ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ އަޑު ގާތުން އައްސަވާ ނަމޫނާ ދައްކަވައިފިއެވެ.
ރައީސް މިއަދު ކެމްޕެއިނަށް ކުޑަހެންވޭރަށް، ޑޯޓޫޑޯ އަށް ވަޑައިގެން ހުންނަވަނިކޮށް އެ ދާއިރާއަށް ނިސްބަތްވާ އާންމުންގެ ތެރެއިން ބަޔަކުވަނީ ރައީސް ވަޑައިގެންނެވި ގަޑީގަ އިހުތިޖާޖުކޮށް އެ ސަރަހައްދުގައި އަޑުގަދަކޮށްފައެވެ.
ހިމޭން އެ އިހުތުޖާޖުގެ ބައިވެރިން ރައީސް އާއި ކުރެއްވި ސުވާލަށް ރައީސް ވަނީ ރީތި ބަހުން މުއާމަލާތްކޮށް ކަންކަން ހާމަކޮށްދެއްވާ ވާހަކަފުޅު ދައްކަވާފައެވެ.
އެގޮތުން ވިދާޅުވީ އެމަނިކުފާނު ދޮގެއް ނުހައްވާނެ ކަމަށާއި، އެމަނިކުފާނު ވާހަކަފުޅު ދައްކަވަނީ ސީދާ ތެދު ބަހުން ކަމަށެވެ.
ނަމަވެސް އެއްވި ބައިވެރިން ރައީސް އާއި މުހާތަބު ކޮށް ކުރެއްވި ސުވާލުގައި ފާހަގަކުރީ، އެ ދާއިރާ އަށް އަމިއްލަގޮތުން ވާދަކުރެއްވި ޙަސަން ޝިޔާމްގެ ކެންޑިޑެންސީ ބާތިލްކޮށްފައިވަނީ ރައީސްއަށް ވެސް އެނގިވަޑައިގެން ކަމަށެވެ.
މި ކަމާއި ރައީސް ވަނީ ދެ ކޮޅު ހައްދަވާފައެވެ. ރައީސް ވިދާޅުވީ މިއީ އެމަނިކުފާނަށް އެގިވަޑައިގަތް ކަމެއްނޫން ކަމަށާއި، މިއީ ކޯޓުން ނިންމި ނިންމުމެއް ކަމަށެވެ.
މި މައްސަލައަކީ ދަރަނީގެ މައްސަލައެއްގެ ގޮތުގައި ސްޕްރީމް ކޯޓުން ނިންމާފައިވާ މައްސަލައެކެވެ.
ހަސަންގެ ސަޕޯޓަރުންގެ ވާހަކަތައް ރައީސް ވަނީ ވަރަށް ގާތުން އައްސަވާފައެވެ. އަދި އެ މީހުންގެ ސުވާލުތަކަށާއި ކުންހީތަކަށްވެސް ޖަވާބު ދެއްވިއެވެ.
"ރޯދައަށް މިހުރީ، އަޅުގަނޑާއި ގުޅޭގޮތުން ތި ދެންނެވީ ހުސް ދޮގު، ހަމަ ހުސް ދޮގު، އަޅުގަނޑު ވަކި މީހަކަށް ބޭ އިންސާފުން ކަމެއް ނުކުރަން، މާތް ﷲ ގަންދީ ހުވާކޮށްފަ މި ދަންނަވަނީ ޝަރުޢީ ކޯޓުތަކަށް ނުފޫޒެއް ނުފޯރުވަން" ރައީސް ވިދާޅުވިއެވެ.
މިއަދުގެ އެ ހަރަކާތުގެ ތެރެއިން، އެއްވި މީހުން މާރާމޭރީވެސް ހިންގާފައި ވެއެވެ.
ޝިޔާމްގެ ކެންޑިޑަސީ ސްޕްރީމް ކޯޓްގެ ހުކުމާއިއެކު ބާތިލް ވުމުން އޭނާވަނީ މިހާރު އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދުކޮށްފައެވެ.

