އެޖެންޑާ 19 ނިމިދިޔައީ ބޯހިޔާވަހި ކަމެއް ނުދެވި ކަމަށާއި، ދެނެއްވެސް އެކަމެއް ނުވާނެ ކަމަށް ޕީޕީއެމް/ޕީއެންސީން ރައްޔިތުންގެ މަޖިލީހަށް، މާފަންނު ހުޅަނގު ދާއިރާއިން ކުރިމަތި ލައްވާ ކެންޑިޑޭޓް، މުހައްމަދު މުސްތަފާ އިބްރާހީމް ( އިމްނާ މުސްތޮ) ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަފުޅު މުސްތޮ ވިދާޅުވީ އިދިކޮޅު ޓެސްޓް ކުރުމައްޓަކާއި، 10 އަހަރުވެސް ދެވިއްޖެ ކަމަށެވެ.
ނަމަވެސް ބޯހިޔާ ވަހިކަމަށް ލިބުނު ހައްލެއް ނެތް ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ކެމްޕެއިން ކުރެއްވި ކަމުގައިވީ ނަމަވެސް ބޯހިޔާވަހިކަމެއް އިތުރަށް ނުދެވޭނެ ކަމަށް މުސްތޮ ވިދާޅުވިއެވެ.
"ތިމަންނަމެންނޭ ރައްޔިތުންނަށ ބޯހިޔާވަހިކަން ދިނީ. ތިމަންންމެންގެ މަސައްކަތެކޭ އެއީ . އެ މަސައްކަތް ފުރިހަމަކުރާނީ ތިމަންނާމެނޭ. ތިމަންނަމެނަށް ފުރުސަތެއް ދެއްވާށޭ. ނޯ . ނުވާނެ އެކަމެއް. ނުވާނެ އެކަމެއް. އެބޭފުޅުންނަށް އެކަމެއް ނުކުރެވުނު." މުސްތޮ ވިދާޅުވިއެވެ.
މުސްތޮ ވިދާޅުވީ އެޖެންޑާ 19 ނިމިދިޔައީ އެއްވެސް ދިވެހި ރައްޔިތަކަށް ބޯހިޔާވަހިކަމެއް ނުދެވި ކަމަށާއި، އެހެންކަމުން ކުރިއަށް އޮތް ދައުރަށް އިދިކޮޅުން މަޖިލީހަށް ހޮވުމުގެ އެއްވެސް ބޭނުނެއްނެތް ކަމަށެވެ.
ރައްޔިތުނަށް ބޯހިޔާ ވަހިކަމެއްދެވޭނީ މި ސަރުކާރުން ކަމަށާއި، މި ކަން ކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހުންނެވީ ތައްޔާރަށް ކަމަށްވެސް މުސްތޮ ވަނީ ފާހަގަ ކޮށްފައެވެ.

