ގދ.ފަރެސްމާތޮޑާ ފެނަކަގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފިއެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވަނީ "މަވެސް ޕީޕީއެމް" ކެމްޕެއިން ދަތުރުގައި ފަރެސްމާތޮޑާއަށް ޒިޔާރަތް ކޮށް އެރަށު ފެނަކައިގައި އުޅޭ ޒުވާނުންތަކަކާ ސަލާމްކުރުމުން، އެމީހުން ވަޒީފާއިން ކަނޑާލައިފިކަމަށެވެ.
މިގޮތަށް އަމަލުކުރުމުން އިދިކޮޅު ޕީއެންސީ ޕީޕީއެމް އިން ވަނީ މިއީ އަނިޔާވެރި އަމަލެއް ކަމަށާއި ވަރަށް އަވަހަށް މިކަންތައް ނިމޭނެކަމަށް ވިދާޅުވެފައެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި އިދިކޮޅު ފަރާތްތައް ވަޒިފާއިން ވަކިކޮށް ވަޒީފާގެ ބިރު ދައްކަމުން ދިޔައިރު އެމް.ޑީ.ޕީން ބުނަމުން ދިޔައީ ވަކި ސިޔާސީ ޕާޓީއަކަށް ނިސްބަތވެ އެޕާޓީގެ ހަރަކާތެއްގައި އުޅުމަކުން އެއްވެސް މީހަކު ވަޒީފާއިން ވަކިނުކުރާނެކަމަށެވެ. އެހެންނަމަވެސް މިހާރަކަށް އައިސް ސަރުކާރާ އިދިކޮޅު ފިކުރުތައް ސޯޝަލް މީޑިޔާގައި ހާމަކޮށްލިޔަސް ފިޔަވަޅުތައް އަޅާ ވަޒީފާއިން ވަކިކުރާކަމަށް ގިނަބަޔަކު ދަނީ ހާމަކުރަމުންނެވެ.
ޔާމީންގެ ސަރުކާރުގައި ވަޒީފާ ގެއްލުނު ފަރާތްތަކަށް ވަޒީފާ ކަށަވަރުކުރާނެކަމަށްވެސް އެމް.ޑީ.ޕީން ވަނީ ބުނެފައެވެ. އެހެންނަމަވެސް ހިތަމަޔަކީ މިިސަރުކާރުގެ ވައުދުފުޅުތައް ނުފުއްދި ލަސްވެގެން ދާކަމެވެ. އެވައުދުތަކާއެކު ރައްޔިތުންގެ އުއްމީދުތައް ފުނޑުފުނޑުވެ، ސަރުކާރާމެދު ނާއުއްމީދުވެފައެވެ.

