫނާއަކީ އެކަލޭގެފާނު އަމިއްލަފުޅު ރައުޔަށް ކަންކަން ކުރައްވާ ބޭކަލެއް ނޫންކަމެވެ. މީސްތަކުންނަށް އަމަލީ ގޮތުން އެކަން މިހަނގުރާމައިގައި ފެނުނެވެ. މިހަނގުރާމައަށް ތައްޔާރުވުމުގެ ގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވެވި ބައްދަލުވުމުގައި އަބޫބަކުރުގެފާނު ވަރަށް ފުރިހަމައަށް ވާހަކަފުޅު ދެއްކެވިއެވެ. އުމަރުގެފާނު ހަމައެފަދައިން ހިޔާލު ހުށަހެޅުއްވިއެވެ. އަލްމިގްދާރު ބުން އަމްރޫ ތެދުވެވަޑައިގެން ދެންނެވިއެވެ. މާތްﷲގެ ރަސޫލާއެވެ. އަޅުގަޑުމެން މިތިބީ ކަލޭގެފާނާއެކު ކޮންމެ ޙާލަތެއްގައިވެސް ހަނގުރާމަކުރާށެވެ!”
މިހަނގުރާމައިން ލިބޭ ތިންވަނަ ފިލާވަޅަކީ އިސްލާމްދީނުގެ އަގީދާ ހިތުގައި ވަރުގަދަ އަށް އަށަގެންފިނަމަ އެމީހަކަށް ދެން ހުރި ހުރިހާ ކަމެއްވެސް ފަސޭހަވާނެކަން ކަމުގައި ހުތުބާގައި ވަނީ ބުނެފައެވެ.
މިއަދުވެސް ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުންގެ މިފަދަ މިސާލުތައް ފެންނާން އެބަހުރިކަމަށާއި ފަލަސްތީނުގައި ހިނގަމުންދާ ހަނގުރާމައިގައިވެސް އެބައިމީހުންގެ ހިތްވަރާއި އަޒުމުގެ ވަރުގަދަކަމަށް އިޝާރާތްކޮށް ހުތުބާގައި ބުނެފައިވަނީ ހެއްދެވި ފަރާތަށް އޮތް އިތުބާރާއި ބޮޑުކަން ދެކި އެކަންކަމުން އިބްރަތް ލިބިގަތުމަށް މިއަދުގެ ހުތުބާގައި ވަނީ ގޮވާލާފައެވެ.
ހުތުބާގައި ބުންފައިވެއެވެ.
“މާތްﷲގެ މަގުގައި ޝަހީދުވުން ނުވަތަ ނަޞްރު ލިބުމެވެ!”
މިމައްސަރުގައި ދެއްވި އަނެއް ކާމިޔާބީއަކީ ހިޖުރައިން އަށްވަނަ އަހަރުގެ ރަމަޟާމްން މަހު ވިހިވަނަ ދުވަހު ދެއްވި މައްކާފަތަހަކުރެއްވުމުގެ ކާމިޔާބީކަމުގައި ހުތުބާގައި ވަނީ ބުނެފައެވެ..
“މައްކާއިން އެކަލޭގެފާނު ބޭރުކޮށްލެވުނު ހިނދު އެކަލޭގެފާނު ނުކުމެވަޑައިގެންނެވީ އަބޫބަކުރުގެފާނާއެކު ގިނިކަންޏާއެވެ. ނަމަވެސް މައްކާ ފަތަހަ ކުރެއްވި ދުވަހު އެކަލޭގެފާނު މައްކާއަށް ވަދެވަޑައިގެންނެވީ ދިހަހާހަށްވުރެ ގިނަ އަސްހާބުބޭކަލުންނާއެކުގައެވެ. ”
މިމައްސަރުގައި ދެއްވާފައިވާ އަނެއްކާމިޔާބީއަކީ މީހާގެ މުޅި އުމުރުގައި ކޮށްފައިވާ ފާފައިން ތާހިރުވުމުގެފުރުސަތެވެ. އެއީ ލައިލަތުލްޤަދްރި ކަމަށާއި އެރޭގެ މާތްކަން އެއްހާސްމައްސަރުގައި ކޮށްފައިވާ ހެޔޮަމަށްވުރެ ބޮޑުކަމަށް ބުނެފައިވެއެވެ. މިއަދުގެ ހުތުބާގައި ވަނީ މާތްﷲއަށް ތަގުވާވެރިވެ އެނބުރި ރުޖޫއަވާން ޖެހޭ ދުވަހުގެ ދަތުރަށް ލިބިގެންވާ އެންމެ ރަނގަޅު ކޮއްތަކީ ތަގުވާވެރިކަން ކަމުގައި ދަނެ، ތަގުވާވެރިވުން އަވަސްވެގަތުމަށް މިއަދުގެ ހުތުބާގައި ވަސިއްޔަތްކޮށް ނަސޭހަތްތެރިވެފައިވެއެވެ.
ބަރަކާތުން ފުރިފައިވާ ދުވަސްތައް ފެށުނުތާ އަދި މާގިނަދުވަސްތަކެއް ވީހެނެއް ހިއެއް ނުވާކަމަށާއި މިހާރު މި މައްސަރު ނިމުމަކާ ގާތްވެފައިވާ ކަމަށް ހުތުބާގައި އަލިއަޅުވާފައިވެއެވެ، އަހަރުގެ ތެރޭގައި އަންނަ އެންމެ މާތްރޭގެ ދަރުމަ ލިބޭތޯ ރޭ އަޅުކަން އިތުރުކުރުމަށް މަސައްކަތް ކުރުމަށް ވަނީ ނަަސޭހަތްތެެރިވެފައެވެ، ރަސޫލުﷲ ސައްލަﷲއަލައިހިވަސައްލަމަ އެކަލޭގެފާނުގެ އަހުލުބައިތުން ރޭއަޅުކަމަށް ނިދިން ނަންނަގަވައި ފަހުދިހައިގައި އިހުނަށްވުރެ ބޮޑަސް ހީވާގިވެ ވަޑައިގަންނަވާ ކަމަށާއި އިއުތިކާފަށް އިންނަވާ ކަމުގައި ހުތުބާގައި ބުނެފައިވެއެވެ، އަދި ހަމައެހެންމެ ރަސޫލުﷲ ސައްލަﷲއަލައިހިވަސައްލަމަ ދުނިޔެ ދޫކުރެއްވުމާ ހަމައަށް ރަމަޟަންމަހުގެ ފަަހު ދިހައެއްގައި އިއުތިކާފަށް އިންނެވިކަމަށް އައިޝާގެފާނުގެ ކިބައިން ރިވާވެގެންވާކަމަށް ހުތުބާގައި ބުނެފައިވެއެވެ. އެހެންކަމުން ހުތުބާގައި ވަނީ މި ހެޔޮކަމާއި ބަރަކާތުގެ މަހުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް ނަސޭހަތްތެރިވެފައިވެއެވެ.

