ކޮންޓެއިނަރ ބޯޓަކުން ޖެހި، އެމެރިކާގެ ފްރާންސިސް ސްކޮޓް ކީ ބްރިޖް ވެއްޓުނު ހާދިިސާގައި މިހާތަނަށް ހަ މީހަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ.
މިހާދިސާ ހިނގާފައި ވަނީ މިމަހުގެ 26 ވަނަ ދުވަހުގައެވެ. ސޯޝަލްމީޑިޔާގެ އެކިއެކި ތަންތަނުގައި މި ހާދިސާގެ އެކި ވީޑިޔޯތައް ދަނީ ވައިރަލް ވަމުންނެވެ. އެމެރިކާގެ ބަލްޓިމޯ ސިޓީގައި ހިނގި ހާދިސާގައި، "ފްރާންސިސް ސްކޮޓް ކީ ބްރިޖް"ގެ ދަށުން ދަތުރުކުރަމުން ދިޔަ ބޯޓަކުން ބްރިޖުގައި ޖެހުމަށްފަހު ބޯޓުގައި އަލިފާން ރޯވެ، ބޯޓު ވަނީ އަޑިއަށް ގޮސްފައިއެވެ.
ބްްރިޖު ވެއްޓުނު އިރު ބްރިިޖު މަތިން ދަތުރު ކުރަމުން ދިޔަ ގިނަ އުޅަނދުތަކެއްވެސް މޫދަށް ވެއްޓިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރިޕޯޓުތައް ބުނާގޮތުން މިހާތަނަށް ހަ މީހަކު މަރުވެފައިވާއިރު މީގެ ތެރެއިން ހަތަރު މީހެއްގެ ހަށިގަނޑު އަދި ވަނީ ހޯދައި ނުފެނިފައެވެ.
ބްރިޖު ވެއްޓެން މެދުވެރިވެފައިވަނީ އޭގެ ދަށުން ދަތުރު ކުރަމުން ދިޔަ ބޯޓު ބްރިޖުގެ ތަނބެއްގައި ޖެހިގެން ކަމަށް ބަލްޓިމޯ ފަޔަރ ޑިޕާޓްމެންޓުގެ ޑިރެކްޓަރު ވަނީ ބުނެފައެވެ.

