ކޮނޑޭއިން މީހުން ބޭލި ހާދިސާއަށް 50 އަހަރު އަންނަ އޭޕްރީލް މަހަށް ފުރޭތީ އެ މުނާޞަތަބާ، ކުލަގަދަކޮށް ފާހަގަ ކުރުމާއި އެކު އެ މުނާސަބާއާއި، ގުޅޭ ލޯގޯ ފަރުމާ ކުރަން ކައުންސިލުން ހުށައަޅައިފިއެވެ.
ކޮނޑޭއިން މީހުން ބާލާފައިވަނީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި ކުރިއަށް ގެންދިއަ އެއްފަސް ކުރުމުގެ ސިޔާސަތުގެ ދަށުންނެވެ. އެއީ 1970 ވަނަ އަހަރެވެ. ކޮނޑޭ މީހުން ބަދަލުކޮށްފައިވަނީ ގއ.ދާންދޫއަށެވެ.
ކޮނޑޭ ކައުންސިލުން ބުނީ އަނބުރާ ކޮނޑޭއަށް މީހުން އާބާދުވި ތާރީޚީ މުނާޞަބާއަށް 50 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަ ކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން ކޮނޑޭގެ 50 ވަނަ އަހަރީ ދުވަހަކީ "12 އެޕްރީލް 2025" ކަމަށްވާތީ މި މުނާޞަބަތާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ރާވާފައިވާ އެކިއެކި ހަރަކާތްތަކުގައި ބޭނުން ކުރުމަށް މުނާޞަތަބާއި ގުޅޭ ލޯގޯ ފަރުމާ ކުރުމަށް މުބާރާތެއް ކުރިއަށް ގެންދިއުމަށް ވެސް ކައުންސިލާއި، އަހަރީ ކޮމިޓީއިން ނިންމާފައިވާ ކަމަށވެސް ކައުންސިލުން ވަނ ީ ފާހަގަކޮށްފައެވެ.
ކޮނޑޭގެ އަހަރީ ދުވަހުގެ ލޯގޯ ފަރުމާ ކުރުމުގެ މުބާރާތައް ލޯގޯ ހުށަހެޅުއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 04 އެޕްރީލް 2024 ވަނަ ދުވަހުގެ 23:59 ގެ ކުރިން ކައުންސިލްގެ އީމެއިލް info@kondey.gov.mv އަށް މެއިލް ކުރައްވައި ލޯގޯތައް ހުށައެޅުމަށް ވަނީ އެދިފަ އެވެ.
އަދި މުބާރާތައް ހުށަހެޅޭ ލޯގޯތަކުގެ ތެރެއިން ހޮވޭ އެންމެ ފުރިހަމަ ލޯގޯއަކަށް ރަމްޒީ އިނާމެއްގެ ގޮތުގައި 3,000 (ތިންހާސް ރުފިޔާ) ދިނުމަށް ކައުންސިލާއި، އަހަރީ ކޮމިޓީއިން ކަނޑައަޅާފައިވާކަމަށް ވެސް އެރަށު ކައުންސިލުން ނެރުނު އިއުލާނުގައި ވެ އެވެ.

