ބެސްޓް ބައި މޯމަބައިލްގެ އެންމެ ހިނގާ އައިޓަމަކީ ސެމްސެމް އެސް 24، އަދި އައި ފޯން ޕްރޯ މެކްސް ކަމަށް އެ ފިހާރައިން ބުނެފިއެވެ.
އެ ފިހާރައިން ވިޔަފާރި ކުރައްވާ ކޮންމެ ފަރާތަކަށް 1000ރ ވިޔާފާރި ކޮށްގެން ދެމީހަކަށް އުމުރާ ދަތުރެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މިފިހާރައިން ތަފާތު ވައްތަރުގެ މޯބައިލްއާއި ގުޅޭ ތަފާތު އައިޓަމްސްތައް ލިބެންހުރިއިރު، ސެމްސެންގެ ގެލެކްސީގެ އެންމެފަހުގެ މޮޑެލްތަކާއިއެކު 24s + ، S24 އަދި s 24 އަލްޓްރާ ވެސް ލިބެން އެބަހުއްޓެވެ.

ބެސްޓް ބައި މޯބައިލް އިން ލިބޭ ފޯނާއި އަދި ބައެއް ސާމާނު
މީގެ އިތުރުން އައިފޯން 15 ޕްރޯ އާއި، އައިފޯން 15 ޕްރޯމެކްސް ވެސް އެ ފިރާއިން ލިބެއެވެ. މީގެ އިތުރުން ޗާޖާރ، މެމޯރީ ކާޑް، އަދި ރެޑްމީގެ އެކި ތަފާތު ވައްތަރުގެ ފޯންތަކާއި އެކު، ފަހުގެ މޯބައިލް ފޯނާއި، ފޯނާއި ގުޅުންއެކި އައިޓަމްސްތައްވެސް ލިބެއެވެ.
ގުރައަތުން ހޮވާލެވޭނީ އެއް ކޫޕަން ކަމަށްވި ނަމަވެސް އުމުރާ ދަތުރު ލިބެނީ ދެ މީހަކަށް ކަމަށްވެސް އެ ފިހާރައިން ބުނެއެވެ.
ގުރުއަތުން ހޮވޭ ފަރާތްތަައް އުމުރާއަށް ދިއުމަށް ހަމަޖެހިފައިވަނީ ގިބްލަ ހައްޖު އެންޑް އުމުރާ ގުރޫޕް ގެ ހަވާލުގައި ކަމަށްވެސް އެ ފިހާރައިން ވަނީ ބުނެފައެވެ.
ގުރުއަތުން ހޮވޭ ފަރާތައް އިއުލާން ކުރެވޭނީ ރޯދަ ނިންމާލާފައި ހަރޯދައިގެ ތެެރޭގައި ކަމަށާއި، މި އިވެންޓް ކުރިއަށްދާނީ ވަގުތު ޓީވީން ކަމަށްވެސް ބެސްޓް ބައި މޯބައިލް އިން ވަނީ ބުނެފައި ވެއެވެ.
ބެސްޓް ބައި މޯބައިލްގެ ތިން ފިހާރައެއް މިހާރު މާލޭގައި ހުރިއިރު، މަޖީދީ މަގު ސްޓާރ ކުލައުޑް އޭޓީއެމް ކުރިމަތިީގައި ފިހާރައެއް ހުރެއެވެ. ދެވަނަ ފިހާރަ ހުނަނީ މާވެޔޮމަގު މަގުގައެވެ. ތިންވަނަ ފިހާރަ ހުންނަނީ މަޖީދީމަގު ކުރީގެ އަގޯރާ ފިހާރަ ކުރިމަތީގައެވެ.

